ރާއްޖެ މާލޭގެ މޭޔަރަކަށް ޖެއްސުން ކުރާ މީހަކު ހޮވުމަކީ ބުއްދިވެރި ކަމެއް ނޫން: ރައީސް ސަރުކާރަށް ޖެއްސުން ކުރާ މާލޭގެ މޭޔަރަކު ހޮވުމަކީ މާލޭގެ ރައްޔިތުންނަށް ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށާއި މާލޭގެ ކަންކަން ހަލުވިކަމާ އެކު ކުރިއަށް ގެންދަން މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ހޮވަން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އާޒިމާގެ މެނިފެސްޓޯ އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނެވި އިރުގައި އޭރުގެ ސަރުކާރުން ކޮނ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރައިސަމް ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަނީ ށ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް، ކަނޑިތީމު ދާއިރާގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަޖިލީހުގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ. ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައިސަމް ވަނީ މީސްމީޑިއާ މެދުވެރިކޮށް އެކަން ޢިއުލާން ކުރައްވާފައެވެ. ށ. އަތޮޅުގައި އެމްޑީޕީގެ ކަންކަމުގައި އެންމެ ހަރަކާތްތެރިކޮށް އުޅޭ މެންބަރުން ތެރޭ ހިމެނިވަޑައިގަންނަވާ ރައިސަމް އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މަޖިލީހު ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ވިދާޅު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ނިޔާ މިފަހަރު ވާދަކުރައްވަނީ ކުރެންދޫ ދާއިރާއަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ)، ކުރިއަށް އޮތް ވިހި ވަނަ މަޖިލީހުގެ އިންތިޚާބުގައި ޅ. ކުރެންދޫ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފިއެވެ. ނިޔާ ވަނީ މިއަދު އެކްސްގައި އެކަން ޢިއުލާން ކުރައްވާފައެވެ. ނިޔާގެ ޕޯސްޓްގައި ވަނީ 18 ވަނަ އަދި 19 މަޖިިލީހަށް ކުރެންދޫ ދާއިރާއިން މެޖޯރިޓީދީ އިންތިޚާބު ކުރީ އެމްޑީޕީގެ މެންބަރުންކަން ފާހަގަ ކުރައްވާފައެވެ. 18 ވަނަ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރަކީ އަބުދުދުލްބާރީ އެވެ. ބާރީ ވަނީ އެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އާޒިމާގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ މިރޭ ލޯންޗްކުރާ ގޮތައް ހަމަޖެހިއްޖެއެވެ. ޕީއެންސީ/ޕީޕީއެމް އިއްތިހާދުން މިއަދު ބުނީ އާޒިމާގެ މެނިފެސްޓޯ ލޯންޗްކުރާ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ކަމަށް ބާއްވާ ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނީ ޕީއެންސީ/ޕީޕީއެމް އިއްތިހާދުގެ ‘’ދިވެހީންގެރާއްޖެ މައި ޖަގަހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފުޓްބޯޅަ މުބާރާތަށް ތާރީޚީ ނަޒަރެއް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މުޅިރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފަށާފައި 2000 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެކާވީސްވަނަ ގަރުނުގެ ފެށުން ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އެ ދުވަސްވަރު ހިންގިއިރު، މި މުބާރާތް ވެސް ގުޅިފައިވަނީ އެ ހަރަކާތްތަކާއެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ “ސާސްކަފް ކަޕް” ގެ ނަމުގައެވެ. މުބާރާތް އެ ދުވަސްވަރު ކުޅެފައިވަނީ އޭރު ހަނިމާދޫގައި ރަސްމީކޮށް ފުޓްބޯޅަ ކުޅުމަށް ބޭނުންކުރި، މިހާރު އިޖުތ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ލަސް ޕަލްމާސް އަތުން ބާސާއަށް އުނދަގޫ މޮޅެއް ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުން ބާސާ މޮޅުވެއްޖެއެވެ. ލަސް ޕަލްމާސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ބާސާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތައް ހޯދީ ލަސް ޕަލްމާސް އިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ވެސް ނެގީ އެ ޓީމުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ކުރިން ބާސާއަށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ''މިތިބީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެ'' މި ސަރުކާރުގައި ތިބީ 24 ގަޑިއިރު ހީވާގިކަމާއެކު މަސައްކަތްކުރާ ބޭފުޅުން ކަމަށާއި، އެ ބޭފުޅުން ތިއްބެވީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފްތިތާޙްކޮށް ދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސަޕޯޓަރުން އެދޭތީ ޝަރީފް މަޖިލީހަށް ވާދަކުރެއްވުމާމެދު ގޮތެއް ނިންމަވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މަރަދޫ ދާއިރާގެ އޭނާގެ ސަޕޯޓަރުން އެދެމުންދާތީ އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް އެ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެއެވެ. 19 ވަނަ މަޖިލީހަށް ޝަރީފް އިންތިޚާބުވެވަޑައިގަތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައެވެ. ނަމަވެސް ދައުރު ނިމެން ހަތަރު މަހާއި ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޝަރީފް ވަނީ 28 ޑިސެމްބަރު 2023 ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޑިމޮކްރެޓްސް އިން ޕްރައިމަރީ އަށް ހުޅުވައިލައިފި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެ ޕާޓީގެ ޕްރައިމަރީ އަށް އިއްޔެ ހުޅުވާލައިފިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލައި އެ ޕާޓީން ބުނެފައިވާ ގޮތުގައި އެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު އެވެ. މި ޕްރައިމަރީއަށް ކުރިމަތިލިމުށް އެދޭ އެ ޕާޓީގެ މެމްބަރުންނަށް އެ ފުރުސަތު، އިއްޔެއިނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފުނަދޫ-މާލެ-ހުޅުލެ ބްރިޖުން ގުޅާލައި ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރަކަށް ކ. ފުނަދޫ އާއި މާލެ އަދި ހުޅުލެ ބްރިޖުން ގުޅާލައި ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ފައްޓަވައި ދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައެވެ. މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި މި ބޮޑު މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމަށްފަހު ރަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ތަނަކަށް ވީއައިއޭ ހެދުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙްކޮށްފި 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ތަނަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ހެދުމުގެ ބޮޑު މަޝްރޫޢު މިރޭ އިފުތިތާޙްކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ިކަމަށް މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ އިފްތިތާޙް ކުރެވިގެން ދިޔައީ ދިވެހިންގެ އުންމީދު ކަމުގައި ވިދާޅުވެފައެވެ. ވީއައިއޭ ތަރައްޤީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކުއެކީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވަން ހަމަޖެހިފައި ވަނީ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެ ކަނބަލުން ޗައިނާއަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ (7 ޖެނުއަރީ) ގައެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ “ޕްރިމިއަމް ފޯ ގުޑް” ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑު ލިބޭ ފަރާތްތައް އިއުލާންކޮށްފިއެވެ. މިއަދު އިއުލާން ކުރި މި ފަރާތްތަކަކީ މިދިޔަ އަހަރު ފަންޑަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހޮވުނު ފަރާތްތަކެވެ. “އެލައިޑް ކޮމިއުނިޓީ ފަންޑް” އަކީ 7 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ސިޓީ-އަތޮޅު ވަޤުފް އިފްތިތާޙްކޮށްފި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން، ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙްކޮށްފިއެވެ. މިއީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޤުފް މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގުމުގެ މަސައްކަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ. މި ރަސްމިއްޔާތުގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ވިލިމާލޭގެ މަގުތައް ހެދުމަށް ސާވޭ ކުރަން އާރްޑީސީއާ ހަވާލުކޮށްފި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށް ސާވޭ އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ 5.6 ކިލޯމީޓަރުގެ މަގުތަކެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓް... މުޙައްމަދު · 2 އަހަރު ކުރިން