މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މިއީ މުއިއްޒު ދުވެލީގައި ހިނގާނެ ސަރުކާރެއް، ތަފާތު ވާނެ: ޚަލީލް

މިއީ މުއިއްޒު ދުވެލީގައި ހިނގާނެ ސަރުކާރެއް، ތަފާތު ވާނެ: ޚަލީލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ތަފާތު ސަރުކާރެއް ކަމަށާއި ސަރުކާރު ހިންގާނީ “މުއިއްޒު ދުވެލީ” ގައި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. “ވިޒިޓާ އިކޮނޮމީ ކައުންސިލް” ގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚަލީލް އެގޮތަށް ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އާ ކަންކަން ނުހިމެނޭ ކަމަށް ދިވެހި ނޫސްވެރިއަކު ކުރި ސުވާލެއްގައި ފާހަގަ ކުރުމާ ގުޅިގެންނެވެ. އެ ސުވާލާ ގުޅިގެން ޚަލީލް […]

މުޙައްމަދު
އަމާޒަކީ ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަނަށް ޖެއްސުން: ސައީދު

އަމާޒަކީ ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަނަށް ޖެއްސުން: ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުން މިހާރު ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް މައްޗަށް ޖެއްސުން ކަމަށް “ވިޒިޓާ އިކޮނޮމިކް ކައުންސިލް”ގެ ކޯ ޗެއާ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އަލަށް އުފެއްދި ވިޒިޓާ އިކޮނޮމިކް ކައުންސިލުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެ ކައުންސިލަކީ ދުރުރާސްތާ އާއި މެދުރާސްތާ އާއި އަދި ކުރުރާސްތާއަށް ވެސް ޓާގެޓްކުރެ...

މުޙައްމަދު
ޔާމީންގެ އިސްތިއުނާފް މައްސަލާގެ ފަހު އަޑުއެހުން މާދަމާ ބާއްވަނީ

ޔާމީންގެ އިސްތިއުނާފް މައްސަލާގެ ފަހު އަޑުއެހުން މާދަމާ ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ހައި ކޯޓުން ތާވަލްކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ޔާމީން 11 އަހަރަށް ޖަލަށްލައި, ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު, ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. […]

ހުސައިން ހަބީބް
ހިޓާޗީ ފްރިޖު ވެސް "ހަކަތަރި" ލޭބަލަށް

ހިޓާޗީ ފްރިޖު ވެސް "ހަކަތަރި" ލޭބަލަށް

ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް “ހަކަތަރި” ލޭބަލް އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކުގައިވެސް ޖަހަން ފަށައިފިއެވެ. މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅައި، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. އެސްޓީއޯއިން  މިހާރުވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފައެވެ. މި މޮޑެލްތަކުގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނޭ ކަމަަށް އެސްޓީއޯއިން ބުންޏެވެ. ހަކަތަރި ލޭބަލް […...

އަޙްމަދު ވަހީދު
ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

މި 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މި ބަޖެޓުގެ މަސައްކަތް ނިންމާލީ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ. މަޖިލީހުގެ ތަޅުމުން މިއަދު މި ބަޖެޓު ފާސްކުރީ، ކޮމެޓީން ފާސްކުރި ގޮތަށެވެ. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލަ އަކީ 6.5 ބިލިއަން ރުފިޔާ އެވެ. މިއަދު މޮ ބަޖެޓު ފާސްކުރަން ނެގި ވޯޓުގައި ބަޖެޓް ފާސްކުރަން […]

ޔުމްނާ ޢަލީ
ގުޑުގުޑާ ދޫނިތަކަށް ގޯނާވާފަދަ ކަމެއް ނުކުރުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް

ގުޑުގުޑާ ދޫނިތަކަށް ގޯނާވާފަދަ ކަމެއް ނުކުރުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް

ކުޅުދުއްފުށީ ސިޓީގެ ކުޅިއަށް ހިޖުރަކުރާ ގުޑުގުޑާ ދޫނިތަކަށް ގޯނާވާފަދަ ކަމެއް ނުކުރަން ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރު އެރަށު ކުޅިއަށް ދަނީ ގުޑުގުޑާ ދޫނިތައް ހިޖުރަ ކުރަމުންނެވެ. އެ ދޫނިތަކާއެކު ކުޅުދުއްފުށި ސިޓީގެ ކުޅި ސަރަހައްދަށް ވަނީ އިތުރު ހިތްގައިމުކަމެއް ގެނުވާފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، ކުޅުދުއްފުށި ކުޅިއަށް ދޭތެރެ ދޭތެރެއިން ޒިޔާރަތްކުރާ ގުޑުގުޑާ ދޫނިތައް އަންނަނީ ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސް ދެމުން ކަމަށެވެ....

ޔުމްނާ ޢަލީ
އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވައިލާ މަޖިލީހަށް ޕެޓިޝަން

އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވައިލާ މަޖިލީހަށް ޕެޓިޝަން

އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅައިފިއެވެ. މިކަމުގައި އިސްކޮށް މަސައްކަތްކުރާ “ރައިޓް މޫވްމަންޓުން”އިން މިއަދު ބުނީ މި ޕެޓިޝަނަކީ، މިދައުރުގައި މަޖިލީހަށް ހުށަހެޅި އެންމެ ގިނަ ސޮޔާއެކު ހުށަހެޅި ޕެޓިޝަންކަމަށެވެ. މި ޕެޓިޝަނަކީ “ރައިޓް މޫވްމަންޓުން” އިސްނަގައިގެން ގިނަ އަދަދެއްގެ ކްލަބް ޖަމިއްޔާތަށް ގުޅިގެން، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލ...

ޔުމްނާ ޢަލީ
ލުކަކޫގެ ހަތަރު ލަނޑުން ބެލްޖިއަމުން އަޒަރުބައިޖާން ބަލިކޮށްފި

ލުކަކޫގެ ހަތަރު ލަނޑުން ބެލްޖިއަމުން އަޒަރުބައިޖާން ބަލިކޮށްފި

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އެފްގައި ރޭ ބެލްޖިއަމްއާއި އަޒަރުބައިޖާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި ބެލްޖިއަމުން ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި ހަތަރު ލަނޑުވެސް ޖަހައިދިނީ މިވަގުތު ފޯމްގައި ހުރި ފޯވާޑް ލުކަކޫއެވެ. މި ލަނޑުތަކާއިއެކު ކޮލިފައިންގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް […]

އިބްރާހިމް ޚަލީލް
އަލީ އާދަމްގެ މަގާމު ދަށްކޮށް މެޖިސްޓްރޭޓަކަށް ބަދަލުކޮށްފި

އަލީ އާދަމްގެ މަގާމު ދަށްކޮށް މެޖިސްޓްރޭޓަކަށް ބަދަލުކޮށްފި

ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމުދަށްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ. ޖޭއެސްސީން ވިދާޅުވީ، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ދާއިރާ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން އެ ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ގެވެށި އަނިޔ...

ޔުމްނާ ޢަލީ
ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

އައު ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް މިއަދު ފޮނުވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރަކު ތިއްބަވައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ވަޒީރުންނަށް ރުހުން ހޯދަން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. މި ސަރުކާރުގެ ވަޒީރުންގެ މަޖިލިސް ޢައްޔަނުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.

ޔުމްނާ ޢަލީ
ވަށަފަރު ކުރީގެ ރައީސް މުހައްމަދު، ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް

ވަށަފަރު ކުރީގެ ރައީސް މުހައްމަދު، ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް

ހއ. ވަށަފަރު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން، ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް ރޭ ޢައްޔަނުކޮށްފިއެވެ. މުޙައްމަދު މަގާމަށް ޢައްޔަނުކޮށް މަގާމުގެ ލިޔުން ހަވާލުކުރީ ރޭ ރައީސް އޮފީހުގައޮ އޮތް ރަސްމިއްޔާތެއްގަ އެވެ. މުޙައްމަދާއި ލިޔުން ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މުޙައްމަދަކީ ކައުންސިލްތަކުގެ ނިމުނު ދައުރުގެ ވަށަފަރު ކައުންސިލްގެ ރައީސް އެވެ. އޭނާ އެ މަގާމު ފުރުއްވީ ޕްރޮގްރެސިވް ޕާޓީ އޮފް […]

