ކޮމަންޑޫގެ ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ބަލައި ފާސްކޮއްފި
ށ، ކޮމަންޑޫގެ ފިހާރަތަކުން ވިއްކާ، ކާބޯތަކެތީގެ ރައްކާތެރިކަން ބަލައި ފާސްކޮއްފިއެވެ. އެ ރަށު ކައުންސިލް އިދާރާއިން އިސްނަގައިގެން، ޞިއްޙީމަރުކަޒާ ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ޖުމްލަ 22 ފިހާރަ އާއި 3 ރެސްޓޯރެންޓެއް ބެލިފައިވާކަމަށް އެ ކައުންސިލުން މައުލޫމާތު ދިނެވެ. ކޮމަންޑޫ ކައުންސިލްގެ އެސްޖީ ޙަމްދާ އަޙުމަދު “ތިލަދުން”އަށް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން، ކާބޯތަކެތީގެ މުއްދަތާއި، ތަނުގެ ސާފުތާހިރުކަމާއި، ކާބޯތަކެތި ރައްކާކުރާ ގުދަންފަދަ ތަންތަން ބަލައި ފާސްކުރެވިފައިވާނެކަމަށެވ...