ރާއްޖެ މޫސުން ގޯސްނަމަ އިންތިހާބީ ރައީސް ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގައި މޫސުން ގޯސްނަމަ، އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަަށް އެ އިދާރާ އިން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ މޫސުން ގޯސްވެ، އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ނުބޭއްވިއްޖެނަމަ، ދެން ބާއްވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ. މުއިއްޒުގެ އެދިވަޑައިގަތުމަށް އެމަނިކފާނު ހުވާ ކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމުގެ ތައްޔާރީތައ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އިސްރާއީލުގެ ޔަހޫދީން މަތިވެރިއަށް އެރުން ހުއްޓުވައިދިނުމަށް އެރަށު ކައުންސިލުން ގޮވާލައިފި އިސްރާއީލުގެ ޔަހޫދީން އއ. މަތިވެރިއަށް އެރުން ހުއްޓުވައިދިނުމަށް އެދި ދައުލަތުގެ އިދާރާތަކަށް އެ ރަށު ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން މިގޮތަށް ގޮވައިލީ އެރަށު ހުރިހައި ކައުންސިލަރުންގެ އިއްތިފާގުން ނެރުއްވާފައިވާ ގަރާރެއްގައެވެ. އެ ގަރާރުގައި މުސްލިމުންގެ މުޤައްދަސް ބިމަށް އަރައިގަނެ، މުސްލިމް އަޚުންނާއި އުޚުތުންނަށް އަނިޔާ ދެމުންދާ ޔަހޫދީ އިސްތިޢުމާރީންނަށް މަތިވެރީގެ ވެށިން އަމާންކަންކަމާއި ހިޔާވަހިކަން ދޭކަށް އެއްވެސް ރައްޔިތަކު ނޭދޭ ކަމަށް ވަނީ ބުނެފައެެވެ. އަދި އެއީ އެރަށުގެ ސަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މަޖިލީހަށް ފޮނުވީ 49 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. މި ބަޖެޓުގެ ޖުމްލަ އަކީ 49.5 ބިލިއަން ރުފިޔާ އެވެ. އެ ވުޒާރާ އިން މަޖިލީހަށް އިއްޔެ ފޮނުއްވާފައިފައި ބަޖެޓަކީ މި އަހަރުގެ ބަޖެޓާ އަޅާބަލާ އިރު، 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމުން މި އަހަރުގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް އަރާއިރު، އަންދާޒާ ކުރައްވާފައިވަނީ މި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދު 47 ބިލިއަން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
މަޖިލިސް ނައިބު ރައީސް ފައިސަލް އާއި ވެރިކަން ހަވާލުކުރަން ވައްޑޭ ގޮވާލައްވައިފި ވެރިކަމުގެ ބާކީ ދުވަސްތަކުގައި ވެރިކަން ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި ހަވާލުކުރުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ގޮވާލައްވައިފިއެވެ. ދަ ޑިމޮކްރެޓްސްގެ މެންބަރު ވައްޑެ މިހެން ގޮވާލެއްވީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް މެންބަރުން މިއަދު މަޖިލިސް ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ ހުރަސް އަޅުއްވާފައި ވަނިކޮށް ”އެކްސް”ގައި ލިޔުއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ވައްޑޭ ވިދާޅުވީ، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނޫނެކޭ ބުނުމުން ދަ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ނައިފަރު ދަރިވަރު ޝަޔާން ލިޔުނު ފޮތުގެ ކޮޕީއެއް ތައުލީމާބެހޭ ވަޒީރަށް ހަދިޔާކޮށްފި ދަތިކަމުގެ ތެރޭން ކާމިޔާބީޔާބީއަށް ވާސިލްވި ޅ. ނައިފަރު ބައެއް މީހުންގެ ހަޔާތުގެ ވާހަކަތަކުގެ މައްޗަށް، އެރަށު މަދްރަސަތުލް އިފުތިތާހުގެ ގްރޭޑް 10 ގެ ދަރިވަރަކު ލިޔުނު ފޮތުގެ ކޮޕީއެއް ތައުލީމީ ވަޒީރު ޑރ. އައިޝަތު އަލީ އަށް ހަދިޔާ ކޮށްފިއެވެ. މި ފޮތް ލިޔެފައިވަނީ އެ ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުު ކުރަމުންދާ ދަރިވަރު، އަޙްމަދު ޝަޔާން އަންވަރު އެވެ. އޭނާގެ މި ފޮތަކީ ދަތި އުނދަގޫތަކާއެކު ވެސް ކާމިޔާބީއާ ހަމައަށް ވާސިލުވި، ނައިފަރުގެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު މެސީ އަށްވަނަ ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށްފި ފާއިތުވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯޅަ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް އަށްވަނަ ފަހަރަށް އެމެރިކާ ލީގުގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ކާމިޔާބު ކޮށްފިއެވެ. މިއީ މެސީ މި އެވޯޑް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. އެންމެ ގިނައިން މި އެވޯޑް ކާމިޔާބު ކުރުމުގެ ރެކޯޑް މެސީއަތުގައި އޮތްއިރު، ދެން މި އެވޯޑް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އެމްޑީޕީގެ މެންބަރުން ތަޅުމުގައި އިހުތިޖާޖު ފަށައިފި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކުރިއަށް ގެންދަން އުޅެނީ ގަވާއިދާ ޚިލާފަށްކަމަށް ވިދާޅުވެ މަޖިލީހުގައި ތިއްބަވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އިހުތިޖާޖު ކުރަންފަށައިފިއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށްމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން، 49 މެންބަރުންގެ ސޮޔާއި އެކު އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާއިރު، މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 1... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ބަޖެޓު ހުށަހަޅަން ވަޑައިނުގަތުމަށް މާލީ ވަޒީރު ނިންމަވައިފި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވަޑައިނުގެންނެވުމަށް ނިންމަވައިފިއެވެ. ދައުލަތުގެ ބަޖެޓު މިއަދުގެ ޖަލްސާ އަށް ހުށައެޅުމަށް އެޖެންޑާކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފައިވަނިކޮށެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރު ވަނީ ބަޖެޓު މަޖިލީހަށް ހުށައެޅުމާއި ގުޅޭގޮތުން ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވާފައެވެ. އަދި ނިންމެވީ މަޖިލީހަށް ބަޖެޓު ހުށައެޅުމ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ފަލަސްތީނަށް އެހީވާން އެމްޕީއެލުން 565،000ރ. ހަދިޔާކޮށްފި އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވާން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ. އެމްޕީއެލުން މި ފައިސާ ހަދިޔާ ކޮށްފައިވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގައި ހިންގާ ދެ ފަންޑަކަށެވެ. އެގޮތުން ޖުމްލަ 565،000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މި ފައިސާ އެމްޕީއެލުން ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓުން ހިންގާ “ފަލަސްތީން ރިލީފް ފަންޑް” އާއި އިންޓަރ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މޫކޭ އާއި ދަރިފުޅަށް މަރުގެ އިންޒާރު ދީފި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ދަރިފުޅާއެކު ސައިކަލުގައި ވަޑައިގަންނަވަނިކޮށް މީހަކު މަރުގެ އިންޒާރު ދީފިއެވެ. މޫކޭ ރޭ 21:30 ގައި މީހެއްގެ ފޮޓޯ ”އެކްސް”ގައި ހިއްސާކުރައްވަމުން ލިޔުއްވާފައިވާ ގޮތުގައި އެ މީހާ ވަނީ މޫކޭ ދަރިފުޅާއެކު ސައިކަލުގައި ވަޑައިގަންނަވަނިކޮށް އަވުގުރާނަ ގޮވައި، މާރާމާރީ ހިންގާފައެވެ. ”އަދި ދަރިފުޅާއި އަޅުގަނޑު މަރާލާނެ ކަމަށްބުނެ އިންޒާރުވެސް ދީފައި” މޫކޭ ވިދާޅުވެފަވެއެވެ. މީނާ ވަނީ މިއަދު ހަވީރު އަޅުގަނޑު ދަރިފުޅާއި... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި އާބަންކޯއިން ފަލަސްތީނަށް އެހީވާން ހުކުރު ދުވަހު ފަންޑް ރެއިޒިން އިވެންޓެއް ބާއްވަނީ އާބަންކޯއިން ފަލަސްތީނަށް އެހީވާން ހުކުރު ދުވަހު ފަންޑް ރެއިޒިން އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި އިވެންޓަކީ އެ ކުންފުނީހެ މުވައްޒަފުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ ސެންޓްރަލް ޕާކުގައި ހުކުރު ދުވަހުގެ ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށް ކަމަށް އާބަންކޯއިން ބުންޏެވެ. ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުނަށް އާބަންކޯއިން ދައުވަތު އަރުވައެވެ. އެ ކުންފުނިން ވަނީ މިދިޔަ ހަފުތާ ބަންދުގައި […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
މަޖިލިސް ނަޝީދު ވަކިކުރުމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަން އެދިއްޖެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެއެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ވަނީ އެޖެންޑާކޮށްފައެވެ. އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދަނީ ނަޝީދުގެ މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު ކަމެއް މަޖިލިހުގައި ނު... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ޕީޖީ އޮފީހުން ކޯޓުގެ ހުރުމަތް ކަނޑާލައިފި, އިއްވީ 10,000 ރުފިޔާގެ ޖޫރިމަނާއެއް ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރަން މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފި އެވެ. ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޖިނާއީ މައްސަލައަކާ ގުޅިގެން ބައެއް މައުލޫމާތު ހާމަކުރަން އެ ކޯޓުން އެންގި އެންގުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދުކުރި އެވެ. ނަމަވެސް ޕީޖީން އެގޮތަށް އަމަލެއް ނުކުރެ އެވެ. ފޭދޫ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް ޕީޖީން އެ އަމުރަށް އަމަލު ކޮށްފައިނުވާތީ އެއީ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
މަޖިލިސް ފެނިގެންދަނީ ތިމާގެކަމުގެ ތެރެއިން ރާވައިގެން މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަން: އިބްރޭ ފެނިގެންދަނީ ޑިމޮކްރަސީގެ ނަމުގައި އަމިއްލަ މަސްލަހަތު އިސްކޮށް ރާވައިގެން ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ”ތާށިވެފައި” ވަނިކޮށް އެކްސްގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. ނަޝީދުގެ މައްސަލަ އިއްޔެއާއި މިއަދަށ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ޔާމީނަށް ލިބެމުންދާ ކޮންމެ ލުޔެއްގެ ޝުކުރު ހައްގުވަނީ މުޢިއްޒަށް: މުއާޒު ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމަށް މިހާރު ލިބެންދާ ހުރިހާ ލުއިތަކެއްގެ ޝުކުރު ހައްގުވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް މަޑަވެލިދާއިރާގެ ކުރީގެ މެންބަރު، ޕީޕީއެމްގެ ސެނެޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުއާޒް މިހެން ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ވަރަށް ސީނިއާކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ރައީސް ޔާމީން ގޭކޮޅަށް ބަދަލު ކުރެއްވުމާއި ގުޅިގެން ރައީސް ޞާލިޙަށް ޝުކުރު އަދާ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން