މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޣައްޒާގައި ހުންނަ އައިއޭސީ ގުދަނަކަށް އިސްރާއީލުން ހަމަލާދީ ބިމާ ހަމަކޮށްލައިފި

ޣައްޒާގައި ހުންނަ އައިއޭސީ ގުދަނަކަށް އިސްރާއީލުން ހަމަލާދީ ބިމާ ހަމަކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ގުދަނަކަށް އިޒްރާއީލުން ހަމަލާދީ ބިމާ ހަމަކޮށްލައިފިއެވެ. މިއީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތެރިވާ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ފަލަސްތީނުގެ ޣައްޒާގައި ހުންނަ ގުދަނެކެވެ. ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި މިހަމަލާއަކީ އެ ޖަމިއްޔާގެ ވެއަރ ހައުސް އަކަށް ސީދާ އަމާޒުކޮށް އިސްރާއީލުން ފޮނުވާލާފައިވާ ހަމަލާއެކެވެ. އަދި މި ހަމަލާގައި ވެއަރ ހައުސް އެއްކޮށް ހަލާކުވެފައިވާ ކަމަށް...

މުޙައްމަދު އަފްރާޙް
ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ނޮޅިވަރަމުގައި ފަށައިފި

ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ނޮޅިވަރަމުގައި ފަށައިފި

ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ހދ. ނޮޅިވަރަމުގައި ފަށައިފިއެވެ. “ރުކުގެ އާ ޖީލެއް” ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފައްޓަވާފައިވާ މި ޕްރޮގްރާމުގެ ދަށުން ނޮޅިވަރަމްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. މިއަހަރުގެ މެއި 6 ވަނަ ދުވަހު މި ޕްރޮގްރާމު ފަށާފައިވަނީ ހދ. ވައިކަރަދޫގައެވެ. އަދި ޖެހިގެން އައި 7 ވަނަ ދުވަހު ވަނީ އެ އަތޮޅު އުތީމާއި […]

މުޙައްމަދު އަފްރާޙް
ވަރިވާން ދިޔަ މީހަކަށް ގުޅި މެޖިސްޓްރޭޓަށް ޖަވާބުދާރީވާން މަޖިލީހުން ފުރުސަތު ދެނީ

ވަރިވާން ދިޔަ މީހަކަށް ގުޅި މެޖިސްޓްރޭޓަށް ޖަވާބުދާރީވާން މަޖިލީހުން ފުރުސަތު ދެނީ

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް  ވަކިކުރަން  މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު އޭނާ އަށް ދޭން ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ. އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި, މެސެޖްކުރި މައްސަލައެއްގަ އެވެ. އެ މައްސަލާގައި އޭނާ ހުރީ ސަސްޕެންޑްކޮށްފަ އެވެ.  […]

ޙުސައިން ޝަހުދީ
އައިޖީއެމްއެޗްގެ ދެ ސެންޓަރަކުން ދޭ ހިދުމަތަށް 5.3 މިލިއަން ޑޮލަރު ނުދައްކާ: ފިރުޒުލް

އައިޖީއެމްއެޗްގެ ދެ ސެންޓަރަކުން ދޭ ހިދުމަތަށް 5.3 މިލިއަން ޑޮލަރު ނުދައްކާ: ފިރުޒުލް

އައިޖީއެމްއެޗްގެ ނެޝަނަލް ކާޑިއެކް ސެންޓަރާއި ނާރުގެ ބަލިތަކުގެ ހާއްސަ ސެންޓަރުގެ ހިންގުން ހަވާލުކޮށްފައިވާ ފަރާތްތަކަށް މި ސަރުކާރުން 5.3 މިލިއަން ޑޮލަރު ނުދައްކާ ހުރިކަން ފާހަގަވެފައިވާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އައިޖީއެމްއެޗް ތެރޭގައި ބައެއް ހާއްސަ ފަރުވާދޭ ތަންތަން ހުރިއިރު، އެ ތަންތަނުގައި ބައެއް ފަހަރު ބޭރުގެ ހޮސްޕިޓަލްތަކާއި ކުންފުނިތަކުން ހިދުމަތް...

މުޙައްމަދު
ރަށްރަށުގައި ދޭ ބަހުގެ ހިދުމަތަށް މިހާރު ކާޑުން ފައިސާ ދެއްކޭނެ

ރަށްރަށުގައި ދޭ ބަހުގެ ހިދުމަތަށް މިހާރު ކާޑުން ފައިސާ ދެއްކޭނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިން އަތޮޅުތެރޭގެ އާންމު ބަހުގެ ހިދުމަތުގައި ކޮންޓެކްޓްލެސް މާސްޓާ ކާޑް އަދި ވިސާ ކާޑް ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ހަމަޖައްސާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ. އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ލ. ފޮނަދޫ، އަދި ލ. އިސްދޫ/ކަލައިދޫގައި ދެމުގެންދާ އާރުޓީއެލް ބަސް ހިދުމަތަށް މާސްޓާ ކާޑް އަދި ވިސާ ކޮންޓެކްޓްލެސް ކާޑް ބޭނުންކޮށްގެން ފައިސާ […]

މުޙައްމަދު
ސަރުކާރުގެ ބައެއް ސިއްހީ ހިދުމަތްދޭ ތަންތަން ދަނީ ހުއްޓުމަކަށް އަންނަމުން: ފިރުޒުލް

ސަރުކާރުގެ ބައެއް ސިއްހީ ހިދުމަތްދޭ ތަންތަން ދަނީ ހުއްޓުމަކަށް އަންނަމުން: ފިރުޒުލް

ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްދެވިފައި ނުވާތީ އެ ތަންތަނުން ދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނަ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ކޮންމެ އަހަރަކު ދެ ފަހަރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޕީއޯ ރެއިޒް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، މި އަހަރުގެ ދެވަނަ ހ...

މުޙައްމަދު
މާލޭގެ ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

މާލޭގެ ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

މާލޭގެ ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ޝޭޑީ ކެބިން ކައިތީ ހުންނަ ރެޑްވޭވް ޕްލާޒާ ކައިރީ ހުރި ސައިހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިދާރާދެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:40 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެ އިދާރާ އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މާފަންނުު ފޮގެޓްމީ ނޮޓް، ކިޔާ ގޭގެ ތިރީގައި […]

މުޙައްމަދު އަފްރާޙް

ބްރިޖުގައި ގަވާއިދާ ހިލާފުވެގެން 24 ގަޑިއިރުގެ ތެރޭގައި 120 މީހުންނަށް ނަސޭހަތް

ސިނަމާލެ ބްރިޖުގައި ގަވާއިދާ ހިލާފުވެގެން 24 ގަޑިއިރުގެ ތެރޭގައި 120 މީހުންނަށް ނަސޭހަތް ދީފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވައިގެންނާއި، ގަވާއިދާ ޚިލާފަށް ލޭން ބަދަލުކޮށްގެން އިއްޔެ އެކަނިވެސް 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާ ކަމަށެވެ. މި އޮކްޓޯބަރު މަހުގެ 11 ވީ ބުދަ ދުވަހު އެ އިދާރާ އިން ވަނީ ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށާއި […]

މުޙައްމަދު އަފްރާޙް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ފަށައިފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައްޓޯ އެފްސީއާއި ބީޗް ސިޓީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައްޓޯ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 12، މުޝްރިފް މުހައްމަދެވެ ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި […]

އިބްރާހިމް ޚަލީލް
ވީއައިއޭ އާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސައުދީން ރާއްޖެ އަށް 150 މިލިއަން ޑޮލަރު

ވީއައިއޭ އާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސައުދީން ރާއްޖެ އަށް 150 މިލިއަން ޑޮލަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސައުދީ އަރަބޮއްޔާ އިން 150 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެގައުމުން ރާއްޖެއަށް ދޭ 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ތެރެއިން 100 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވީއައިއޭ ތަރައްގީ ކުރުމަށް ކަމަށާއި އަދި 50 މިލިއަން ޑޮލަރު ހަރަދުކުރާނީ ސިއްހީ ދާއިރާގެ އުމްރާނީ މަސައްކަތްތަކަށް ކަމަށެވެ. މައުލޫމާތު […]

މުޙައްމަދު އަފްރާޙް
ގޭގެއި ހައްދާފައި ހުރި ގަހެއްގެ ފޮޓޯ ހިއްސާކޮށްގެން ސްމާޓް ޕޮޓެއް ހޯދުމުގެ ފުރުސަތު

ގޭގެއި ހައްދާފައި ހުރި ގަހެއްގެ ފޮޓޯ ހިއްސާކޮށްގެން ސްމާޓް ޕޮޓެއް ހޯދުމުގެ ފުރުސަތު

ގޭގައި ހައްދާފައި ހުރި ގަހެއްގެ ފޮޓޯ ހިއްސާކޮށްގެން ސްމާޓު ޕޮޓެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ. މިއީ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން އުރީދޫއިން ކުރިއަށްގެންދާ ޕްރޮމޯޝަނެެކެވެ. ސްމާޓު ޕޮޓު ހޯދުމަށް ހިއްސާކުރަން ޖެހެނީ ގޭގައި ހައްދާފައިވާ ގަހެއްގެ ފޮޓޯއެކެވެ. އެ ޕޯސްޓުގައި “ގްރޯވިތުއުރީދޫ” ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ. މީގެ އިތުރުން، އުރީދޫ މޯލްޑިވްސް އާއި ޒުވާން ދަނޑުވެރިޔާ ޓެގު ކުރަން ވެސް އުރީދޫއިން ވަނީ ޝަރުތު ކޮށްފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 21 […]

އަޙްމަދު ވަހީދު
ދިހަ އަހަރު ވެފައިވާ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުކުރެވޭގޮތައް ހުށަހަޅައިފި

ދިހަ އަހަރު ވެފައިވާ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުކުރެވޭގޮތައް ހުށަހަޅައިފި

ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 10 އަހަރު ވެފައިވާ ތަންތަން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް، މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެންނަން އިހަވަންދޫ ދާއިރާގެ މަޖިިސް މެމްބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އޭނާ ހުށަހެޅުއްވި ބިލުގައިވަނީ މަތީ ތައުލީމުދޭ މަރުކަޒަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމަށް، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވުމާއި ނުވަތަ ބޭރު ގައުމެއްގަ...

މުޙައްމަދު އަފްރާޙް
107 ފުޅި ބަނގުރަލާ އެކު ތިލަފުށިން މީހަކު ހައްޔަރުކޮށްފި

107 ފުޅި ބަނގުރަލާ އެކު ތިލަފުށިން މީހަކު ހައްޔަރުކޮށްފި

107 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު އެވެ. “އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައިފާސްކުރި އިރު ތިންފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބ...

ޔުމްނާ ޢަލީ
އުތުރު ކޮރެއާ އިން ރަޝިޔާއަށް ހަތިޔާރު ފޮނުވަމުންދާ ކަމަށް އެމެރިކާއިން ބުނެފި

އުތުރު ކޮރެއާ އިން ރަޝިޔާއަށް ހަތިޔާރު ފޮނުވަމުންދާ ކަމަށް އެމެރިކާއިން ބުނެފި

ރަޝިޔާއިން ޔޫކްރޭންއަށް ހަމަލާތައް ދިނުމަށް ބޭނުންވާ ހަތިޔާރާއި ތަކެތި އުތުރު ކޮރެއާއިން ފޯރުކޮށްދެމުން ދާކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ހާމަކުރެއްވި ގޮތުގައި ފާއިތުވި ހަފްތާ ތެރޭގައި އުތުރު ކޮރެއާއިން 1000 ކޮންޓެއިނާގެ އަސްކަރީ ހަތިޔާރާއި ތަކެތި ވަނީ ރަޝިޔާއަށް ފޮނުވާފައެވެ. އަދި އުތުރު ކޮރެއާގެ ނާޖިންގައި ރަޝިޔާއަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ އަސްކަރީ ހަތިޔާރުތައް އަޅާފައިވާ 300 އަށްވުރެ ގިނަ ކޮންޓެއިނާކަމަށް ބުނެ ފ...

މުޙައްމަދު
އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފި

އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފި

އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. މި މުބާރާތުގެ އިވެންޓުތައް މިއަދު ފެށިނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރެއެވެ. އިވެންޓުތައް ފެށުމުގެ ކުރިން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ލަވަ ލޯންޗުކޮށްފައެވެ. މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔަ ޝަލަބީ އާއި އަޝްރާއެވެ. މުބާރާތް ފެށުމަށްޓަކައި ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ކައުންސިލަރުންނާއި، އެތްލެޓިކްސ...

މުޙައްމަދު އަފްރާޙް