ކުޅިވަރު އެވަޓަން އަތުން ވެސް ޗެލްސީ ބަލިވެއްޖެ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި ޗެލްސީ ބައްދަލުކުރި މެޗުން ވެސް ޗެލްސީ ބަލިވެއްޖއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ލީގުގައި ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފައެވެ. މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޗެލްސީ މިވަގުތު އޮތީ ވެސް ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ދުންޔާ ވާދަކުރައްވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަން ވެސް ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދަރިކަނބަލުން ދުނިޔާ މިރޭ ‘’އެކްސް’’ މެދުވެރިކޮށް ވަނީ އޭނާ ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ 2024 ވަނަ އަހަރުގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޕޮލިސް ޕޯސްޓު ހުޅުވައި ނެއްލައިދޫގައި ފުލުހުންގެ ހިދުމަތް ދޭންފަށައިފި ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ. އެ ރަށުގައި ޕޮލިސް ޕޯސްޓް ހުޅުވައި ރަސްމީކޮށް ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ. މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ހދ. އަތޮޅު ފުލުހުންނާއި ނެއްލައިދޫ ކައުންސިލާއ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވައިފި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް އެމަނިކުފާނު މިރޭ ސޮއި ކުރައްވައިފިއެވެ. ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވާ އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގެ ތެރެއިން މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ޔާމީން ސޮއި ކުރެއްވި ފޯމާއި ހަވާލުވެލެއްވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނާޒިމް ޖޭޕީން ވަކިވެ، ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފިއެވެ. ނާޒިމަކީ ނިމުނު ރިޔާސީ އިންތިޚާބުގައި ޤާސިމްގެ ކެމްޕޭން ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނާޒިމް ޖޭޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ އޯގަސްޓް މަހުގެ 3 ވަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަން މިއަދު ނިންމައިފިއެވެ. “މޯލްޑިވްސް ޒަކާތު ހައުސް” ޤާއިމުކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަމެކެވެ. މި އިދާރާ ހިންގާނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ނެވެ. މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރުމާގުޅޭ ކަރުދާހެއް ހުށަހަޅުއްވާފައެވެ. ރައީސް މި ނިންމުން ނިންމެވީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ގާއިމުކުރަން ނިންމައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމަށް މިއަދު ނިންމަވައިފިއެވެ. ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ޚާރިޖީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ. ރައީސް އޮފީހުން ބުނިގޮތުގައ ރައީސްގެ މި ނިންމެވުމަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެޤައުމުގެ ދެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ލަމްހާ ދޫކޮށްލި މައްސަލާގައި ވަކީލަކު ހޯދަން ހައި ކޯޓުން ދިނީ އެއް ދުވަސް އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލާގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ލަމްހާބަންދުގައި ބެހެއްޓުމަށް ފަހުކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލީ މިދިޔަ މަހު އެވެ. އެ މައްސަލަ ދައުލަތުން […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ގްރޭޑް 12،11،10 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދެނީ ގްރޭޑް 10 އާއި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ކިއަދު ”އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަހީމް ވިދާޅުވެފައި ވަނީ، ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން ނިންމަވާފައިވާ ކަމަށެވެ. އެ ގޮތައް ނިންމެވީ ޒުވާން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން ކޮމެޓީން ފާސްކޮށްފި ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިގޮތައް ނިންމީ ވަޒީރުންނަށް ރުހުން ދިނުމާމެދު ކޮމެޓީން ގޮތެއް ނިންމަން މިއަދު ބޭއްވީ އެ ކޮމެޓީގެ 9 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ 22 ވަޒީރުންގެ ނަމަށް ގަނޑުކޮށް ވޯޓަށް އަހަން ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް ކޮމެޓީގައި ވޯޓަށް އަހާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ލިފްޓެއް ތެރޭ ކުއްޖަކަށް ހަމަލާދިންކަމުގެ މައްސަލައެއް ހުށަހެޅިފައެއް ނެތް: ފުލުހުން ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ޚަބަރު ފެތުރިފައިވިޔަސް އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންގެ ޚިދުލަތަށް ހުށަހެޅިފައިނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ. ރޭ ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުޑަކުއްޖަކަށް ހަމަލާދިން ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރުނެވެ. އެކަމާއިގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓެއް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ރޭ ހަމަލާދީފައިވާ ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައި ވި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮން ހިތަކުން؟ (8) ” މި ސެމިސްޓަރގެ ޓެސްޓް އޮވޭ މާދަމާ! އަހަންނަށް މިރޭ ނޭނގެ ކިޔެވޭނެ ކަމެއްވެސް” ޖުމާ އެހެން ބުނުމާއެކު ޒާރާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރުވެސް މުއާޒް ހުރީ ވީ ގޮތެއް ނޭނގިގެން ޒާރާއާ ވާހަކަ ދައްކަން ބޭނުން ވެފައެވެ. ” ކޮންމެ ގޮތެއް ވިޔަސް ދޮންމަންމަ ގާތަށް ހައިދަރުދާނެ.. މިދުވަސްކޮޅު މާ ބޮޑަށް ބޭރަށް ނުނިކުންނައްޗޭ!” ކަންބޮޑުވުން ފާޅުކުރުމަށްވުރެ ބޮޑަށް ޒާރާ މަސައްކަތްކުރީ، ޖުމާއަށް ހިތްވަރު ދިނުމުގެ ގޮތުން ހަމަޖެހޭގޮތް ދައްކާށެވެ. ނަމަވެސް އޭރު އޭނާގެ […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ރާއްޖެ ނައިބު ރައީސް ޖެނީވާއަށް ވަޑައިގެންފި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ރޭ ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތު “ހިއުމަން ރައިޓްސް 75” ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ނައިބު ރައީސް ހުސެންގެ މި ދަތުރުފުޅ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ބެޓިސްއާއި އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެ ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ރެއާލަށް ވަނީ ކުރިމަތިވެފައެވެ. މިރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރާ މެޗުން ޖިރޯނާ މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނަ ލިބޭނީ ޖިރޯނާއަށެވެ. މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލާއިރު، […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި އަމީނީ މަގުގެ ބައެއް ބަންދުކުރުމުން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ބަހުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފިއެވެ. އަމީނީ މަގުގެ 12 އަދި 13ގެ ސެގްމަންޓުގެ މަސައްކަތް ނިންމުމަށް އެ ސަރަހައްދު ވަނީ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައެވެ. އެ ދެ ސެގްމަންޓުގެ މަސައްކަތް އިއްޔެ ހެނދުނު ވަނީ ފަށައިފައެވެ. މި މަސައްކަތަށް ބަންދުކޮށްފައިވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން