ކުޅިވަރު ފްރޭންކްފާޓުން ބަޔާން ލަދުގަންނަވާލައިފި ޖަރުމަނު ލީގުގައި ރޭ ފްރޭންކްފާޓާއި ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކަށް ލަދުވެތި ބައްޔަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ފްރޭންކްފާޓްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 5-1 ގެ ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ފްރޭންކްފާޓުން ވަނީ 2019/20 ވަނަ ސީޒަންގައި ވެސް އަމިއްލަ ދަނޑުގައި މި ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ނުލިބި އޮތް ފްރޭންކްފާޓަށް މި ނަތީޖާއަކީ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ. މިއީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި އާބަންކޯގެ ޝަކުވާ ސީދާ ފަޒުލްއަށް މެއިލް ކުރެވޭ ގޮތް ހަދައިފި އާބަންކޯއާ ގުޅިގެން އާއްމުންގެ ޝަކުވާތައް ސީދާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް ހުށަހެޅޭ ގޮތް ހަދައިފިއެވެ. އާބަންކޯއިން އަންނަނީ ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮވެ ގިނަ ހިދުމަތްތަކެއް އާއްމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންނެވެ. އެހެންކަމުން އެ ކުފުންޏާ ގުޅޭ ގޮތުން އާއްމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ، ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން، އާސްކް އެމްޑީ މެދުވެރިކޮށް ސުވާލާއި ހިޔާލު އަދި... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި މަސްވެރިންނަށް ނުދެވި 140 މިލިނެއްހާ ރުފިޔާ، ވަރަށް އަވަހަށް ދެވޭނެ: ރައީސް މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ވީ އެންމެ އަވަހަކަށް ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި “މަސްވެރިންގެ ގުންޒަރު 2023″ގައެވެ. ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ކުރިއަށްގެންދިޔަ ގުންޒަރުގެ ރޭގަނޑު ދަންފަޅީގައި ބައިވެރިވެވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝުއޫރުތައް... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ބޯންމައުތުން ޔުނައިޓެޑް ރަނގަޅަށް ވެސް ބަލިކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރި މެޗު، ބޯންމައުތުން ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ޔުނައިޓެޑް ލަދު ގަންނަވާލައިފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބޯންމައުތުން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ ބޯންމައުތުގެ ތާރީހުގައި ވެސް ޔުނައިޓެޑް ދަނޑުގައި އެ ޓީމް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބޯންމައުތު އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ބަލިވެފައި ނުވެއެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީއަށް ފޯމު ހުށަހެޅުމަށް ޕީއެންސީ އޮފީސް ފުރާލައިފި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ކުރިމަތިލާން ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ މެންބަރުން މިރޭ ޕީއެންސީގެ ރަސްމީ އޮފީހަށް ހިނގައްޖެއެވެ. އެ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ހުޅުވައިލީ 7 ޑިސެމްބަރުން 11 ޑިސެންބަރު 2023 އަށެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާލޭ މޭޔަރު/ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގެ އެމްޑީޕީ ކެމްޕޭން ރަސްމީކޮށް ފެށުން މާދަމާ ރޭ މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް މާދަމާ ރޭ ފަށަން ނިންމައިފިއެވެ. އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާއަށް މާދަމާ ރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ މާލޭ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ވަރިވާން ދިޔަ އަންހެނަކަށް ގުޅި މެޖިސްޓްރޭޓް ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމެޓީ ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ. ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ކުޅިވަރު ސަލާހް 200 ލަނޑު ހަމަކުރި މެޗުން މޮޅުވެ ލިވަޕޫލް އެއްވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. މިއަދު ހަވީރު އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 2-1 ގެ ނަތީޖާއިން ޕެލަސް ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޕެލަސްއެވެ. މި ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މަޓޭޓާއެވެ. މި ޕެނަލްޓީ ޕެލަސްއަށް ދީފައި ވަނީ ލިވަޕޫލްގެ އޭރިއާތެރެއިން އާނޯލްޑް މަޓޭޓާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ލީޑުގައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޑިމޮކްރެޓްސް އަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށް ދަ ޑިމޮކްރެޓިކްސް އަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާ ހިތްވަރަކާއެކު ފަށާފައިވާކަމަށް އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ބުނެފިއެވެ. ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެންމެ ބޮޑު އިންސަތައަކާއެކު މަގާމު ކާމިޔާބުކުރި ހަމްދާ ”އެކްސް”ގައި ބުނީ އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާހިތްވަރަކާއި އެކު އަނެއްކާވެސް ފަށާފައިވާ ކަމަށެވެ. ހަމްދާ ވަނީ، ސިޔާސި މަސްރަހު މިހާ ހަލަބޮލި ދަނޑިވަޅެއްގައި ދެވަނަ ވިސްނުމަކަށް ނުގޮސް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަސްވެރިންގެ ގޮންޖެހުންތައް ދެނެގަތުމަށް "މަސްވެރިންގެ ގުންޒަރު" ފަށައިފި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީން “މަސްވެރިންގެ ގުންޒަރު”ގެ ނަމުގައި ހާއްސަ ފޯރަމެއް މިއަދު ފަށައިފިއެވެ. ހ. މީރުމާ ހޯލުގައި ކުރިއަށް ގެންދާ މި ފޯރަމް އިފްތިތާހުކޮށް ދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ. މި ފޯރަމް ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމެއް އަބަދުވެސް ކުރިމަތިވެފައި އޮންނަ ދާއިރާ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ''ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ލާޒިމެއް ނޫން'' ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނުވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުންފުލުވައިދީފިއެވެ. މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރެވޭ ގޮތާމެދު ބައެއްމީހުންނަށް އޮޅުން އަރާފައިވަނިކޮށް، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީއެކަން މިއަދު ސާފުކޮށްދެއްވާފައެވެ. ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ރާއްޖެ ބައިވެރިނުވޭ! އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެއް ކަމަށްވާ “ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް” ގެ ހަ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވާ ކަން އެނގިއްޖެއެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާގެ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ފެށި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ އަދި އިންޑިއާގެ އިތުރުން މޮރިޝަސް ވެސް ހިމެނެއެވެ. ހަވަނަ ބައ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް: ސައީދު ރާއްޖެ އަަށް އަސާސީ އެއްވެސް ބާވަތެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު އެގޮތަށް ވިދާޅުވި އިރު، ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ގައުމުތަކަށް އެކްސްޕޯޓް ކުރުން މަނާ ކުރުމުންނެވެ. ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ. ރާއްޖެއާ އެކު ވިޔަފާރި […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް ރޮނާލްޑޯ ލަނޑުޖެހި ރޮނާލްޑޯގެ ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް އޭނާ ލަނޑުޖަހައިފިއެވެ. ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އައް ރިޔާދު ބައްދަލުކޮށް 4-1 ގެ ނަތީޖާއިން ނަސްރު މޮޅުވި މެޗަކީ ރޮނާލްޑޯގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއާގައި އޭނާ ކުޅުނު 1200 ވަނަ މެޗެވެ. އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މިވަގުތު އޮތީ އިންގްލެންޑްގެ ކުރީގެ ގޯލް ކީޕަރ ޕީޓާ ޝިލްޓަން އަތުގައެވެ. އޭނާ ވަނީ 1387 މެޗު ކުޅެފައެވެ. ރޭ މެޗުގައި ރޮނާލްޑޯ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖަކަށް ފަރުވާދެނީ، ކުއްޖާގެ ހާލު ސީރިއަސް ފުވައްމުލަކު ސިޓީގައި ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖެއް ފުލުހުންނަށް ފެނިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، ކުއްޖާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންބުނީ، އެ ކުއްޖާ ފެނުނީ ފުވައްމުލަކުގައި ރޭ މެންދަމު 3:40 ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ. ސައިކަލަކާއެކު އެކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ ފުވައްމުލަކުގެ މާލެގަން ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުންނެވެ. އެ ކުއްޖާ އަކީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުމުން ފުލުހުން އެ ކުއްޖާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން