ރާއްޖެ ޅައިމަގު ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭންފަށައިފި ށ. ޅައިމަގުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ. ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅައިމަގުގައި ގާއިމުކުރި މި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޅައިމަގު ކައުންސިލް ރައީސް އާދަމް އަޒްމީރު އެވެ. އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ ކައުންސިލް ރައީސް އާދަމް އަޒްމީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އައްމަޓީ ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަންގައިފި ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެފި އެވެ. ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ފުރަން ހުއްދަ ދިނީ ބޭސްފަރުވާއަކަށެވެ. އެ މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ނިލަންދޫގެ ބިން ހިއްކުމުގެ ސާވޭ އާއި އީއައިއޭގެ މަސައްކަތް އެމްޓީސީސީ އަށް ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ސާވޭ އާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. ނިލަންދޫގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސް ކުރި ބަޖެޓުގައި ހިމެނޭ މަޝްރޫއެކެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގް ގެނައި ދެމަފިރިއަކު ހައްޔަރުކޮށްފި ވައިގެމަގުން ރާއްޖެ އައި ދިވެހި ޒުވާން ދެމަފިރިންގެ ލަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފިއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 27 އަހަރުގެ ދިވެހި ފިރިހެނަކާއި ހދ. ނެއްލައިދޫއަށް ނިސްބަތްވާ 20 އަހަރުގެ އަންހެނެކެވެ. އެ މީހުން ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން އެ ދެމަފިރިން ރާއްޖެ އައިއިރު ގެނައި ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ ދެމަފިރިންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެ... ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ފުލުހުން 24 ގަޑި އިރު ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރަނީ ދިވެހި ފުލުހުން، ފުލުހުން 24 ގަޑި އިރު ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރަން ނިންމައިފިއެވެ. މިއީ މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއްކަމަށް ފުލުހުން ބުނެއެވެ. މިގޮތަށް ނިންމާފައި ފުލުހުންގެ ސެންޓްރަލް ސެންޓްރަލް ޕޮލިސިން ކޮމާންޑް އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއަރ ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މަސްތުވާތަކެއްޗާއި ބަނގުރާ ދައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީ އަަކަށް އަރުޝަތު ހއ. ކެލާ ކައުންސިލްގެ، ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަރުޝަތު އައްބާސް ހަމަޖައްސައިފިއެވެ. ތިލަދުންމަތީގެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީއެމް ހަމަޖެއްސިކަން އެ ކުންފުނީގެ ބަލަދުވެރިފަރާތް، ކެލާ ކައުންސިލުން ހާމަކުރީ އިއްޔެއެވެ. އަރުޝަތަކީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހެއްދެވުމުގެ އިތުރުން އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީ އިން ބެޗްލާސް އޮފް ކޮމާސް، ސްޕެސެލައިޒް އިން ޓްރެވަލް އެންޑް ޓޫރިޒަމް ހައްދަވާފައިވާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ކެނދިކުޅުދޫ ބަނދަރު މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 28,393 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އައު ހާބަ ބޭސިން ފުންކުރުމާއި، 30,480 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12,9... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު ޖިރޯނާ އަތުން އެތުލެޓިކޯ ބަލިވިއިރު، މަޔޯކާ އަތުން ރެއާލަށް ހަނިމޮޅެއް ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާއިން ފަހުވަގުތު އެތުލެޓިކޯ މެޑްރިޑް ބަލިކުރިއިރު، މަޔޯކާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމް އެތުލެޓިކޯގެ މައްޗަށް ކުރިހޯދީ 4-3 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ޖުމްލަ ފަސް ލަނޑު ފެނިގެން ގޮސްފައެވެ. ފުރަތަމަ ލަނޑު ޖިރޯނާއިން ޖެހިއިރު، މި ލަނޑު ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފެނާންޑޭޒް އެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި މޮރާޓާ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ''އިސްނަގައިގެން-ސިޔާސީ މައިދާނުގައި އަންހެނުން'' ވޯކްޝޮޕްގައި ރަޖިސްޓާ ވުމަށް ހުޅުވާލައިފި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ”އިސްނަގައިގެން-ސިޔާސީ މައިދާނުގައި އަންހެނުން” މަސައްކަތުބައްދަލުވުމުގައި ބައިވެރިވާން އެދޭ އަންހެން ބޭފުޅުންނަށް ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސައްކަތުބައްދަލުވުމަކީ، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ޝައުގުވެރިވާ އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަށް އެ ވުޒާރާއިން ހިންގާ މަސައްކަތުބައްދަލުވުމެކެވެ. ”އިސްނަގައިގެން-ސިޔާސީ މައިދާނުގައި އަންހެނުން” ނަމުގައި ކުރިއަށް ގެންދާ މި މަސައްކަތުބައްދަލުވުން ބާއްވަން ނިނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި މަނަދޫ ބަނދަރު ޖެޓީގެ ބޮޑުބައެއް ނިންމާލައިފި ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ ދަށުން، ޖެޓީ ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތިގައި މި މަޝްރޫއުގެ 70 އިންސައްތަ މަސަައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ، ޖެޓީ ކޮލަމް ހަރުކުރުމަށްޓަކައި ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް ކަމަަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 13,216 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ބަނދަރު ފުންކުރުމާއި، 17,450 ކިއުބިކ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ގޯތި ލިބުމުނު މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރަން ފަށައިފި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުމުނު މީހުންގެ ތެރެއިން މިހާތަނަށް ބިމާއި ރަޖިސްޓަރީ ހަވާލު ނުކުރެވި ތިބި މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ އިތުރުން ބިން ޙަވާލުކުރުމުގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (18) ކުރީގެ އަދަދާއިގުޅޭ، ” އޯހް! ފެންފުޅި ހުސްވެފައި…. ” އެނދުކައިރީގައި ހުރި ފުޅި ނެގުމަށްފަހު ފުޅިން ބޮލުގައި ޖަހާލަމުން ޖުމާއަށް ބުނެލެވުނެވެ. ކަންނެތް ގޮަތަކަށް އެނދުން ތެދުވެ އޭނާ އަވަސް އަވަހަށް ކޮޓަރިން ނިކުތީ ފެންފުޅިއެއް ބަލައި ދާށެވެ. ވަގުތަކީ މާހިލަށްވެސް އޭނާގެ ކޮޓަރިން ނިކުމެވުނު ވަގުތެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ސީދާވެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޖުމާ އިސްޖަހާލަމުން ކާގެއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ހުޅުވާފައި ހުރި ގޭގެ ބޮ... ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ރާއްޖެ މާލޭގައި ފެންބޮޑުވެ ގެއްލުންވި 70 ގެއަކަށް 4 ލައްކަ ރުފިޔާ ދެނީ މިދިޔަ އާދިއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެގެން ގެއްލުން ލިބުނު 70 ގެއަކަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ނިންމައިފިއެވެ. އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި އެކި ގެއްލުންތައް ލިބުނު ގެތަކަށް ޖުމްލަ 457،242ރ. ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 34 ގޭބިސީއެއްގެ އިމާރާތައް ގެއްލުންވެ، ސްޓްރަކްޗަރަލް ގެއްލުމުގެ ބަދަލުގެ ގޮތުގައި މުޅިއެކު 248،381ރ. ދޭން ނިންމާފައިވާ އިރު، 65 […] މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ މޯލްޑިވްސް ގެ އާއްމު ހިއްސާދާރާކަށްވުމުގެ ފުރުސަަތު ހުޅުވާލައިފި އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފިއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށެވެ. ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާނަމަ ބޯޑުގެ ޤަރާރު ހުށަހަޅަންޖެހެއެވެ. އިތުރު ޝަރުތައް: – ކުންފުނީގެ ޤާނޫނު އަދި އެ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އިސްލާމް ދީނަށް އަހުލުވެރި ޖީލެއް ބިނާކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި ދިވެހި އުންމަތަކީ އިސްލާމް ދީނަށް އަހުލުވެރި ޖީލެއް ކަމުގައި ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ ”ރިސާލަތު” ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ދިވެހިންގެ ހިއްތަކުގައި އިސްލާމް ދީނާއި އީމާންކަމުގެ ރުކުންތައް ވަރުގަދަކޮށް، އަގީދާ ހަރުދަނާކޮށް، އިސްލާމް ދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށް ދެއްވީ، އެކަމަށް ޓަކައި އިސްލާމީ ކަންތައްތަ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން