މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފުޅަދޫ ކައުންސިިލުގެ ރައީސް ޕީއެންސީ އާ ގުޅިއްޖެ

ފުޅަދޫ ކައުންސިިލުގެ ރައީސް ޕީއެންސީ އާ ގުޅިއްޖެ

ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ޕީއެންސީ އާ ގުޅިއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހުންނެވި އަޒުހަރު، ޕީއެންސީ އާ ގުޅުނީ މިއަދުއެވެ. އޭނާ ޕީއެންސީ އާ ގުޅުމަށްފަހު، މެމްބާޝިޕް ފޯމު ހަވާކޮށްފައިވަނީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެވެ. މިކަމަށްޓަކައި ބޭއްވި ކުޑަ ރަަސްމިއްޔާތެއްގައި ފޯމު ހަވާލުރުމަށްފަހު އަޒުހަރު ވިދާޅުވީ ޕީއެންސީއަށް ސޮއިކުރަން ނިންމީ އައު ސަރުކާރުގެ ސިޔާސަތުތައް […]

މުޙައްމަދު އަފްރާޙް
ފީނަން ގޮސް އުޅުނު ދުވާފަރު މީހަކު ނިޔާވެއްޖެ

ފީނަން ގޮސް އުޅުނު ދުވާފަރު މީހަކު ނިޔާވެއްޖެ

ރ. ދުވާފަރުގައި ފީނަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ އިސްމާއީލް މޫސާއެވެ. އަދި އޭނާ މިހާރުވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް އެރަށު މީހަކު ވަނީ ‘’ތިލަދުން’’ އަށް ކަށަވަރުކޮށްދީފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އިސްމާއީލް މޫސާ ވަނީ ނިޔާވެފައެވެ.. މި ހާދިސާ އާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރ. އަތޮޅު ޔޫ […]

މުޙައްމަދު އަފްރާޙް
ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި

ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި

އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހއ.ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މި މަހުގެ 9 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގައި ހިންގި ހަރަކާތްތަކުން ވަނީ 132000.88 (އެއްލައްކަ ބައްތިރީސް ހާސް ރުފިޔާ، އައްޑިހައަށް ލާރި) ހޯދާފައެވެ. މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރަމުން، މި އިވެންޓ...

އިބްރާހިމް ޚަލީލް
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ. އެ އޮތޯރިޓީން ވިދާޅުވީ އެންމެބޮޑަށް ފެންބޮޑުވާ ހިސާބުތަކާއި ސަރަހްއްދުތައް އެންމެރަނގަޅަށް އެނގޭނީ އެ ރަށެއްގެ ރައްޔިތުންނަށާއި ކައުންސިލަށް ކަމަށާއި އެހެންވެ، ދުރައިލާ ތައްޔާރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވެސް އެމީހެއްގެ ގެއާއި ފެންބޮޑުވާ ސަރަހައްދުތައް ދެނެގަނެ، އެކަމަށް ސަމާ...

މުޙައްމަދު އަފްރާޙް
މިނިސްޓްރީތަކުގެ ދަށުގައި ހުރި އިދާރާތަކަށް ސިޔާސީ ނުފޫޒު ވަދެފައިވޭ: ފިރުޒުލް

މިނިސްޓްރީތަކުގެ ދަށުގައި ހުރި އިދާރާތަކަށް ސިޔާސީ ނުފޫޒު ވަދެފައިވޭ: ފިރުޒުލް

ސަރުކާރުގެ ވުޒާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އިދާރާތަކަށް ސިޔާސީ ނުފޫޒް ވަދެފައިވާ ކަން ފާހަގަ ކުރެވެމުންދާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ މިހާތަނަށް އައިއިރު ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާ އެކުގައި ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހާއްސަ ގ...

މުޙައްމަދު
ބަޖެޓް އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާއަކަށް މެމްބަރު ސައީދު

ބަޖެޓް އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާއަކަށް މެމްބަރު ސައީދު

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލި ކޮމިޓީގެ ޗެއާއަކަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސައިފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ  ކުރިން މި ކޮމިޓީގައި ހަތް މެމްބަރުން ތިއްބެވި ނަމަވެސް މިހާރު މެމްބަރަކު ކޮމިޓީ އަށް އިތުރ...

މުޙައްމަދު
ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް: މުއިއްޒު

ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް: މުއިއްޒު

ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި އެންމެ ފަހު ފަހަރަށް ހުރިހައި މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ޔަގީނުން ވެސް މަގުތައް ހެދި، ޕާކިން މަލްޓިސްޓޯރީ އެތައް ބިލްޑިންއެއް އަޅައި ޕާކިންގެ ބޮޑު މައްސަލަ އަށް ހައްލެއް […]

މުޙައްމަދު އަފްރާޙް
ގެއްލުނު ދަނގެތި މީހާ އަދިވެސް ނުފެނޭ

ގެއްލުނު ދަނގެތި މީހާ އަދިވެސް ނުފެނޭ

އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެފަތިހު މަހަށް ނިކުތް މީހާ އަދިވެސް ނުފެންނަ ކަމަށް ގައުމީ ދިފާއީ ބާރުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހުއްޓުމެއްނެތި ކުރަމުން ކަމަށެވެ. އަދި އެމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. މީގެ އިތުރުން ކަނޑުމަގުން ހޯދުމުގެ މަސައްކަތު...

މުޙައްމަދު އަފްރާޙް
މުއިއްޒު ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރައްޔިތުންނަން ފެންނާނެ ކަމަށް

މުއިއްޒު ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރައްޔިތުންނަން ފެންނާނެ ކަމަށް

އަލަށް އުފެދޭ ސަރުކާރު ގާއިމްވުމުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ. މާލޭގެ މޭޔަރުގެ ހައިސިއްޔަތުން ފަހު ފަހަރަށް ކައުންސިލްގެ މުއައްޒަފުންނާ ބައްދަލު ކުރެއްވުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހަގީގީ މާނާގައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ފޯރިކޮށްދޭތަން ރައްޔިތުންނަށް ފެން...

އިސްމާއިލް މޫސާ
އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ ވާދަކުރާ ކަމުގެ އަޑުތަކެއް

އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ ވާދަކުރާ ކަމުގެ އަޑުތަކެއް

އަންނަ އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ވާދަކުރާނެ ކަމުގެ އަޑުގަދަވެއްޖެއެވެ. އަޝްފާޤް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރާން ނިންމާފައިވާ ކަމުގެ އަޑުތައް ގަދަވެފައި މިވަނީ ސޯޝަލް މީޑިއާގައި “ދަގަނޑޭ ފޯ އެފްއޭއެމް” ނަމުގައި ޕޭޖެއް ހަދައި ކެމްޕެއިން ފެށުމާއި ގުޅިގެންނެވެ. ނަމަވެސް މިކަން އަދި ދަގަނޑޭގެ ފަރާތުން ޔަގީން ކޮށްދީފައި ނުވެއެވެ. މިވަގުތު އޭނާ ހުރީ އާއިލާއާއިއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަ...

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” މާދަމާ ފަށާނެއެވެ. އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ. އަންހެން ޑިވިޝަންގައި […]

އިބްރާހިމް ޚަލީލް
މޫލީން ބޮޑެތި ޑިސްކައުންޓްތަކާއެކު "ޑިވައިސް ފްލެޝް ސޭލް"

މޫލީން ބޮޑެތި ޑިސްކައުންޓްތަކާއެކު "ޑިވައިސް ފްލެޝް ސޭލް"

އީ ކޮމާސް ޕްލެޓްފޯމް، މޫލީ އިން “ޑިވައިސް ފްލޭޝް ސޭލް” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ދިވެހިންގެ މެދުގައި މަގްބޫލް ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ޑިސްކައުންޓާ އެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ. މި ޕްރޮމޯޝަނުގައި، އެޕަލް މެގްސޭފް ޗާޖަރު، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11 ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސް، ގެ އިތުރުން ސެމްސަންގް ގެ މަގްބޫލް ފޯނުތައް ލިބެން […]

އަޙްމަދު ވަހީދު
ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުގެ ހިޔާނަތް ގިނަ: މުއިއްޒު

ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުގެ ހިޔާނަތް ގިނަ: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި ކަމަށް ތުހުމަތު ކުރާ ހިޔާނާތްތަކަށް ވުރެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތްތައް ގިނަ ކަމަށް ވިދާޅުވެ، އެކަން ބައްލަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު އެގޮތަށް ވިދާޅުވީ “އަލް ޖަޒީރާ” އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންތަކާއި އެމަނިކުފާނަށް އެކަމާ ގުޅިގެން ކޮށްފައިވާ ދައުވާތަކަކީ ޕީޕީއ...

މުޙައްމަދު
އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ޗައިނާއިން ނުބެހޭ، އެކަމާ ސުވާލެއް ވެސް ނުއުފެދޭ: އިންތިހާބީ ރައީސް

އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ޗައިނާއިން ނުބެހޭ، އެކަމާ ސުވާލެއް ވެސް ނުއުފެދޭ: އިންތިހާބީ ރައީސް

އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ޗައިނާއިން ނުބެހޭ ކަމަށާއި އެކަމާ ސުވާލެއް ވެސް ނުއުފެދޭ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައެވެ. ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، ރާއްޖެެއިން ބޭރުގެ މީޑިއާއަކަށް ފުރަތަމަފަހަރަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ޗައިނާ އިން ރާއްޖެއާ އަދި އެހެން ގައުމުތަކާއެކު ވެސް ގެންގުޅެނީ ރަނގަޅު ސިޔާސަތެއް ކަމަށެވެ. އަދި އެ...

މުޙައްމަދު އަފްރާޙް
ރިޔާސީ ދައުރާއެކު ސީޕީގެ މަގާމު ބަދަލުކުރަންޖެހުން ނިމުމަކަށް ގެންނަން ޖެހޭ: ރިޔާޟު

ރިޔާސީ ދައުރާއެކު ސީޕީގެ މަގާމު ބަދަލުކުރަންޖެހުން ނިމުމަކަށް ގެންނަން ޖެހޭ: ރިޔާޟު

ރިޔާސީ ދައުރާއެކު ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމު ބަދަލުކުރަންޖެހުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކުރީގެ ސީޕީ، މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަބްދުﷲ ރިޔާޟު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ސީޕީގެ މަގާމުގައި މިހާރުހުންނެވި މުހައްމަދު ހަމީދު، އެ މަގާމުން ރިޓެޔާ ކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވުމާއި ގުޅިގެންނެވެ. ރިޔާޟު ވިދާޅުވީ ކޮންމެ ރައީސަކާއެކު ކޮމިޝަނާ އޮފް ޕޮލިސް ބަދަލުވާ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށާއި ފުލުހުންގެ ހ...

މުޙައްމަދު އަފްރާޙް