މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފި

ށ. ކޮމަންޑޫގައި ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް މި މަހުގެ ވިހި ވަނަ ދުވަހު ފަށައިފިއެވެ. މި ކޯހުގައި 40 ފަރާތަކުން ބައިވެރިވެފައިވާއިރު މިއީ ހޭންޑްބޯލް އެސޯސިއޭޝަނާއި ގުޅިގެން މި މަހުގެ 20 އިން ފެށިގެން 26 އާ ހަމަޔަށް ކުރިޔަށްގެންދާ ކޯހެކެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ކޯޗު އެމްޑީ އަމްޒަދު ހުސައިންއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް […]

އިބްރާހިމް އަސްވާޤް
ށ. އަތޮޅު ކައުންސިލުން 85,720 ހިއްސާ އިސްލާމިކް ބެންކުން ގަންނަނީ

ށ. އަތޮޅު ކައުންސިލުން 85,720 ހިއްސާ އިސްލާމިކް ބެންކުން ގަންނަނީ

ށ. އަތޮޅު ކައުންސިލުން 85,720 ހިއްސާ އިސްލާމިކް ބެންކުން ގަންނަން ފާސްކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު އެކައުންސިލްގެ 3 ވަނަ ދައުރުގެ 114 ވަނަ ޢާއްމު ޖަލްސާ އިންނެވެ. މޯލްޑިވްސް އިސްލާމިކް ބެންކުން ޢާއްމުކޮށް ހިއްސާގަތުމަށް ހުޅުވާލާފައިވުމާއެކު އެ ބެންކުންގެ ހިއްސާދާރަކަށްވުމަށް ފާސްކޮށް، ކައުންސިލުގެ ރިޒާވުން 2,000,200.00 ރ. (ދެ މިލިއަން ދުއިސައްތަ ރުފިޔާ) އާއި، ޓްރަސްޓް ފަންޑުގެ މަދަދު ލޯނު […]

އިބްރާހިމް އަސްވާޤް
ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމަށް ކޮންސަލްޓެންޓުން ހޯދަނީ 📍 ށ. ފޭދޫ

ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމަށް ކޮންސަލްޓެންޓުން ހޯދަނީ

ބޮޑު ތިލަދުންމަތީގެ 8 ރަށެއްގެ މަގާއި ބަނދަރު ހެދުމުގެ ކޮންސަލްޓެންޓުން ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޢުލާންކޮށްފިއެވެ. ފިނޭންސް އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ހއ.ކެލާ، ހއ.އިހަވަންދޫ، ހއ.މޮޅަދޫ،ހދ. ހަނިމާދޫ، ހދ.ނެއްލައިދޫ، ށ.ނޫމަރާ ށ.ފޭދޫ އަދި ށ.ބިލެއްފަހީގެ ހާބަރު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް މަސައްކަތާއި ހދ.ހަނިމާދޫ ހާބަރު އަދި މަގު ހެދުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް އިޢުލާން ކުރާ ކަމަށެވެ. އަދި މިމަސައްކަތްތައް ކުރުމަ...

Thiladhun
ކުދި ބޮޑު އެންމެންގެ ބައިވެރިވުމާއިއެކު, ކަނޑިތީމުގައި މަސްރޭހަކާއި ބާބަކިއުއެއް 📍 ށ. ކަނޑިތީމު

ކުދި ބޮޑު އެންމެންގެ ބައިވެރިވުމާއިއެކު, ކަނޑިތީމުގައި މަސްރޭހަކާއި ބާބަކިއުއެއް

މިއަހަރުގެ އަލްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ށ. ކަނޑިތީމުގައި  މަސްރޭހަކާއި ބޮޑު ބާބަކިއު އެއް ބާއްވައިފިއެވެ. 100 އަށް ވުރެ ގިނަ މަސްވެރިންނާ އެކު މިއަދު ހެދުނު 09:00 އިން ހަވީރު 04:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ މަސް ރޭހުގައި 17 ޓީމު ބައިވެރިވެފައިވެއެވެ. މަސްރޭހުގައި ބައިވެރިވެވެނީ ނާށި ބަސްތާއަކަށެވެ. އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ކަނޑިތީމުގެ ޒުވާނުންގެ އިސް ނެގުމެކެވެ..”ނިލަމެހި މަސްރޭ”  ފެށުމުގެ ގޮތުން […]

އިބްރާހިމް އަސްވާޤް
ށ.ފުނަދޫ ސްކޫލް ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ށ.ފުނަދޫ ސްކޫލް ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމާލައިފި

ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ށ.ފުނަދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓުމަންޓު ގުޅިގެން ފުނަދޫ ސްކޫލްގެ ގްރޭޑް 7 އަދި ގްރޭޑް 8 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި 36 ދަރިވަރުން ބައިވެރިވެ ސެޓްފ...

އިބްރާހިމް އަސްވާޤް