📍 ހއ. ދިއްދޫ
”ދިއްދޫ، މިލަންދޫ، ކޮމަންޑޫ، ބިލެތްފަހި އެއާޕޯޓު އެޅުމުގެ މަރުހަލާތައް މި އަހަރު ހިނގާނެ“
ވައުދުވެފައިވާ ފަދައިން 14 އެއާޕޯޓެއް ތަރައްގީކުރުމުގެ އެކި މަރުހަލާތައް މިއަހަރު ހިނގަންފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވައުދުވެވަޑައިގެންގޮތަށް، 14 އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަރުހަލާތައް މި އަހަރު ހިނގަން ފަށާނެވެ. މީގެ ތެރޭގައި މިހާރު ހިނގަމުން އަންނަ ދެ އެއާޕޯޓެއްގެ ޚިދުމަތް ފުޅާކުރުމާއި، އަލަށް މަސައްކަތްފަށާ 12 ތަނ...