ޔުމްނާ ޢަލީ
ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފި

ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފި

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގައި ކުޅުނު އަށް މެޗުވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑާއި އެކު ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފިއެވެ. ރޭ ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް އަމިއްލަ ގައުމުގައި ނުކުތީ އައިސްލެންޑާއި ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލް އެވެ. ކޮލިފައިންގައި ޕޯޗުގަލް އޮތީ ގްރޫޕް ޖޭގައެވެ. 10 މެޗުން 30 ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމް ގޮތުގައި ޕޯޗުގަލް ކޮލިފައިވީއިރު، ދެވަނަ ހޯދީ ސްލޮވާކިއާއެވެ. ރޭ ޕޯޗުގަލް […]

އިބްރާހިމް ޚަލީލް
ސްޕެއިން މޮޅުވިއިރު، ގަވީއަށް އަނިޔާވެއްޖެ

ސްޕެއިން މޮޅުވިއިރު، ގަވީއަށް އަނިޔާވެއްޖެ

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގެ ފަހު މެޗުގައި ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ސްޕެއިނުން ކާމިޔާބުކުރިއިރު، އެ ޓީމްގެ ޒުވާން މިޑްފީލްޑަރ ގަވީއަށް އަނިޔާވެއްޖެއެވެ. ރޭ މެޗަށް ނުކުތްއިރު ވެސް ސްޕެއިން އޮތީ ޔޫރޯއިން ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގައި ސްޕެއިނުން ވަނީ ހަތަރުވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ލެ ނޯމަންޑްއެވެ. ސްޕެއިނުން ލަނޑުޖެހިތާ ހަ […]

އިބްރާހިމް ޚަލީލް
ޝިފާ ހޮސްޕިޓަލްގައި ދުވަސް ނުފުރާ ވިހެއި ކުދިން ދެކުނަށް

ޝިފާ ހޮސްޕިޓަލްގައި ދުވަސް ނުފުރާ ވިހެއި ކުދިން ދެކުނަށް

ފަލަސްތީނުގެ ޣައްޒާގެ ޝިފާ ހޮސްޕިޓަލްގައި ތިބި ދުވަސްނުފުރާ ކުޑަކުދިން ސަލާމަތްތެރިކަމާއެކުގައި ޣައްޒާގެ ދެކުނަށް ގެންގޮސްފިއެވެ. އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ކުރަމުން އަންނަ ހަނގުރާމައިގައި ޝިފާ ހޮސްޕިޓަލް ވަނީ ހިސޯރުކޮށްފައެވެ. އެ ހޮސްޕިޓަލްގައި ކަރަންޓު ނެތް އިރު، ހިދުމަތްތައް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އިސްރާއީލް ސިފައިން ޓޭންކާއި އެ ނޫން ވެސް އުޅަނދުތަކުގައި ޝިފާ ހޮސްޕިޓަލް ކައިރި އަށް އައިއިރު، އިންކިއުބޭޓަރުގައި ފަރުވާ ދެމުން އައި ދުވަސްނުފުރާ ވި...

މުޙައްމަދު
އިމިގްރޭޝަންގެ ވެރިޔަކަށް ޝަމްޢާން

އިމިގްރޭޝަންގެ ވެރިޔަކަށް ޝަމްޢާން

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުޙައްމަދު ޝަމްޢާން ވަޙީދު މިރޭ ޢައްޔަނުކުރައްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޝަމްޢާން މި މަޤާމަށް ޢައްޔަނުކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ޝައްމާން ވަނީ މީގެ ކުރިން އިމިގްރޭޝަންގައި 14 އަހަރު ޚިދުމަތްކުރައްވައިފައެވެ. ނަމަވެސް ކުރީ ސަރުކާރުން އޭނާ ވަނީ ވަޒީފާއިން އެކަހެރިކޮށްފައެވެ. މީގެ ކުރީން އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމަށް ހުންނެވީ، މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ)...

ޔުމްނާ ޢަލީ