ރާއްޖެ ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހު، ޑިމޮކްރެޓްސް އަށް! ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝާހު މާހިރު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝާހު، ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވީ ޖޭޕީގެ މެމްބަރުކަމުންނާއި ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހުއެވެ. މަގާމުން އިސްތިއުފާ ދެއްވައި ޝާހު ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކަމަށެވެ. އެހެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން މުޢިއްޒު ވައުދުވެވަޑައިގެންފި ގއ. ކޫއްޑޫގައި ހިންގަމުންދާ އެއާޕޯޓު ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް ގއ. ވިލިނގިލީ ބިން ހިއްކާ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން ޕޭލޭންތަކެއް ކޮށް... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ވޯޓު ދޭންވީ ވަކި ކުލަޔަކަށް ނޫން، އެންމެ ރަނގަޅު ކެންޑިޑޭޓަކަށް: ޤާސިމް އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންވީ ވަކި ކުލަޔަކަށް ބަލައިގެން ނޫން ކަމަށާއި، ވޯޓު ދޭންވީ ޚިދުމަތުގެ ގޮތުންނާއި، އަޚުލާގީ ގޮތުންނާއި އަދި ކާމިޔާބުގެގޮތުން އެންމެ ކުރީގައި ހުރި ކެންޑިޑޭޓެއް ދެނެގަނެ އެމީހަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. މާމިގިލީ ދާއިރާގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް މިހެން ވިދާޅުވީ، އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން އއ. ތޮއްޑޫއަށް ވަޑައިގެން ވާހަކަދައްވަމު... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އޮޅުވާލައިގެން ނާޖާއިޒު ފައިދާ އެއް ނަގާފައެއް ނޯންނާނެ: ރައީސް އޮޅުވާލައިގެން އޭގެ ނާޖާއިޒު ފައިދާ އެއް ނަގާފައެއް ނޯންނާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމައްޗަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިސްދޫ އަށް ވަޑައިގެން ވާހަފުޅު ދައްކަވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ކަންކަން ކުރަމުން ދަނީ އޮޅުވާލުމުގެ އުސޫލުންކަން ހާމަކުރައްވާ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގައި ކަންތައް ކުރެއްވި ގޮތަށް ވަނީ އ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ދިއްފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މި މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫޢުގެ ދަށުން، 22.97 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 710 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 300 މީޓަރުގެ ރިވެޓްމެންޓް މަރާމާތު... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ހޯރަފުށީ މަގުތަކުގައި ތާރު އަޅައި ނިންމާލަައިފި ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާއިރު މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މުޅި ޖުމްލަ 91 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 32,821 އަކަމީޓަރުގެ ދުއްވާ ސަރަހައްދު […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފިއެވެ. އެކަން ހާމަކުރައްވަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފައި ވަނީ އެ ކޯޓުތަކުގެ ޖުޑީޝަލް އެލަވަންސް ހަމަހަމަ އުސޫލަކުން ދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށެވެ. މިގޮތުން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް، އަސާސީ މުސާރައިގެ 35 އިންސައްތަ އިތުރު ކުރެވިފައިވާ ކަމަށް ޑީޖޭއޭއިނ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޝަހީދު ހުސެއިން އާދަމްގެ ބައްޕަ ނިޔާވެއްޖެ ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްކުޅި ބަލީގައި ޑޮކްތަރަށް ދައްކަމުންދާތާ، ދުވަސްތަކެއް ވެފައިވާއިރު، އޭނާގެ ހާލު ދެރަވެގެން ކޭއާރްއެޗުގައި އެނދުމަތިި ކުރީ ރޭގެ ވަގުތެއްގައެވެ. އާދަމް ނިޔާވިއިރު ދުނިޔޭގައި އަންބަކާއި 6 ދަރިން އެބަ ތިއްބެވެ. ޝަހީދު ހުސެއިން އާދަމްއަކީ 1988 ވަނަ އަހަރު ސިލޯނުގެ ތަމަޅައިގެން ކުލީ ސިފައިންގެ ކިބައިން ދ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނުތަކެއް މައާފުކޮށްދޭނަން: ގާސިމް ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހައި އެސްއެމްއީ ލޯނެއް މައާފުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގަ މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ. ގާސިމް ވިދާޅުވީ ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގަ މިއަދު ނެތް ކަމަށާއި މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން ކަމަށެވެ. އަދ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ބަޔާންގައި ވެސް ކޭން ނުހުއްޓުވޭ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ މޮޅު ކުޅުމާއިއެކު ބަޔާން މިއުނިކުން އޯސްބާގް ބަލިކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނުން ވަނީ 3-1 ގެ ނަތީޖާއިން އޯސްބާގެ މައްޗަށް ކުރި ހޯދާފައެވެ. މިއީ ލީގުގައި ބަޔާނުން ކުޅުނު ދެވަނަ މެޗެވެ. މި ދެމެޗުގައި ވެސް ހެރީ ކޭން ވަނީ ބަޔާނަށް ލަނޑު ޖަހައިދީފައެވެ. ލީގުގެ ފުރަތަމަ މެޗުގައި ބަޔާން ބައްދަލު ކޮށްފައި ވަނީ ވާޑަ ބްރެމެންއާއެވެ. އެ މެޗު 4-0 ގެ ނަތީޖާއިން ބަޔާން ކާމިޔާބުކުރި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ސައުދާއެކު ތިނަދޫ އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ޒުވާނުން ޕީޕީއެމް އަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ އާ އެކު އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ޒުވާނުން އެ ޕާޓީ ދޫކޮށް، އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ސައުދުﷲ ފޯމް ހަވާލު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއެވެ. ސައުދުﷲ ވަނީ މީގެކުރިން ޕީޕީއެމާ ވަކިވެވަޑައިގަތުމަށް ފަހު، ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނަވައިފައެވެ. ސައުދު ވަނީ ދާދި ފަހުން […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ކަނިމީދޫ ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ބީލަމަށް ހުޅުވައިލަނީ ތ. ކަނިމީދޫ، ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލަސްތަކެއް ނުވެ ބިޑަށް ހުޅުވާލާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިން ޖަލްސާގައި އެ އަތޮޅު ތިމަރަފުށިގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ގެންނަ ބޮޑު ބަދަލާއެކު ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރެއްވުން ކަމަށެވެ. ދެވަނަ ދައުރުގައި ވެސް ފަތުރުވެރިކަމ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ 55 އަހަރު ވެގެން ރިޓަޔާ ކުރުމުން އެލަވަންސެއް ދޭނަން: މުއިއްޒު އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ރިޓަޔާ ކުރީމަ ހާއްސަ އެލެވެންސްއެއް ތައާރަފް ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދޫ އަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ވާހަކަ ނުދައްކާތީ، އެ އުމުރުފުރާގެ […] މުޙައްމަދު · 3 އަހަރު ކުރިން
ކުޅިވަރު އުމުރުން 16 އަހަރުގެ ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާއިން ވިލަރެއާލް ބަލިކޮށްފި އުމުރުން އެންމެ ސޯޅަ އަހަރުގެ ލެމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސެލޯނާއިން ވިލަރެއާލް ބަލިކޮށްފިއެވެ. ރޭ ސްޕެނިޝް ލަލީގާގައި ބާސާއާއި ވިލަރެއާލް ބައްދަލުކުރި މެޗު، ބާސާއިން ކާމިޔާބު ކުރީ 4-3 ގެ ނަތީޖާއިންނެވެ. ބާސާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވަނީ ޔަމާލްއަށް ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. ކުރީ ހަފްތާ ހޮނިހިރު ދުވަހުގެ ރޭ ބާސާއާއި ކާޑިޒް ބައްދަލުކުރި މެޗުގެ ފުރަތަމަ އެގާރާގައި ޔަމާލް ހިމެނިއިރު އޭނާގެ އުމުރަކީ 16 އަހަރާއި 38 ދުވަހެވެ. […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (50) ކުރީދުވަހުގެ އަދަދާއިގުޅޭ، ޑޮކްޓަރ ނަޞޭޙަތް ދެއްވުމުންވެސް ހާރޫންއަށް ޤަބޫލެއް ނުކުރެވުނެވެ. ” ޕްލީޒް.. އަޅުގަނޑުގެ އަންހެނުންނަށް ފަރުވާ ކުރަން މިހާރުން މިހާރަށް ފުރަން ބޭނުން.. އަޅުގަނޑު އަމިއްލަ ގޮތުން ޑޮކްޓަރުންނާ ނަރުހުންވެސް ހޯދާނަން.. ” ހާރޫން އެހެން ބުނި އިރު އޭނާއަށް ރޮވިއްޖެއެވެ. *** ” އަހަރެން ބޭނުން މާލެ ދާން! އެމަންޖެ އެހާ ބަލި އިރު އަހަރެން ބޭނުން ކައިރީގައި ހުންނަން” ރޮވިފައި ހުރެ ފާއިޒާ އެހެން ބުނުމުން ޝާކިރު ދެފަރާތަށް ބޯ ހޫރާލިއެވެ. އޭރު […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން