ތިލަދުންމަތީ ޚަބަރު ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރާއިރު ވިހަ މާއްދާތައް ބޭރުވާތީ މާސްކު އަޅަން އިލްތިމާސްކޮށްފި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރާއިރު ވިހަ މާއްދާތައް ބޭރުވާތީ، އެއާޕޯޓަށް ދާ އެންމެހާ ފަރާތްތަކުން މާސްކް އެޅުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ކުންފުނިން ކުރަމުން އަންނައިރު، އެ ޕްރޮޖެކްޓްގެ ގިނަ މަސައްކަތްތައް ކުރަމުން އަންނަ ސައިޓްތައް ހުންނަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދާދި ކައިރީގައެވެ. ހިލައާއި ހިލެވެއްޔާއި ސިމެންތި ބޭނުން ކޮށްގެން ކުރާ ބައެއް މަސައްކަތްތަކުގެ އިތުރ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މޮރިޝަސް ބޮޑުވަޒީރަށް ކުރީގެ ރައީސް ފޮނުއްވި ސިޓީ ހާމަކޮށްފި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ސަރުކާރުން އާންމުކޮށްފިއެވެ. އެ ސިޓީ ހާމަކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ސިޓީ އާންމުކޮށްފައި ވަނީ ސަރުކާރުން މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށެވެ. މިއަދު ސަރުކާރުން އެ ސިޓީ ހާމަކޮށްފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި މީސްމީޑިއާގައި ވަނީ އެ ސިޓީ ކަމަށް ބުނާ ސީޓީއެއް ލީކު ކޮށްލާފައެވެ. މިއަދު ސަރުކާރުން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯވާޑްގެ ހެޓްރިކުން ޔޫތު ފްރެންޑްސް ބަލިކޮށް ޑޮމިނޭޓާސް އިން އިތުބާރު ހޯދައިފި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުން މެޗު ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް އިން ކާމިޔާބު ކޮށްފިއެވެ. މިއަދު ގްރޫޕް އޭގައި ޔޫތު ފްރެންޑްސްއާއި ޑޮމިނޭޓާސް ބައްދަލު ކުރި މެޗުގައި ޖުމްލަ ދިހަ ލަނޑު ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުގައި ޑޮމިނޭޓާސް އިން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ޔޫތު ފްރެންޑްސްގެ މައްޗަށް ކުރި ހޯދީ 6-4 ގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން އަހަރީ ދުވަހާ ގުޅުވައިގެން ދެ ދުވަހުގެ ސޭލެއް ފަށައިފި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 59 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް ފަށައިފިއެވެ. މާދަމާ އެސްޓީއޯއަށް 59 އަހަރު ފުރޭނެއެވެ. އަހަރީ ދުވަހާ ގުޅުވައިގެން ސޭލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާައި މާދަމާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ސޭލް ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ބުންޏެވެ. […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލްގެ ރައްޔިތުން ރާއްޖެ އިން ފޭބުމަށް އިސްރާއީލުން އަންގައިފި އިސްރާއީލްގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށާއި ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން ވެސް ރާއްޖެ އިން ފޭބުމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން އެދިއްޖެއެވެ. އިސްރާއީލްގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ނޯޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިސްރާއީލްއާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިސްރާއީލްއާ ދެކޮޅު ހިޔާލުތައް ފާޅުކުރާ މީހުންގެ ތެރޭގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އެހެންވެ، މިވަގުތު އިސްރާއީލަށް ދަތުރު ނުކުރުމަށާއި... މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކު ބަލްމާ ފުޓްސަލް ޗެލެންޖް މި މަހު 25 ގައި ފަށަނީ ށ.ފީވަކުގެ ކުންފުންޏެއް ކަމަށްވާ “ބަލްމާ މޯލްޑިވްސް” އިން އިންތިޒާމްކޮށްގެން ބާއްވާ “ބަލްމާ ފުޓްސަލް ޗެލެންޖް 23/24” މި ޑިސެމްބަރު މަހުގެ 25 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ. މި މުބާރާތުގައި ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ހޫލިގަން އެސްސީ، ހަކުރު އެފްސީ، ތިންބަތެރެ އެފްސީ، ފަޔަރ ބާޑްސްގެ އިތުރުން ހޮޓް ޝޮޓެވެ. ފީވަކު ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ބާއްވާ މި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޤައުމީ ސަލާމް ކިޔުމާއި ޤައުމީ ދިދަޔަށް ސަލާމް ކުރުމަކީ ހުއްދަކަމެއް: ފަތުވާ މަޖިލިސް ގައުމީ ސަލާމް ކިޔުމާއި ދިވެހި ގައުމީ ދިދަ އަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާން ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ ހުއްދަ ކަމެއް ކަމުގައި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފިއެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމާއި ގައުމީ ދިދައަށް ސަލާމްކުރުމާއި ގައުމީ ސަލާމް ކިޔާ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރަސްމާލެ ހިއްކާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން: އާބަންކޯ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އާބަންކޯ އިން ބުނެފިއެވެ. ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު “ރަސްމާލެ” ބިންހިއްކުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ފައްޓަވައިދެއްވައިފައެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް “ރަސްމާލެ” ނަމުން ނަން ދޭން ނިންމާފައިވާ […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސާއާއި ނަޕޯލީގެ ކުރިމަތިލުމެއް ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއާއި އިޓަލީގެ ޗެމްޕިއަން ނަޕޯލީ ވާދަކުރަން ޖެހިއްޖެއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގުރުއަތުލުން ބާއްވާފައިވާއިރު ބާސެލޯނާ ވާދަކުރަން ޖެހެނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީއާއެވެ. ބާސާއަށް ނޮކައުޓް ބުރުން ޖާގަ ލިބިފައި މިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ކުރިން ދެ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސާ ވަނީ ކަޓާފައެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ދެވަނަ ބުރުގައި ވާދަކުރަން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
މަޖިލިސް ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ. އެކަން ހާމަކޮށް މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިފާޢުއަށް މަރުގެ އިންޒާރު ދިނުން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މީސް މީޑިއާގައި މެންބަރު ޝިފާޢު އަށް ދިން މަރުގެ އިންޒާރާއި ގުޅިގެން އެ މައްސަލައ ބަލައިދީ، ތަހުގީގު ހިންގައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފައިލޭރިއާ ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށީގައި ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ކުރިއަށް ކުޅުދުއްފުށީ ސިޓީގައި އުޅޭ ބިދޭންތަކެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާއިރު، އެކަމާއިގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވައިލައިފިއެވެ. ކުޅުދުއްފުށިން ފުރަތަމަ ފައިލޭރިއާ ކޭސްތަކެއް ފެނުނީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގެ ތެެރެއިން 17 ބިދޭސީއަކު ޕޮޒިޓިވްކަން އެނގުނެވެ. އެހެންވެ އިތުރަށް ސްކްރީނިން ފުޅާކޮށް އިއްޔެގެ ނިޔަލަށް 200 އަށްވުރެ ގިނަ ބިދޭސީން ސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަންމަ އަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާއަށް ފަރުވާދެނީ ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފައިވާއިރު، އެ ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާ އަށް މިހާރު ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ އިރާކޮޅެވެ. ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ދަރިފުޅު ތޫނުއެެއްޗަކުން މަންމައަށް ހަމަލާދިނުމުން މަންމައަށް އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ހޮސްޕިޓަލާއި ހަވާލާދީ އުމުރުން 51 އަހަރުގެ މަންމަގެ ހާލު ސީރިއަސްކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ. މި މައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަހުލީ ބަލިކޮށް ޔުނީފޯމުން މުބާރާތް ފެށީ މޮޅަކުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ހަވީރު ކުޅުނު މެޗު ޔުނީފޯމުން ކާމިޔާބު ކޮށްފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ޔުނީފޯމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. މިއީ ޔުނީފޯމް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަހުލީ މުބާރާތުގެ ފުރަތަމަ މެޗުގައި ޔޫތު ފްރެންޑްސް މައްޗަށް ކުރި ހޯދިނަމަވެސް ދެވަނަ މެޗުން މިވަނީ ބަލިވެފައެވެ. އިއްޔެގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ ޑްރޯން ރޭސް: ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ނިންމާލައިފި އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރު އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ. ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޕައިލެޓަކަށް އުރީދޫއިން ވަނީ ދީފައެވެ. މި 30 ޕައިލެޓުންގެ ތެރެއިން، ކޮލިފައިންގ ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ ހުނަރުވެރި 9 ޕައިލެޓެކެވެ. ސްކައި ވޯކާ ކެޓަގަރީގެ ޑްރޯން ޕައިލެޓުން ވަނީ ރޭސް ކޯހުގެ ތެރޭގައި ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ މަންމައަށް ހަމަލާދިންކަމަށް ތުހުމަތުވާ މީހާއަކީ ނަފުސާނީ ބަލިމީހެއް: ފުލުހުން ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފައިވާއިރު، އެ ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާއަކީ ނަފުސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެމީހާ ޑަކްޓަރަށް ދެއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދިން މައްސަަލައެއް މިރޭ 18:50 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ މިރޭ އިރާކޮޅު ބުނެފައެވެ. މި ހާދިސާގައި އަނިޔާވި […... ޔުމްނާ ޢަލީ · 2 އަހަރު ކުރިން