މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި 📍 ށ. މިލަންދޫ

މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ށ. މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައި، އެރަށަށް އެކަން އަންގައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:12 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު […]

ޝިއުނާ އާދަމް
ފުނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ށ. ފުނަދޫގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެ ރަށު ކައުންސިލުން ވަރުގަދަ ކޮށްފިއެވެ. މި ނިންމުމާއި ގުޅިގެން ފުނަދޫ ކައުންސިލުން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް- 19 ގެ ނުރައްކާ ބޮޑުވަމުންދާތީ އާއި ކުރިއަށް އޮތް ދެހަފަތާއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ދެހަފްތާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފައިވާތީ އެ ކައުންސިލުން އިތުރު އެންގުމެއް އަންގަންދެން 13 […]

ޔުމްނާ ޢަލީ
ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް 📍 ށ. ނަރުދޫ

ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް

އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ އަތޮޅު ގޮއިދޫ ޒުވާނުންގެ ފަރާތުން، ރޯ މަސް ހަދިޔާކޮށް ނަމޫނާ ދައްކައިފިއެވެ. މިގޮތުން ގޮއިދޫ ޒުވާނުން ވަނީ ނަރުދޫގެ ކޮންމެ ގޭ ބިސީއަކަށް 4 ކިލޯ ރޯމަސް ހަދިޔާ ކޮށްފައިއެވެ. އެ މަސައްކަތުގައި އިސްކޮށް އުޅު ގޮއިދޫ ޒުވާނެއް ކަމަށްވާ އިބްރާޙީމް ނިސާމް “ތިލަދުން”އަށް ބުނީ ގޮއިދޫ ޒުވާނުންގެ ފަރާތުންނާއި، ގޮއިދޫ ރައްޔިތުންގެ ނަމުގައި ނަރުދޫގެ އަޚުންނާއި، […]

ޝިއުނާ އާދަމް
މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ގޮއިދޫއަށް ލައްގައިފި

މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ގޮއިދޫއަށް ލައްގައިފި

މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ބ އަތޮޅު ގޮއިދޫއަށް ލައްގައިފި އެވެ. މި މިއަރު އެރަށުގެ ފަރުމައްޗަށް ލައްގާފައިވަނީ މިއަދު ގެ ވަގުތެއްގައިކަމަށް ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ބުނެފައި ވެއެވެ. އާމިރު އިތުރަށް ބުނީ އެރަށަށް އެ މިޔަރު ލެއްގި އިރުވެސް މަރުވެފައިވާކަމަށެވެ. މިއަރު ފަރުމަށްޗަށް ލެއްގުމާއިއެކު އެރަށު ޒުވާނުންތަކެއް އެމިޔަރު އެއްގަމަށް އަރުވާފައިވާކަމަށް އާމިރު ބުނެފައިވެއެވެ. https://www.facebook.com/100001156445258/posts/2957092541005932/?d=n މިނޫހަށަ މަޢުލޫމާތު...

އިބްރާހިމް އަސްވާޤް
ހުއްދަ ނެތި ފުރި ދެ މީހުން ފުނަދޫން ހައްޔަރު ކޮށްފި 📍 ށ. ފުނަދޫ

ހުއްދަ ނެތި ފުރި ދެ މީހުން ފުނަދޫން ހައްޔަރު ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި ށ. ފުނަދޫ ފަޅު ތެރޭގައި އަޅާފައި އޮތް ޑިންގީ އެއްގައި ހުއްދަނެތި ފުރި ދެ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުން ބުނެފިއެވެ. ފުލުހުން މިއަަދު ބުނީ ށ. ފުނަދޫ ފަަޅުތެރޭގައި އޮތް ޑިންގީއެއްގައި ބަޔަކު ހުއްދަ ނުހޯދައި ފުރި މައްސަލަ އެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ. ހުއްދަ ނެތި އެ ޑިންގީގައި ފުރި މީހުން އެ އަތޮޅު ޅައިމަގާ ހަމައަށް ގޮސްފައިވާ ކަމަށާއި، […]

ޝިއުނާ އާދަމް
ވެލާ ރިސޯޓުން ހަދިޔާ ކުރި ތަކެތި ނަރުދޫއަށް ގެންގޮސްފި 📍 ށ. ނަރުދޫ

ވެލާ ރިސޯޓުން ހަދިޔާ ކުރި ތަކެތި ނަރުދޫއަށް ގެންގޮސްފި

ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތި މިއަދު އެރަށަށް ގެންގޮސްފިއެވެ. އެތަކެތި މިއަދު އެރަށަށް ގެންދިޔައީ ހެނދުނު 11:40 ހާއިރު އެވެ. ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 3000 އަންގިއާއި، 3000 މާސްކާއި، 110 ޕީޕީއީ އަދި 2500 ގުޅަ ޕެނެޑޯލެވެ. ވެލާ ރިސޯޓުން އެތަކެތި އެރަށަށް ހަދިޔާ ކުރިއިރު އެރަށުން ކޯވިޑް-19 އަށް ޓެސްޓު ކުރި 52 މީހުންގެ ސާމްޕަލްގެ ނަތީޖާވެސް ވަނީ ލިބިފައެވެ. އޭގެ ތެރެއިން 41 […]

ޔުމްނާ ޢަލީ
ވެލާ އިން ނަރުދޫއަށް އެހީ ވަނީ

ވެލާ އިން ނަރުދޫއަށް އެހީ ވަނީ

ވެލާ ރިސޯޓުން ށ. ނަރުދޫއަށް މިވަގުތަށް އެންމެ ބޭނުންވެފައިވާ ސިއްޙީ ރައްކާތެރި ކަމުގެ އާލާތްތައް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ނަރުދޫ ކައުންސިލުން ބުނެފިއެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް “ތިލަދުން”އަށް ވިދާޅުވީ، ވެލާ ރިސޯޓުން އެރަށަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން 3000 މާސްކާއި، 3000 އަންގީގެ އިތުރުން އިތުރު ސިއްހީ ރައްކާތެރިކަމުގެ ބައެއް އާލާތް ވެލާ ރިސޯޓުން އެރަށަށް ދިނުމަށް ވަނީ ނިންމާފައެވެ. އެތަކެތި މިރޭ އެރަށަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ...

ޝިއުނާ އާދަމް
މާއުނގޫއަށް ލިބުނު ކަދުރު ރަށަށް ފޮނުވައިދޭން އެރަށު ފުލުހަކު އެހީތެރިވެއްޖެ

މާއުނގޫއަށް ލިބުނު ކަދުރު ރަށަށް ފޮނުވައިދޭން އެރަށު ފުލުހަކު އެހީތެރިވެއްޖެ

ރަމަޟާން މަހަށް އަރަބި ޤައުމު ތަކުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރުގެ ތެެރެއިން ށ. މާއުނގޫދޫއަށް ލިބުނު ކަދުރު، މާލެ ފުރަބަންދު ވެފައިވާތީ އެ ރަށަށް ގެންދެވޭނެ ގޮތެއް ނެތިފައިވަނި ކޮށް، އެ ރަށަށް ނިސްބަތްވާ ފުލުހެއްގެ އެހީތެރިކަމާއި އެކު އެރަށަށް ގެންގޮސްފިއެވެ. އެކަމާއި ގުޅިގެން މާއުނގޫދޫ ކައުންސިލުން ބުނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރެވިފައި ވާތީ 1441 ވަނަ އަހަރުގެ ރަމަޟާން މަހަށް އަރަބި ޤައުމު ތަކުން ހަދިޔާ ކުރި ކަދުރާއި ހަވާލުވުމަށް […]

ޔުމްނާ ޢަލީ
ކޯވިޑް-19: ށ. އަތޮޅުން 117 ސާމްޕަލް ނަގައިފި

ކޯވިޑް-19: ށ. އަތޮޅުން 117 ސާމްޕަލް ނަގައިފި

ރާއްޖޭގެ އަތޮޅުތަކުން އެންމެ ގިނަ މީހުން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. އަތޮޅުން ރޭ ދިހައެއް ޖެހުމާއި ހަމައަށް ޖުމްލަ 117 ސާމްޕަލް ނަގާފައިވާ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ މަޢުލޫމާތު ތަކުން ދައްކައިފިއެވެ. ށ. ފުނަދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު 3 މެއި 2020 ވަނަ ދުވަހުގެ ރޭ ގަނޑު 22:00 އާއި ހަމައަށް ޖުމްލަ 117 ސާމްޕަލެއް އެ އަތޮޅުން ކޯވިޑަށް ޓެސްޓު […]

ޝިއުނާ އާދަމް
ށ. އަތޮޅު ކައުންސިލުން "ކޮވިޑް-19 ވިޔަވަތި އިމަރޖެންސީ ފަންޑު" އުފައްދައިފި

ށ. އަތޮޅު ކައުންސިލުން "ކޮވިޑް-19 ވިޔަވަތި އިމަރޖެންސީ ފަންޑު" އުފައްދައިފި

ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަން ށ.އަތޮޅުގެ ބައެއް ރަށްރަށުގައި ފެތުރެން ފެށުމާ ގުޅިގެން މި ވަބާއިން ރައްކާތެރިވުމަށް ރަށްރަށުގައި ޤާއިމުކުރެވިފައިވާ އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރުތަކާއި، ސޯޝަލް ސަޕޯޓް ޑެސްކުތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ބާރުވެރިކުރުމުގެ ގޮތުން ށ. އަތޮޅުކައުންސިލުން ކޮވިޑް 19 ވިޔަވަތި އިމަރޖެންސީ ފަންޑެއް އުފެއްދުމަށް ނިންމައިފިއެވެ. 2020 މެއި 2ވަނަ ދުވަހުގެ މެންދުރުފަހު 1:00ގައި ކޮންފަރެންސްކޮށް ބޭއްވުނު އެ ކައުންސިލްގެ ތިންވ...

އިބްރާހިމް އަސްވާޤް
ނަރުދޫގެ ސިއްހީ ހާލަތާމެދު އިދިކޮޅުގެ ބޮޑެތި ކަންބޮޑުވުންތަކެއް! 📍 ށ. ނަރުދޫ

ނަރުދޫގެ ސިއްހީ ހާލަތާމެދު އިދިކޮޅުގެ ބޮޑެތި ކަންބޮޑުވުންތަކެއް!

މާލެ ފިޔަވާ އެންމެން ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ށ. ނަރުދޫގެ ހާލަތާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ. އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ ރަށުގައި މި ފަދަ ހާލަތަކަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދޭނެ ޓީމެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެ […]

އިބްރާހިމް އަސްވާޤް
ސަރުކާރުގެ ވަފުދެއް ނަރުދޫއަށް 📍 ށ. ނަރުދޫ

ސަރުކާރުގެ ވަފުދެއް ނަރުދޫއަށް

މާލެ ފިޔަވައި އެއްރަށަކުން އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫއަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ޒިޔާރަތް ކުރަށްވައިފިއެވެ. އެ ވަފުދުގައި ހިމެނި ވަޑައިގަންނަވަނީ ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ﷲ ފައިރޫޟްއެވެ. އޭގެ އިތުރުން އެމްއެންޑީއެފުގެ ބޭފުޅުންވެސް އެ ވަފުދާއި އެކު އެރަށަށް […]

ޝިއުނާ އާދަމް
ރައްކާތެރި ކަމުގެ އާލާތް ރަށުން ލިބެން ނެތުމުން ނަރުދޫ ކަންބޮޑުވެފައި 📍 ށ. ނަރުދޫ

ރައްކާތެރި ކަމުގެ އާލާތް ރަށުން ލިބެން ނެތުމުން ނަރުދޫ ކަންބޮޑުވެފައި

ކޯވިޑް-19 އަށް މިހާރު ދިހަ މީހުން ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫން ރައްކާތެރި ކަމަށް ބޭނުން ކުރާނެ އާލާތް ލިބެން ނެތުމުން އެރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. ނަރުދޫގެ ހާލަތާއިމެދު ކަންބޮޑުވާ ބައެއް މީހުން ބުނެފައިވަނީީ އިތުރު ދެ މީހުން އެރަށުގައި ކޯވިޑަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 10 އަށް އަރާފައިވާއިރު، ކޮންޓެކްޓް ޓްރޭސިން ވަރަށް ބޮޑުވެފައިވާ ކަމަށާއި، ރައްޔިތުންގެ ހާސްކަން ވަރަށް ބޮޑުކަމަށެވެ. ރަށުގެ ހުރިހަމައެކަނި ޑޮކްޓަރާއި، އެރަށުގެ ދެ […]

އަލީ އާދިލް
މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ 📍 ށ. މިލަންދޫ

މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ

ށ. މިލަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްވި 8 މީހުންގެ ތެރެއިން 7 މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށް މިލަންދޫ ހެލްތު ސެންޓަރުން ބުނެފިއެވެ. އެ 7 މީހުންގެ ނަތީޖާވެސް ނެގެޓިވު ވެފައިވާ ކަމަށާއި، ބާކީ ނަތީޖާ ނުލިބޭ މީހާގެ ނަތީޖާ ނެގެޓިވު ވުމަކީ އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާ ކަމަށް މިލަންދޫ ސިއްޙީމަރުކަޒުން ވަނީ ބުނެފައެވެ. އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެ އަތޮޅު ނަރުދޫ އަމާޒު ބޯޓުން އެ […]

ޝިއުނާ އާދަމް
ކޯވިޑް-19: ނަރުދޫން އިތުރު 2 މީހުން ޕޮޒިޓިވް ވެއްޖެ 📍 ށ. ނަރުދޫ

ކޯވިޑް-19: ނަރުދޫން އިތުރު 2 މީހުން ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫން އިތުރު 2 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށަށް އަންގައިފި އެވެ. މި 2 މީހުން ޕޮޒިޓިވް ވުމުން މިހާރު އެރަށުން ޕޮޒިޓިވްވި، މީހުންގެ ޢަދަދު ޖުމްލަ 10 އަށް އެރީއެވެ. އެރަށުން އިތުރަށް ޕޮޒިޓިވްވެފައި ވަނީ އަންހެނަކާއި އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ އަންހެން މީހާއަކީ މީގެ ކުރިން އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ އަންހެނުންނެވެ. ރޭ ޕޮޒިޓިވް […]

ޝިއުނާ އާދަމް