ރާއްޖެ ލަމްހާ ދޫކޮށްލި މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަނީ އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދު ދޫކޮށްލި މައްސަލާގައި ހައި ކޯޓުން އަޑުއެހުންތައް މިއަދު ނިންމާލައި, ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު އޭގެ ތެރެއިން ލަމްހާ ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލަން އެންގީ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ އަދުރޭ ފޮނަދޫ ގޮނޑިއަށް ވާދަކުރައްވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހާއްސަ މުޝީރު، އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން މިއަދު ޢިއުލާން ކުރައްވައިފިއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަނީ އެއް އިއްތިހާދެއްގެ ގޮތުގައެވެ. އަދުރޭ އަކީ އެ އިއްތިހާދުގެ ޕީއެންސީގެ ޗެއާމަން ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދުރޭ މަޖިލިސް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމުކުރަނީ ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ޤަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ އެމަނިކުފާނު ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި މަސްވެރިކަން ޢިލްމުވެރިކުރުން އެއީ ނުހަނު ބޭ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް މަސްވެރިންނަށް ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ގޮވާލައި މަޖިލިހަށް ގަރާރެއް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގެ މުވައްޒަފުންނަށް މިފްކޯ މެދުވެރިކޮށް ފަސޭހައިން ޑޮލަރުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ފޮނުވައިފި އެވެ. އެ ގަރާރު މަޖިލިހަށް ފޮނުއްވީ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައުދު ހުސެއިނެވެ. ސައުދުގެ ގަރާރުގައި ބުނެފައި ވަނީ މަސްވެރިންނަކީ ރެއާއި ދުވާލު 24 ގަޑިއިރު ކަނޑުމަތީގައި ރާއްޖޭގެ އިންތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަކަށްވާ އިރު، މަސްވެރިކަމ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދު ފަހަރަށް މާލީ ދެނީ އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ މަސްވެރި އުޅަނދު ފަހަރަށް މާލީ ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަސްވެރިކަން ފެށެނީ އެންވެރިކަމުން ކަމަށާއި، އެވޭލާ މަސްވެރިކަމަށް ބަލާނަމަ، ރެހި ބުރަކި މުގުރާން ފަދަ އެން ދެމުމަށްޓަކައި ދިވެހި މަސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޤައުމިއްޔަތު އިޢާދަކުރުމަށް ތިން އިދާރާއެއް ގާއިމުކުރަން ނިންމައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ތެރެއިން ތިން އިދާރާއެއް ގާއިމު ކުރަން އިއްޔެ ނިންމަވައިފިއެވެ. އެ އިދާރާތަކަކީ ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި އަދި ދިވެހި ޤައުމީ ޗާޕުޚާނާ އެވެ. ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު [... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސް ޔާމީނަށް އިތުރު ލުޔެއް ނުދޭތީ ޕީއެންއެފް ކަންބޮޑުވެއްޖެ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭތީ އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ކަންބޮޑުވެއްޖެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވެވި […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމަށް ޕްރޮމޯޝަން ދީފި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކޮށްފިއެވެ. ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސް އަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ހަވާލުކޮށް ދެއްވި އިރު، މަގާމުގެ ކުރިއެރުން ދެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ. މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ސިޓީ ކައުންސިލުން ހިދުމަތްތައް ހޯދަން އާދޭސްކުރަން ޖެހުން ހުއްޓުވާނަން: އާޒިމް މާލެ ސިޓީ ކައުންސިލްގެ ވަލު ދޮރާށިން ވަދެގެން ހިދުމަތް ހޯދުމާއި އެތަނުން ހިދުމަތްތައް ހޯދަން އާދޭސްކުރަން ޖެހުން ނިމުމަކަށް ގެންނަވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިހެން ވިދާޅުވީ، އެ ބައި-އިލެކްޝަންސްގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން ގޮވާލައި މަޖިލިހަށް ގަރާރެއް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީއެވެ. އެ ގަރާރުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުން ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުނ... މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު މޮޅެއް ނުލިބި މެޗުތަކެއް ދިއުމަށް ފަހު ސިޓީއާއި ޓޮޓެންހަމަށް މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމަށް މޮޅެއް ނުލިބި މެޗުތަކެއް ދިއުމަށް ފަހު ރޭ މޮޅެއް ލިބިއްޖެއެވެ. މި ދެ ޓީމަކީ ވެސް ލީގު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން އައި ދެ ޓީމެވެ. ނަމަވެސް ޓޮޓެންހަމް ރޭ މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އެ ޓީމަށް އޮތީ މޮޅެއް ނުލިބިއެވެ. ސިޓީ ވެސް ރޭ މެޗަށް ނުކުތްއިރު އޮތީ ހަމަ މިފަދަ ހާލަތެއްގައެވެ. އެންމެ ފަހުން ކުޅުނު ހަތަރު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ފެލިވަރުގައި 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ އިތުރު ކާރުޚާނާއެއް އަޅަނީ ފެލިވަރުގައި 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ އިތުރު ކާރުޚާނާއެއް އަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ، މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއް ކަމަށެވެ. މި މައްސަލައަށް ބަލައިލާއިރު، ރާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ބާސާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ އެއްވަނައަށް ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗު ޖިރޯނާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. މިއީ ތާރީހުގައި ވެސް ޖިރޯނާއަށް ބާސާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވުމާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. ބާސާއަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު 15 މެޗުން ހޯދި 34 ޕޮއިންޓާއިއެކު އެތުލެޓިކޯ މެޑްރިޑް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ޚަބަރު މަސްވެރިންގެ ޤައުމީ ދަފުތަރަކާއެކު މަސްވެރިންގެ އަގުވަޒަންކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަނީ މަސްވެރިންގެ ޤައުމީ ދަފުތަރެއް ގާއިމުކޮށް، މަސްވެރިންގެ އަގުވަޒަންކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ. ދިވެހި މަސްވެރިންގެ ޤައުމީ ދަފުތަރެއް ޤާއިމުކުރަން ސަރުކާރުން ނިންމާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ނިންމުން ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ. މި ކަމަކީ ރައީސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އެލައިޑުގެ އައު އެމްޑީއަކަށް ލުވައިޒް އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަަރަކަށް ހުސެއިން ލުވައިޒް ހަމަޖައްސައިފިއެވެ. އެ މަގާމަށް ލުވައިޒް އައްޔަން ކުރިކަން އެސްޓީއޯ އިން ވަނީ އިއްޔެ އިއުލާނުކޮށްފައެވެ. ލުވައިޒް އެލައިޑާ ގުޅިވަޑައިގަތީ 2002 ވަނަ އަހަރުގައެވެ. އޭނާ އެ ކުންފުނީގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން ހުންނެވީ ޖެނެރަލް ކްލެއިމްސް ސެކްޝަންގެ މެނޭޖަރުގެ މަގާމުގައެވެ. ލުވައިޒްއަކީ އިނގިރޭސި ވިލާތުގެ ޗާޓާޑް އިންޝުއަރެންސް އިންސްޓިޓިއުޓާއި ނިއުޒިލެންޑްގެ އިންސްޓިޓިއުޓް އޮފް އިންޝުއ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން