މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ފުނަދޫގައި ތަރައްގީކުރާ ސިފައިންގެ ވައިގެ މަރުކަޒު މިއަހަރު ހުޅުވޭނެ: ރައީސް 📍 ށ. ފުނަދޫ

ފުނަދޫގައި ތަރައްގީކުރާ ސިފައިންގެ ވައިގެ މަރުކަޒު މިއަހަރު ހުޅުވޭނެ: ރައީސް

ށ. ފުނަދޫގައި ތަރައްގީކުރާ އެމްއެންޑީއެފް އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަންގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަން ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކުރަމ...

ޔުމްނާ ޢަލީ
މިލަންދޫ ކައުންސިލްގެ ރޯދަ ހަދިޔާ: މާރިޗް މަހުގެ ކުނި ފީ ހިލޭ ކޮށްދީފި 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލްގެ ރޯދަ ހަދިޔާ: މާރިޗް މަހުގެ ކުނި ފީ ހިލޭ ކޮށްދީފި

ށ. މިލަންދޫ ކައުންސިލުން އެރަށުގެ ގޭބިސީތަކާއި އެހެން ތަންތަނުން ކުނި ނަގައި އުކާލަދިނުމަށް ނަގަމުން އަންނަ ފީ އަންނަ މާރިޗް މަހު ހިލޭކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ. މިލަންދޫ ކައުންސިލުން ބުނީ މި ނިންމުމަކީ 1447 ވަނަ އަހަރު، ރަށުގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިލަންދޫ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 221 ވަނަ ޖަލްސާގައެވެ. މި ނިންމުމާއެކު އަންނަ މާރިޗް […]

ޝިއުނާ އާދަމް
ފުނަދޫގައި ވެސް ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް 📍 ށ. ފުނަދޫ

ފުނަދޫގައި ވެސް ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް

ށ. ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، ފުނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 3 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އ...

ޝިއުނާ އާދަމް
ގޯލްޑަން ފުޓްސަލް ށ. އަތޮޅު ތަށި ކަނޑިތީމަށް 📍 ށ. ފޯކައިދޫ

ގޯލްޑަން ފުޓްސަލް ށ. އަތޮޅު ތަށި ކަނޑިތީމަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅުގެ ޗެމްޕިއަންކަން އަނެއްކާވެސް ކަނޑިތީމުން ކާމިޔާބުކޮށްފިއެވެ. އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ފޯކައިދޫއާ ބައްދަލުކޮށް ކަނޑިތީމުން ތަށި އުފުލާލީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްގެންނެވެ. ރޭގެ ކާމިޔާބީއާއެކު އެޓީމުން ވަނީ މިހާތަނަށް ހަ ފަހަރު އަތޮޅު ތަށި އުފުލާލައިފައެވެ. ފައިނަލް މެޗުގައި ފޯކައިދޫގެ މައްޗަށް ކަނޑިތީމުން ކުރިހޯދީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ކަނޑިތީމުގެ ރައުލް ނިޔާޒް އ...

ޔުމްނާ ޢަލީ
ޢަލީ ރަމީޒުގެ ހުނަރާއެކު "ފިޔުޗަރ އިމާމް" ޕްރޮގްރާމުން މުޅިން އާ ތަރިންތަކެއް

ޢަލީ ރަމީޒުގެ ހުނަރާއެކު "ފިޔުޗަރ އިމާމް" ޕްރޮގްރާމުން މުޅިން އާ ތަރިންތަކެއް

މަޝްހޫރު ދާޢީ ޢަލީ ރަމީޒު އިސްކޮށް ހަރަކާތްތެރިވާ މަންފާ ޖަމިއްޔާއާއި، “ޚިދުމަތް” ޖަމިއްޔާ، “އުކުޅަސްހޯޕް” އަދި “ޖަމިއްޔަތުލް ޤަލަމް” ގުޅިގެން، އިސްލާމްދީނަށް ޚިދުމަތް ކުރުމުގެ މަތިވެރި މައިދާނަށް ދިވެހި ޒުވާން ޖީލުން މުޅިން އާ ތަރިތަކެއް ނެރުމަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމަކީ، މަޝްހޫރު ދާޢީ ޢަލީ ރަމީޒު އިސްކޮށް ހަރަކާތްތެރިވާ މަންފާ ޖަމިއްޔާއާއި، “ޚިދުމަތް” ޖަމިއްޔާ، “އުކުޅަސްހޯޕް” އަދި “ޖަމިއްޔަތުލް ޤަލަމް” ގުޅި...

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. މިލަންދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ވެނީލާހައުސް، އަޙްމަދު ޢާލިމް (33އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ރަށު ޕޮލިހުން މި މަހުގެ 13 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނު...

އަލީ އާދިލް
މާއުނގޫދޫގައި ދަރިވަރުންނަށް އިމާމުކަން ދަސްކޮށްދިނުމަށް މުބާރާތެއް

މާއުނގޫދޫގައި ދަރިވަރުންނަށް އިމާމުކަން ދަސްކޮށްދިނުމަށް މުބާރާތެއް

ށ. މާއުނގޫދޫގައި ދަރިވަރުންނަށް އިމާމުކަން ދަސްކޮށްދިނުމަށް ”ފިއުޗަރ އިމާމް” ޕްރޮގްރާމްގެ ނަމުގައި މުބާރާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ. މިއީ އެރަށު ކައުންސިލާއި، ޚިދުމަތް ޖަމްޢިއްޔާ، އުކުޅަސް ހޯޕް، ޖަމިއްޔަތުލް ޤަލަމް އަދި މަންފާ ޖަމްޢިއްޔާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މާއުނގޫދޫގެ ގްރޭޑް 5-10 އާއި ދެމެދު އަރަބި އަދި ދިވެހިބަސް ފަރިތަކޮށް ކިޔަން އިނގޭ ފިރިހެން ދަރިވަރުންނަށް އަމާޒުކޮށްގެންގެންދާ މި ޕްރޮގްރާމް ވަނީ މިދިޔަ އާދީއްތަ ދުވަހު ފަށާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ...

ޔުމްނާ ޢަލީ
މާއުނގޫދޫ ބަނދަރުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ހުޅުވާލައިފި

މާއުނގޫދޫ ބަނދަރުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ހުޅުވާލައިފި

ށ. މާއުނގޫދޫ ބަނދަރު ސަރަޙައްދުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުމަށް އެ ރަށު ކައުންސިލް އިދާރާއިން މިއަދު އިޢުލާނުކޮށްފިއެވެ. މާއުނގޫދޫ ކައުންސިލުން ބުނީ، ބަނދަރުގައި ހުރި ރައްޔިތުންގެ 11 ރުއް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ. މި ރުއްތައް ވަރުވާއަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި ރުއްތައް ވަރުވާއަށް ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ އަހަރަކަށް 2,000.00 (ދެހާސް) ރުފިޔާ […]

ޝިއުނާ އާދަމް
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) ގެ އިތުރުން ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ބާރަށުން ދެމީހަކު ހައްޔަރުކޮށްފައިވަނީ، ހަށިގަނޑުގައި ރައްކާކޮށްގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ […]

އަލީ އާދިލް
ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ށ. ނަރުދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ނަރުދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2500 އަކަފޫޓުގެ 25 ގޯއްޗެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުންނެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 2026 ޖަނަވަރީ 11 އިން ފެށިގެން 2026 ޖަނަވަރީ 29 […]

