ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާއިރު މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ މުޅި ޖުމްލަ 91 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، 32,821 އަކަމީޓަރުގެ ދުއްވާ ސަރަހައްދު ހެދުމާއި، 11,736 އަކަމީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، 16,950 މީޓަރުގެ ކަރބްސްޓޯން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، 2,568 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ބަނދަރު މަގުގެ ވޭރިއޭޝަން މަސައްކަތްތައް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މިއީ 73.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.