މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ޅައިމަގު ޑަބްލިއުޑީސީ ގެ "އެހީވަމާ" ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފި 📍 ށ. ޅައިމަގު

ޅައިމަގު ޑަބްލިއުޑީސީ ގެ "އެހީވަމާ" ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފި

ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ “އެހީވަމާ” ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންގޮސްފިއެވެ. މިކަމާއި ގުޅިގެން ޑަބްލިއުޑީސީގެ ރައީސާ އައިމިނަތު އަފްރާހާ ‘’ތިލަދުން’’ އަށް ވިދާޅުވީ މިއީ 2022 ވަނަ އަހަރުން ފެށިގެން ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއަހަރުގެ ޕްރޮގްރާމު ހިންގައިގެން ލިބުނު ތަކެތި ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަދިޔާ ކޮށްފައިވަނީ ހަފު...

މުޙައްމަދު އަފްރާޙް
ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ 📍 ށ. ފުނަދޫ

ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ހޯމަ ދުވަހު ސައިޓު ވަނީ މޮބިލައިޒް ކޮށްފައެވެ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 12,145 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 7,878 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައި، 670 މީޓަރުގެ […...

އަޙްމަދު ވަހީދު
ފޯކައިދޫ މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމުކޮށްލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމުކޮށްލައިފި

ށ. ފޯކައިދޫ ނެރުމަގުގައި މަސްބާނަން އިން މީހަކަށް މިޔަރު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މި ހާދިސާގައި ފޯކައިދޫ ސީޒާ މަންޒިލް/ ހަސަން އަބަދުﷲ ގެ ފައިގެ ކުޑަކަޅުވާ މަސްގަނޑުގައި މިޔަރު ހިފުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާއަށް ފޯކައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާގެ ހާލު ރަނގަޅެވެ. މި ހާދިސާ ހިނގިގޮތާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހަސަން އަބްދުﷲ ބުނީ، އެ ރަށު ބަނދަރުގައި އޮންނަ […]

އިބްރާހިމް ޚަލީލް
ށ. ފޭދޫ ގައި އަޅާ 8 ކުލާސް ރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ގައި އަޅާ 8 ކުލާސް ރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައިފި

ށ. ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ އެ މަސައްކަތް އަވަސްކޮށް ދިނުމަށް ފޭދޫ ކައުންސިލްގެ އަހްމަދު ރައިޝަމް ސަރުކާރަށް ގޮވާލައިފިއެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އެރަށު ރައިޝަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޭދޫއަކީ ސްކޫލްގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު ރަށެއް ކަމަށެވެ. އަދި މި ސަރުކާރުން އެރަށުގައި އަޅަންފެށި 8 ކުލާސް ރޫމް އާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވެފަވެއެވެ. މިކަމާއި ގުޅިގެން...

މުޙައްމަދު އަފްރާޙް
ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީއާއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމްއެވެ. މި މަޝްރޫއު ހިންގުމަށް ހަރަދުކުރުމ...

އަޙްމަދު ވަހީދު
މިލަންދޫ އަންހެނުންގެ ކޮމެޓީން ޖަނާޒާ ކޯހެއް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫ އަންހެނުންގެ ކޮމެޓީން ޖަނާޒާ ކޯހެއް ފަށައިފި

ށ. މިލަންދޫގައިި ”ރޫލްސް އޮފް ޖަނާޒާ 1” ގެ ނަމުގައި ޖަނާޒާ ކޯހެއް ފަށައިފިއެވެ. އެެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ ޖި ކޯހާއި ބެހޭ މައުލޫމާތު ‘ތިލަދުން’ އަށް ދެއްވީ އެ ކަޮމެޓީގެ ރައީސާ އައިޝަތު ހަނިއްޔާއެވެ. އޭނާ ވިދާޅުވީ މިއީ ދެ ހަފުތާގެ މުައްދަތަށް ކުރިއަށް ގެންދާ ކޯހެއް ކަމަށާއި މި ކޯސް ފެށީ މި މޭ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މި ކޯސް ކުރިއަށް ދަނީ […]

މުޙައްމަދު އަފްރާޙް
ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް

ށ. ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާން އަދި އިނގިރޭސި ކްލާސްތަކެއް ބާއްވަން ނިންމައިފިއެވެ. އެ ކައުންސިލުގެ މެމްބަރު ސަދާ ޝަހީމް ‘ތިލަދުން’ އަށް ވިދާޅުވީ މި ކްލާސްތައް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓު މަހު ކަމަށެވެ. ނަމަވެސް ކްލާސްތައް ބާއްވާނެ ވަކި ތާރީޚެއް އަދިނުނިންމާ ކަމަށެވެ. ބައިވެރިވުން މުޅިން ހިލޭ އޮތް މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ ރަށުގައި ތިބި، އެކަމުގެ ފަންނީ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކްލާސްތައް ފަށާނީ ކޮންމެ ކްލާހެއްގައި […]

މުޙައްމަދު އަފްރާޙް
7 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

7 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި ހޮސްޕިޓަލްތައް އަޅަން ހަވާލުކޮށްފައި ވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި ހޮސްޕިޓަލްތައް އަޅަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މިއީ ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގެ ދަށުން އިމާރާތްކުރާ 30 […]

ޔުމްނާ ޢަލީ
ފޯކައިދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި

ށ. ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، އެރަށު ޞިއްޙީ މަރުކަޒުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށް މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަން ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސްގައި ފޯކައިދޫ ތަމްސީލް ކުރައްވާ، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 791,1...

ޔުމްނާ ޢަލީ
ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ: ފޯކައިދޫ ކައުންސިލް 📍 ށ. ފޯކައިދޫ

ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫގައި ކުރިއަށް ގެންދިޔަ ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަހްމަދު އާސިފް ވިދާޅުވެއްޖެއެވެ. މި ކެމްޕޭނަކީ ދި އައިލެންޑް އާޓިސްޓް އާއި އެންވަޔަރްމެންޓް މިނިސްޓްރީ އަދި ފޯކައިދޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ. މިކަމާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ”ތިލަދުން” އަށް ވިދާޅުވީ މިފަދަ ކުރެހުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށްބޮޑަށް އ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ހަވާލު ކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ހަވާލު ކުރަނީ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ކުންފުނިތަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހިންނަކީވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ބައެއްކަމަށާއި، އެއް ރަށުން އަނެއް ރަށަށް އަބަދު ދަތުރުކ...

ޔުމްނާ ޢަލީ
ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަން މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީއާ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑްއާއެކު މިއަދު ސޮއިކޮށްފައިވާއިރު، ިކަމަށް ބޭއްވި ބައްދަލުވުމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ. ކޮމަންޑޫ ޞިއްޙީ މަ...

ޔުމްނާ ޢަލީ
ށ. ފޭދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 1335 މީހުންގެ އާބާދީއެއް އޮންނަ ށ. ފޭދޫއަކީ ބިމުގެ ޖާގަ ތަނަވަސް، ގާމަތީ ރަށެކެވެ. އަފި އެ ރަށަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. އެގޮތުން މޫސުން ގޯސް ދުވަސްވަރު، ރަށު ބަނދަރު ބޭނުންކުރުމަކީ އޮޑިފަހަރުތަކަށް ދަތި އުނދަގޫކަމަކަށް ވަނީ ވެފައެވެ. މީގެ އިތުރުން ބ...

އަޙްމަދު ވަހީދު
ނަރުދޫ ބަނދަރުގެ މަސައްކަތް ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށީ މި މަހުގެ 4 ގައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ބޭރުތޮށި ލުމާއި، […]

އަޙްމަދު ވަހީދު
ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ 📍 ށ. ފޭދޫ

ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި އެކްސިޑެންޓު ހިނގާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:42 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި 53 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުު ދީފައިވާ ކަމަށް ވެސް ބުނެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. އެކި...

މުޙައްމަދު އަފްރާޙް