މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޭދޫ (145 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
145 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޭދޫގެ އެންމެ ފަހުގެ ޚަބަރުތައް

145 ޚަބަރުގެ ތެރެއިން
ޝަންޓޭގެ މޮޅު ކުޅުމާއެކު ޑާކް ވުޑުން ފޭދޫ ކައުންސިލް ކަޕް ކާމިޔާބުކޮށްފި 📍 ށ. ފޭދޫ

ޝަންޓޭގެ މޮޅު ކުޅުމާއެކު ޑާކް ވުޑުން ފޭދޫ ކައުންސިލް ކަޕް ކާމިޔާބުކޮށްފި

ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފޭދޫ ކައުންސިލް ކަޕްގެ ފައިނަލުގައި އެން ކްލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޑާކް ވުޑުން ހޯދައިފިއެވެ. ކްލަބް ޑާކް ވުޑުން މި މުބާރާތުގެ ތަށި އުފުލައިލީ ފައިނަލް މެޗުގައި 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެން ކްލަބް ބަލިކުރުމަށްފަހުގައެވެ. މި މެޗުން ބަލިވި އެން ކްލަބަކީ ވޭތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ޗެމްޕިއަންކަން ހޯދި […]

ޝިއުނާ އާދަމް
ފީވަކާއި ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދަ ހޯކްސް އަށް 📍 ށ. ފޭދޫ

ފީވަކާއި ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދަ ހޯކްސް އަށް

ށ. ފީވަކާއި އެ އަތޮޅު ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކޮއްފިއެވެ. ފީވައް ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށު ބަނދަރުގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިމެއް ދޫކޮއްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެ ކޮމްޕެނީއާ ވެވުނު އެއްބަސްވުމުގެ މުއްދަތަކީ 40 އަހަރު ކަމަށް ވެސް އެ ކައުންސިލުން ހާމަކޮއްފައިވެއެވެ. މީގެއިތުރުން އެ އަތޮޅު ފޭދޫގައި ވެސް، ފިއުލް ޝެޑް ގާއިމުކުރުމަށާއި ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރެވުނު ބިމުގެ އެއްބ...

ފާތިމަތު ސަޙާ
ށ.ފޭދޫގައި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮއްފި 📍 ށ. ފޭދޫ

ށ.ފޭދޫގައި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮއްފި

ށ. ފޭދޫގައި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. ފޭދޫ ސިއްހީ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު އެ މަރުކަޒަށް ފަރުވާ ހޯދުމަށް ދައްކާ ބަލިމީހުންގެ ރެކޯޑްތަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، ބަލިޖެހިފައިވާ ކުދިން ސްކޫލަ...

ފާތިމަތު ސަޙާ
ށ.ފޭދޫ ކައުންސިލުން ބޭއްވި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ނިންމާލައިފި 📍 ށ. ފޭދޫ

ށ.ފޭދޫ ކައުންސިލުން ބޭއްވި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ނިންމާލައިފި

ށ. ފޭދޫ ކައުންސިލުން، އެ ރަށުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭއްވި “މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އެ ކައުންސިލުން ބުނާ ގޮތުގައި މިއީ މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. އަދި ޕްރޮގްރާމްގެ ސެޝަންތައް ވެސް ނަންގަވައިދެއްވާފައިވަނީ މިނިސްޓްރީގެ މުދައްރިބުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ޚާއްސަކޮށް ގެން ކުރިޔަށް ގެންދެވުނު ސެޝަންގައި އަލިއަޅުވާލައިފައިވަނީ  އިޙްސާސްތ...

ފާތިމަތު ސަޙާ
ށ. ފޭދޫގައި ވިޔަފާރި ކުރަން 20 އަހަރަށް ހަތަރު ބިން ކުއްޔަށް ދޫކުރަނީ 📍 ށ. ފޭދޫ

ށ. ފޭދޫގައި ވިޔަފާރި ކުރަން 20 އަހަރަށް ހަތަރު ބިން ކުއްޔަށް ދޫކުރަނީ

ށ. ފޭދޫގައި ވިޔަފާރި ކުރުމަށްޓަކައި 20 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ހަތަރު ބިމެއް 20 އަހަރުގެ މުއްދަތަށް ވިޔަފާރި ބިމުގެ ގޮތުގައި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓ...

އިބްރާހިމް އަސްވާޤް
ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި 📍 ށ. ފޭދޫ

ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ށ. ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދަނޑުވެރިކަމަށް ބިން ދޫކުުރުމުގެ މަޤްޞަދަކީ އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ފުރުޞަތު ފަހިކޮށްދީ، ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމާޢި ފުދުންތެރި ރައްޔިތުން އުޅޭ ރަށަކަށް ހެދުންކަމުގައި ކައުންސިލުން މަޢުލޫމާތު ދެއެވެ.  އަދި އެ އުޞޫލުގެ ދަށުން ކޮންމެ ބިމެއް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އެ ބިމެއް އެ މީހެއްގެ ކިބައި...

ފާތިމަތު ސަޙާ
ށ.ފޭދޫ އަންހެނުންގެ ކޮމެޓީގެ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ށ. ފޭދޫ

ށ.ފޭދޫ އަންހެނުންގެ ކޮމެޓީގެ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރަށުގެ އަންހެނުންގެ ދުޅަހެޔޮކަން އިތުރުކުރުމާއި، ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ ގޮތެއްގައި ބައްޓަންކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ތަފާތު އެކި ކަސ...

