މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޔުކްރެއިން އަތުން ޕޮއިންޓެއް ހޯދައިގެން ޗެމްޕިއަން އިޓަލީ ޔޫރޯއަށް

ޔުކްރެއިން އަތުން ޕޮއިންޓެއް ހޯދައިގެން ޗެމްޕިއަން އިޓަލީ ޔޫރޯއަށް

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ސީގައި ރޭ ޔުކްރެއިންއާއި އިޓަލީ ބައްދަލުކުރި މެޗު އެއްވަރު ވުމުން އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކޮލިފައި ވެއްޖެއެވެ. ޔުކްރެއިންގައި ހިގަމުންދާ ހަނގުރާމައިގެ ސަބަބުން ޔުއެފާއިން އެ ގައުމުގައި މެޗުތައް ކުޅުން މެދުކަނޑާލާފައި އޮތުމުން، ރޭ ޔުކްރެއިންގެ ހޯމް މެޗު ކުޅެފައި ވަނީ ޖަރުމަނުގައެވެ. މި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. […]

އިބްރާހިމް ޚަލީލް
މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށީގެ ބޮޑުބައެއް ނިންމާލައިފި

މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށީގެ ބޮޑުބައެއް ނިންމާލައިފި

ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ. އަދި ރޭމްޕް ހެދުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށްދަނީ މިހާރު ހުރި ނެރު ބަންދު ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 14,844 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 15,822 ކިއުބިކް […]

އަޙްމަދު ވަހީދު
ތިލަފުށީ ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފަށަން އެތަނުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ތިލަފުށީ ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފަށަން އެތަނުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ތިލަފުށީ ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފަށަން އެތަނުގައި ހުރި އުޅަނދުތައް ނަގަން އަންގައިފިއެވެ. އާބަންކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްގީ ކުރުމަކީ ރާއްޖޭގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންވެ، މާސްޓާ ޕްލޭނާއެއްގޮތަށް ހިއްކަން ޖެހޭ ތަންތަން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. ތިލަފުށީ ފަޅުގެތެރެއިން ހިއްކަން ހަމަ ޖެހިފައިވާ އޭރިއާ-އީގެ މަސައްކަތް އަންނަ ޑިސެމްބަރު މ...

އަޙްމަދު ވަހީދު
ލައިލީގެ ސޯލޯ އެގްޒިބިޝަން "އެކެއް" ނެޝަނަލް އާޓް ގެލެރީގައި ފަށައިފި

ލައިލީގެ ސޯލޯ އެގްޒިބިޝަން "އެކެއް" ނެޝަނަލް އާޓް ގެލެރީގައި ފަށައިފި

މަޝްޙޫރު ކުރެހުންތެރިޔާ މަރިޔަމް ލަޔާލް (ލައިލީ) ގެ ސޯލޯ އެގްޒިބިޝަން “އެކެއް” ނެޝަނަލް އާޓް ގެލެރީގައި ފަށައިފި އެވެ. ނެޝަނަލް އާޓް ގެލެރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި އެގްޒިބިޝަން ހުޅުވައިދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) ގެ ގަވަރުނަރު އަލްފާޞިލް ޢަލީ ހާޝިމް އެވެ. ނެޝަނަލް އާޓް ގެލެރީ އިން މަޢުލޫމާތު ދެއްވި ގޮތުގައި މި އެގްޒިބިޝަން ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 10 ން […]

އިބްރާހިމް އަސްވާޤް
ޒަމާނީ ދަނޑުވެރިޔާގެ ވިސްނުން

ޒަމާނީ ދަނޑުވެރިޔާގެ ވިސްނުން

އާންމު ގޮތެއްގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން އެންމެ ބޮޑު ސަމާލުކަމެއް ދެމުންގެންދަނީ ދަނޑުބިންތަކުން އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތަފާތު ބާވަތްތައް އުފެއްދުމަށެވެ. މީގެ އިތުރުން އުފައްދާ ބާވަތްތައް އެންމެ ފައިދާހުރި ގޮތެއްގައި ވިއްކުމަށާއި، ކުރާ މަސައްކަތުގެ އަގުގެ އިތުރުން ނަފާ ހޯދުމަށް މަސައްކަތް ރޭވުމަކީ އާންމުގޮތެއްގައި ދަނޑުވެރިން އިސްކަމެއްދޭ ކަމެއް ނޫނެވެ. ނަމަވެސް މިފަދަ ގޮތަކަށް އާމްދަނީ ހޯދުމަށް ކުރާ އެއްވެސް މަސައްކަތެއް ހިންގުމަކީ މިޒަމާނުގައި ބުއްދިވެރިކަމެއް ނޫނެވެ. ސަބަ...

ހުބާ ޕްލާންޓްސް
ފުލުހަކު ގެއްލިގެން ހޯދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

ފުލުހަކު ގެއްލިގެން ހޯދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގައި ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖު (ނެޝަނަލް ކޮލެޖު ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓު)ގައި ޑިއުޓީ އަދާކުރާ ފުލުހަކު ރޭ އިޝާނަމާދަށް ދިޔަގޮތައް ގެއަަށް ނައިސް ޚަބަރު ނުވެގެން ރޭ އެ އިދާރާއަށް ރިޕޯޓުކޮށްފަ ވާކަމަށެވެ. މި ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ރޭ މެންދަމު 12:40 ގައެވެ. އެ ފުލުސް މީހާ ހޯދަމުން ދަނިކޮށް ފެނުނީ ހިތަދޫ […]

ޔުމްނާ ޢަލީ
ދިވެހިން އިމުގާ ފޯމް ފުރަން ނުޖެހޭ ގޮތް ހަދައިފި

ދިވެހިން އިމުގާ ފޯމް ފުރަން ނުޖެހޭ ގޮތް ހަދައިފި

ރާއްޖެ އިން ބޭރަށް ދަތުރު ކުރާ ދިވެހިންނާއި ރާއްޖެ އަންނަ ދިވެހިންނަށް “ޓްރެވެލާ ޑެކްލެރޭޝަން” ފޯމު ނުވަތަ އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިއަދު ހަމަޖައްސަވައިފިއެވެ. އެގޮތަށް ނިންމި ނަމަވެސް ރާއްޖެ އަންނަ އަދި ރާއްޖެ އިން ބޭރަށްދާ ފަތުރުވެރިންނާއި ބިދޭސީން އަދިވެސް އިމުގާ ފޯމް ފުރަން ޖެހޭނެއެވެ. އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަމްއާން ރަސްމީކޮށް މިއަދު ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ...

މުޙައްމަދު
ކަކުލަށް އަނިޔާވެ ގަވީ އަށް ސީޒަން ނިމިއްޖެ

ކަކުލަށް އަނިޔާވެ ގަވީ އަށް ސީޒަން ނިމިއްޖެ

ސްޕެއިން އަދި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރ ގަވީގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަންގައި ދެން އޭނާއަށް ނުކުޅެވޭނެކަން ބާސާއިން ޔަގީންކޮށްދީފިއެވެ. އުމުރުން 19 އަހަރުގެ ގަވީގެ ކަނާއަތު ފައިގެ ކަކުލަށް އަނިޔާވެފައި ވަނީ ޔޫރޯ ކޮލިފައިންގައި ރޭ ޖޯޖިއާ އަތުން ސްޕެއިން މޮޅުވި މެޗުގައެވެ. އަނިޔާގެ ސަބަބުން މެޗުގެ 26 ވަނަ މިނެޓުގައި އޭނާ ބަދަލުކުރި އިރު ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ. ބާސާއިން ބުނީ ގަވީގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވުމަށް ސާޖަރީ […]

އިބްރާހިމް ޚަލީލް
އެކްސިޑެންޓް ހިނގީ ކާރު ތިން ސައިކަލުގައި ޖެހިގެން، އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް

އެކްސިޑެންޓް ހިނގީ ކާރު ތިން ސައިކަލުގައި ޖެހިގެން، އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް

މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުކައިރީ އެކްސިޑެންޓް ހިނގީ ކާރު ކޮންޓްރޯލްނުވެގެން ގޮސް ތިން ސައިކަލުގައި ޖެހިގެން ކަމަށާއި، އެ ހާދިސާގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އެކްސިޑެންޓްގެ އިތުރު ތަފްސީލް ދެއްވަމުން ފުލުހުން މިރޭ ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 19:42 ގައި އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި […]

ޔުމްނާ ޢަލީ
މިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި

މިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023” ފަށައިފިއެވެ. މި އަހަރުގެ މުބާރާތް އެ އަތޮޅު މާއުނގޫދޫއާއި ގޮއިދޫގައި ކުޅޭއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވާފައި ވަނީ މާއުނގޫދޫގައެވެ. މުބާރާތް ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މުބާރާތުގެ ގްރޫޕް އޭގެ މެޗުތައް ގޮއިދޫގައި ކުޅޭއިރު، މި ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފީވަށް، ނޫމަރާ، […]

އިބްރާހިމް ޚަލީލް
ސެންޓްރަލް ޕާކު ކައިރީ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ސެންޓްރަލް ޕާކު ކައިރީ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ އެކްސިޑެންޓެއް ހިނގައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ، ކާރަކާއި ތިން ސައިކަލް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު، އެމީހުން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ޔުމްނާ ޢަލީ
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ޒަރީރު ހަމަޖައްސައިފި

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ޒަރީރު ހަމަޖައްސައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު މިރޭ ޢައްޔަނުކުރައްވައިފިއެވެ. ޒަރީރު މި މަގާމަށް އައްޔަނުކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރުން އޮތީ މިރޭ ރައީސް އޮފީހުގައެވެ. ޒަރީރަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ނައިބު ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ޒަރީރު މިރޭ ޖަލުތަކުގެ ވެރިއަކަށް ހަމަޖެއްސިއިރު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިޢު މުޙައްމަދު މިރޭ ވަނީ އައްޔަނުކުރައްވާފައެވެ. ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި...

ޔުމްނާ ޢަލީ
ކަސްޓަމްސްގެ ވެރިޔަކަށް މާނިޢު

ކަސްޓަމްސްގެ ވެރިޔަކަށް މާނިޢު

ރައީސް ޑރ. މުޢިއްޒު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިޢު މުޙައްމަދު މިރޭ ޢައްޔަނު ކުރައްވައިފިއެވެ. ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިޢު ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، މާނިޢު ވަނީ ‏ކުރައްވާފަ އެވެ. ‏މި މަޤާމަށް މާނިޢު ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި...

ޔުމްނާ ޢަލީ
ފްލެޓު ލިބުނު މީހުންގެ ލިސްޓް ރިވިއު ކުރަން ނިންމައިފި

ފްލެޓު ލިބުނު މީހުންގެ ލިސްޓް ރިވިއު ކުރަން ނިންމައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ދޫކުރި ފްލެޓުތައް ރިވިއު ކުރަން ނިންމާފައިވާ ކަމަށް މި ސަރުކާރުގެ މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި ކުރީ ސަރުކާރުން އާންމު ކުރިއިރު، އެ ލިސްޓު ނެރުނީ ބޭއިންސާފުން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން […]

މުޙައްމަދު
މާލޭގެ މޭޔަރު ކަމަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާނީ ސައިފް

މާލޭގެ މޭޔަރު ކަމަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާނީ ސައިފް

މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓު ވާދަކުރައްވާނެ ކެންޑިޑޭޓަކީ މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. ދަ ޑިމޮކްރެޓްސް އިން ބުނީ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީ އަށް ކުރިމަތިލުމަށް މި މަހުގެ 5 ވަނަ ދުވަހު އިއުލާންކޮށްފައިވާ މުއްދަތުގައި އެ މަގާމަށް ވާދަކުރުމަށް ހުށަހަޅުއްވާފައި ވަނީ ސައިފް އެކަނި ކަމަށެވެ. […]

މުޙައްމަދު