ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން (19) ކުރީގެ އަދަދާއިގުޅޭ، މާހިލްގެ މޫނުމަތީގައިވެސް އޭރުވަނީ ނުތަނަވަސްކަމެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި މާހިލް ސިހިގެން ދިޔައީ އަނެއްކާވެސް އެކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. މިފަހަރު ޖުމާގެ މޫނުމަތީގައިވާ ހާސްކަން އެތައް ގުނަ އަކަށް އިތުރުވެގެން ދިޔަ ކަހަލައެވެ. ” ޖުމާ! ” ޓަކީގެ އަޑާއެކު ޒާރާގެ އަޑު އައެވެ. އެހިނދު މާހިލްއާ ދިމާލަށް ޖުމާއަށް ބަލައިލެވުނީ ބިރުގަނެފައި ހުރެއެވެ. ” ޖުމާ! ” އަނެއްކާވެސް ތަންކޮޅެއް ބާރަށް ޒާރާ ގޮވާލި އަޑު އިވުނެވެ. ހަދާނެގޮތް […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ރާއްޖެ ކައުންސިލަށް ބަދަލުވި އާބަންކޯ މުވައްޒަފުންގެ މުސާރަ ކުޑަ ނުވާނެ: ރައީސް އާބަންކޯގެ ބެލުމުގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަށް ބަދަލުވި މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކޮށް، އެ ހިދުމަތުގައި ހިމެނޭ މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމި ނިންމުމާ އެކު ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ދަގަނޑު ބޮޔެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ ކ. އަތޮޅު ރީތިރަށް (ވަން އެންޑް އޮންލީ ރީތިރަށް) ރިސޯޓު ސަރަހައްދުން ދަގަނޑު ބޮޔެއް އޮޔާދާތީ ކަނޑު ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެ އެވެ. އެމްއެންޑީއެފުން ބުނީ، ރީތިރަށް ރިސޯޓުގެ ހުޅަނގު އުތުރުން އަށް ނޯޓިކަލް މޭލުން ދަނގަޑު ބޮޔެއް އިރުދެކުނަށް އޮޔާދާކަމަށެވެ. އެއީ ރަތް ކުލައިގެ ދަގަނޑު ބޮއެކެވެ. އެހެންވެ، އެ ސަރަހައްދުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. ޚާއްޞަގޮތެއްގައި އެ ސަރަހައްދުން ރޭގަނޑު ކަނޑުދަތުރުކުރާ އުޅަނދުފަހަރު މިކަމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫގައި ''ހެލްތު ޑޭ ފެސިލިޓީ'' އެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ހެލްތް ޑޭ ފެސިލިޓީއެއް ގާއިމުކޮށްދޭ ފަރާތަކަށް އެ ރަށު ޓޫރިޒަމް ޒޯނުން ކުއްޔަށް ދޫކުރާ ބިމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ބުނީ އެ ކައުންސިލުން ތަރައްޤީކުރާ 2000 (ދެހާސް) އެނދުގެ ޓުއަރިސްޓް ވިލެޖައް އަމާޒުކޮށް ކައުންސިލުން ދައްކާ ބިމެއްގައި، “ހެލްތް ޑޭ ފެސިލިޓީއެއް” ތަރައްޤީކޮށް ކައުންސިލާއި ހަވާލުކުރާނެ ފަރާތަކަށް 50 ހާހާއި 40 ހާހާއި ދެމެދު އަކަފޫޓުގެ ބިމެއް، އަކަފޫޓަކަށް މަދުވެގެން މަހަކު 50 ލާރީގެ ރޭޓުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ކާލްސްބާގު ރިޖަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް ކާލްސްބާގު ރިޖަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ކާލްސްބާގު މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ އައްޑޫ ސީޓީ އާއި 894 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭން ފެށިގެން 29 ވަނަ ދުވަހުގެ ހެނދުނާއި ހަމައަށް ވެސް ކާލްސްބާގު މިޑް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގާއި އެއާއި ހަވާލުވާން އައި މީހާ ފުލުހުންނާއި ހަވާލުކޮށްފި ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.132 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ތަކެއްޗާއި ހަވާލުވާން އައި މީހާ ފުލުހުންނާއި ހަވާލުކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް ބުނީ، މި މަސްތުވާ ތަކެތި އަތުލައިގެންފައި ވަނީ ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖެއް ބަަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ. މި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ގެނައި މި ޕެކޭޖު ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުވެގެން އިތުރަށް ބެލިބެލުމުން އޭގެ ތެރެއިން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހުޅުމާލެ ފޭސް 1 ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަނީ މާލޭ ސީޓީގެ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭންގައި މިއަދު ހުޅުމާލެ ފޭސް 1 އަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރިސްކެއް ނުނަގައި އާޒިމާ ހޮވައިދިނުމަށް ރައީސް އެދިވަޑައިގެންފި ވިލިމާލޭގެ ރައްޔިތުން ރިސްކެއް ނުނަންގަވާ މާލޭ ސިޓީގެ މޭޔަރުކަމަށް އާޒިމާ ޝަކޫރު ހޮވައިދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. ރައީސް މިމޭރުމުން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭންގައި މިއަދު ވިލިމާލެއަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވަނީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މޭޔަރުކަމަށް ކުރިމަތިލީ ރައީސްގެ ތަސައްވުރާ އެއްގޮތައް މާލެ ސިޓީ ތަރައްގީކުރަން: އާޒިމާ މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތިލެއްވީ ރައީސްގެ ތަސައްވުރާ އެއްގޮތައް މާލެ ސިޓީ ތަރައްގީކުރަންކަމަށް މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެއެވެ. އާޒިމާގެ މެނިފެސްޓޯ ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އޭނާ މާލޭގެ މޭޔަރުކަމަށް ހޮވައިގެން ރާއްޖޭގެ އެއްވެސް ރައްޔިތަކު ކުރަން ޖެހޭ ހިތާމައެއް ނޯންނާނެކަމަށެވެ. ރަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރަން ކުރިމަތިލުމަށް ހުޅުވާލައިފި ހދ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމަށްޓަކައި، އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ) އިން ކޮށްފައިވާ ޢިއުލާންގައިވާގޮތުން އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް( އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އަމީނީ މަގުގެ ހަދަމުންދާ ބައިގައި މިއަދު ތާރު އަޅަން ފަށަނީ އަމީނީ މަގުގެ ނުނިމި އޮތް ބައި ނިންމުމުގެ މަސައްކަތުގެ ތެރެއިން މިހާރު ހަދަމުންދާ ބައިގައި މިއަދު ތާރު އަޅަން ފަށާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އަމީނީ މަގުގައި ނުނިމި އޮތްބައި މިހާރު ތާޅު އަޅަން ތައްޔާރު ކުރަމުން ދަނީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ފެށިގެން ގާތް ގަނޑަކަށް ދަރުމަވަންތަ ހޮސްޕިޓާ ފެށޭ ހިސާބަށެވެ. އެ މައްސަކަތާއި ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އެކްސްގައި މިއަދު ވިދާޅުވީ، […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭނެ ފޮތެއް ނެރެފި ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭނެ ފޮތެއް ނެރެފިއެވެ. މިއީ މިފަދަ ފޮތެއް ނެރުނު ފުރަތަމަ ފަހަރެވެ. ޗައިނާގެ ފެންގް ފެންގް ލިޔެފައިވާ “ދިވެހި ބަސް” މި ފޮތުގައި ވެހި ބަހާއި ޗައިނާ ބަސް ހިމަނާފައިވެއެވެ. މިފޮތަކީ ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދިނުމުގެ މަގްސަދުގައި ލިޔެފައިވާ ފޮތަކަށް ވިޔަސް މިއީ ދިވެހިން ޗައިނާ ބަސް ދަސް ކުރުމަށް ވެސް ލިބޭނެ ފަސޭހައެކެވެ. My book has been published as the first textbook of spoken Dhivehi in […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑު ތަފާތަކުން ރޫހް ބަލިކޮށް ޗެމްޕިއަންކަން ރިއަލް ސްޓާސް އަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ސްޓާސް އިން ހޯދައިފިއެވެ. އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް އާއި ރިއަލް ސްޓާސް އެވެ. މި މެޗު 8-0 ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރިއަލް ސްޓާސް އިންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރައީސް ވިދާޅުވަނީ 5 އަހަރު ނިމޭއިރު، މާލޭގައި ގެދޮރު ނުލިބޭ މީހަކު ނުހުންނާނެ ކަމަށް! މިހާރު ހިނގަމުން އަންނަ ފަސް އަހަރު ނިމޭ އިރު، މާލޭގައި ގެދޮރު ނުލިބޭ އެކަކު ވެސް ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް އެންމެ ދުވަހެއް ވެސް ބޭކާރު ނުކުރައްވައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ގެދޮރުގެ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ޕީއެންސީ އަށް މާލެ ސިޓީ ކައުންސިލްގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ދެ ކައުންސިލަރުން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ މިރޭ ގުޅިވަޑައިގެންފިއެވެ. މި ދެ ކައުންސިލަރުން ގުޅިވަޑައިގަތީ މި މަހުގެ 13 ވަނަ ދުވަހު މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ މެނިފެސްޓޯ އިއުލާން ކުރުމަށް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. ދެ ކައުންސިލަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލު ކުރެއްވީ ރައީސް އަދި […] މުޙައްމަދު · 2 އަހަރު ކުރިން