ޔުމްނާ ޢަލީ
ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި 📍 ށ. ފުނަދޫ

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް މިރޭ ޖައްސައިފިއެވެ. ފުނަދޫ އަށް ރޭގަނޑު ދަތުރުތައް ފެށޭނެ ގޮތް ހައްދަވައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މިގޮތުން ފުނަދޫ އެއާޕޯޓްގައި އެ އިންތިޒާމް ހަމަޖެއްސުމަށްފަހު، މިރޭ އިރާކޮޅު މޯލްޑިވިއަންގެ ފްލައިޓެއް ވަނީ ޓެސްޓް ފްލައިޓެއްގެ ގޮތުގައި ޖައްސާފައެވެ. މި ފްލައިޓް ޖައްސަން ފުރަތަމަ ތާވަލުކުރީ ރޭގައެވެ. ނަމަވެސް ރޭ ރާއްޖޭގެ އުތުރުގެ ވިޒިބިލިޓީ ދަށްވުމުގެ ސަބަބުން މިރެއަށް މި ފްލައިޓް ލަސްކުރީއެވެ. މި...

ޔުމްނާ ޢަލީ
އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި 📍 ށ. ފޭދޫ

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބުނީ އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާކަމަށެވެ. އެހެންވެ، އެ އޮފީހުން ވަނީ ފޭދޫ ކައުންސިލަށް މަރުޙަބާ ކިޔާފައެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ފާހަަގަކޮށްފައިވާގޮތުގައި ށ. ފޭދޫ ކައުންސިލަކީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއ...

ޔުމްނާ ޢަލީ
ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް 📍 ށ. ނަރުދޫ

ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް

ށ. ނަރުދޫ ކައުންސިލުން އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ “އަސާސީ ދަނޑު” ތަކުގެ ތެރެއިން، މިހާރު ދަނޑު އޮވެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. މިއީ 2024 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި އެކި ސަބަބުތަކާ ހުރެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް ދިން ފުރުސަތެކެވެ. ނަރުދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 5 ނޮވެންބަރު 2024 ގައި އާންމުކޮށްފައިވާ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލު” ގެ 5 […]

ޔުމްނާ ޢަލީ
މަރްހޫމް ހުސައިން ވަޙީދުގެ ހަރަދުގައި ފޯކައިދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި 📍 ށ. ފޯކައިދޫ

މަރްހޫމް ހުސައިން ވަޙީދުގެ ހަރަދުގައި ފޯކައިދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ކޮމަންޑޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލް މަރްހޫމް ހުސައިން ވަޙީދުގެ ހަރަދުގައި ށ. ފޯކައިދޫގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ ”މަސްޖިދުލް ނޫރު” އެވެ. މި މިސްކިތް ހުޅުވާފައި ވަނީ މިއަދުގެ ހުކުރު ނަމާދުގެ ކުރިންނެވެ. މި މިސްކިތް ހުޅުއްވައިދެއްވީ މަރްޙޫމް ހުސެންގެ ދަރިކަލުން އަހްމަދު ނަވީން ހުސެން އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ކުރެވުނު ހުކުރުނަމާދު...

ޔުމްނާ ޢަލީ
ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި 📍 ށ. ޅައިމަގު

ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި

ށ. ޅައިމަގު ސްކޫލްގެ ”ކްލަބް ލަކުސަނަ”އިގެ ފަރާތުން ނެރޭ ލުއިފޮތް ”ފަށަން”ގެ ދެވަނަ އަދަދު ނެރެފިއެވެ. މި ލުއި ފޮތަކީ ކްލަބް ލަކުސަނައިގެ ފަރާތުން މަހަކު އެއްފަހަރު ނެރޭ ލުއި ފޮތުގެ ސިލްސިލާގެ ދެވަނަ ފޮތެވެ. މި ފޮތުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު ތާރީޚްގެ ބައިގައި ”ށ.އަތޮޅުގައި ސިއްޚީ ޚިދުމަތް ދޭ ފުރަތަމަ މަރުކަޒު”ގެ ސުރުޚީގެ ދަށުގައި ގެނެސްދީފައިވާ ލިޔުމުގައި ށ.އަތޮޅުގައި އެންމެ ފުރަތަމަ ސިއްޚީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކޮށް ޚިދުމަތްފަށާފައި ވަނީ 25 ޑިސެމްބަރު 1970 […]

ޔުމްނާ ޢަލީ