ޔުމްނާ ޢަލީ
ށ.ފޭދޫގައި ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް 📍 ށ. ފޭދޫ

ށ.ފޭދޫގައި ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް

ށ. ފޭދޫގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީ، ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ މި ރަށުގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް 17 އޭޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:10 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން މައުލޫމާތު […]

ޔުމްނާ ޢަލީ
އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި 📍 ށ. ފޭދޫ

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބުނީ އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާކަމަށެވެ. އެހެންވެ، އެ އޮފީހުން ވަނީ ފޭދޫ ކައުންސިލަށް މަރުޙަބާ ކިޔާފައެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ފާހަަގަކޮށްފައިވާގޮތުގައި ށ. ފޭދޫ ކައުންސިލަކީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއ...

ޔުމްނާ ޢަލީ
ފޭދޫއަށް ގިނަ މަޝްރޫޢުތަކެއް، ނިންމައިދޭނީ ރައްޔިތުން އެދުނުގޮތަށް 📍 ށ. ފޭދޫ

ފޭދޫއަށް ގިނަ މަޝްރޫޢުތަކެއް، ނިންމައިދޭނީ ރައްޔިތުން އެދުނުގޮތަށް

ށ. ފޭދޫއަށް ގިނަ މަޝްރޫޢުތަކެއް ހިންގައިދެއްވާނެ ކަމަށާއި، އެ މަޝްރޫޢުތައް ނިންމައިދޭނީ ރަށުގެ ރައްޔިތުން އެދުނުގޮތަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ފޭދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ އެރަށުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރަށްވާފައެވެ. މިގޮތުން އެރަށުގައި މޫދަށް އެ...

ޔުމްނާ ޢަލީ
ށ.ފޭދޫ ގޮނޑުދޮށް ހިމާޔަތްކޮށް, މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއަށް 📍 ށ. ފޭދޫ

ށ.ފޭދޫ ގޮނޑުދޮށް ހިމާޔަތްކޮށް, މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. ސަރުކާރުން މި ދެ މަޝްރޫޢު ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޭދޫ އަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ...

އައިޝަތު އައިނީ އާމިރު
ފޭދޫ ގައި އަޅަންފަށާފައި ހުރި ކުލާސް ރޫމްތަކާއި ހޯލްގެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި 📍 ށ. ފޭދޫ

ފޭދޫ ގައި އަޅަންފަށާފައި ހުރި ކުލާސް ރޫމްތަކާއި ހޯލްގެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ށ. ފޭދޫގައި އަޅަން ފަށާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގު ހޯއްދަވައި އެ މަސައްކަތް ނިންމައިދޭނެކަމުގެ ޔަގީކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ވަޑައިގަތް ފުރަތަމަ މަންޒިލަކީ އެ އަތޮޅު ފޭދޫއެވެ. އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި ގޮތުގައި، ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަޑުޖެހި...

ޔުމްނާ ޢަލީ
ށ.ފޭދޫ އާއި ބިލެތްފަހީ ފިޓްނަސް ސެންޓަރުގައި ބިންގާ އަޅައިފި 📍 ށ. ފޭދޫ

ށ.ފޭދޫ އާއި ބިލެތްފަހީ ފިޓްނަސް ސެންޓަރުގައި ބިންގާ އަޅައިފި

ށ. ފޭދޫ އަދި ށ. ބިލެތްފަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ. މި މަޝްރޫޢުތަކުގެ އިމާރާތުގައި ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޭދޫ އަށާއި ބިލެތްފައްސަށް ކުރެއްވި ޒިޔާރާތުގައެވެ. ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްގެން ޤާއިމްކުރާ ފޭދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހ...

އައިޝަތު އައިނީ އާމިރު
ށ.ފޭދޫ ކައުންސިލުން ރަށު ޞިއްޙީ މަރުކަޒަށް ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި 📍 ށ. ފޭދޫ

ށ.ފޭދޫ ކައުންސިލުން ރަށު ޞިއްޙީ މަރުކަޒަށް ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ށ. ފޭދޫ ކައުންސިލުން އެ ރަށު ޞިއްޙީ މަރުކަޒަށް ޚިދުމަތް ދިނުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްދީފިއެވެ. މި މަސައްކަތަކީ ފޭދޫ ކައުންސިލުން 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ފޭދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިމަނާފައިވާ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. އެގޮތުން ކައުންސިލުން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ބޮޑީ ކޮމްޕޮސިޝަން މޮނީޓަރ، ބްލަޑް ގްލޫކޯސް މީޓަރ، ބީޕީ މޮނިޓަރ އަދި މީގެ އިތުރުންވެސް މަރުކަޒަށް ބޭނުންތެރި ތަކެތި ހިމެނެއެވެ. މި […]

އައިޝަތު އައިނީ އާމިރު
ށ.ފޭދޫގައި ހުމާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އެދެފި 📍 ށ. ފޭދޫ

ށ.ފޭދޫގައި ހުމާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އެދެފި

ށ. ފޭދޫގައި ހުމާއި އަރިދަފުސް ރޯގާ އިތުރުވުމާއި ގުޅިގެން ސަމާލުވުމަށް ފޭދޫ ޞިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު ފޭދޫ ޞިއްޙީ މަރުކަޒުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، މިދުވަސްވަރު އެ މަރުކަޒަށް ދައްކަމުންދާ ބަލިމީހުންގެ ރެކޯޑުތަކަށް ބަލާއިރު ހުމާއި، އަރިދަފުސް ރޯގާ ޖެހިގެން ދައްކަމުންދާ ބަލިމީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ.  އެގޮތުން، އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާ...

އައިޝަތު އައިނީ އާމިރު