މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
އަހްމަދުގެ ވަދާއީ މެސެޖު: އަބަދުވެސް ހުންނާނީ ފުނަދޫއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި 📍 ށ. ފުނަދޫ

އަހްމަދުގެ ވަދާއީ މެސެޖު: އަބަދުވެސް ހުންނާނީ ފުނަދޫއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި

ށ. ފުނަދޫ ކައުންސިލް ހުނިޖަހައިލެވެނީ ކޮންމެ ދައުރެއްގައިހެން އުތުރުގެ ސަރަހައްދުން އެންމެ ހިންގުންތެރި އެއް ކައުންސިލްގެ ގޮތުގައެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެކި އެވޯޑްތައް އެ ކައުންސިލުން ހޯދަމުންދާ މިންވަރު ފުދެއެވެ. ފުނަދޫއަށް މިއަދު އައިސްފައިވާ ތަރައްގީގެ ފަހަތުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި އިހުލާސްތެރި ގުރުބާނީތަކެއް ވާއިރު، އޭގެ ތެރެއިން ފޭއްދިގެން އަންނަ އެއް ނަމަކީ ކައުންސިލްގެ މިނިމިދާ ދައުރުގެ ރައީސް އަހްމަދު އިބްރާހީމްފ...

ޔުމްނާ ޢަލީ
ފުނަދޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވަޒީރު ޝިޔާމްއާއެކު މަޝްވަރާކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވަޒީރު ޝިޔާމްއާއެކު މަޝްވަރާކޮށްފި

ށ. ފުނަދޫގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްގެ އިތުރުން، އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލް ބައިވެރިވެލެއްވިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮ...

ޝިއުނާ އާދަމް
ކެލާ އާއި ފުނަދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި 📍 ހއ. ކެލާ

ކެލާ އާއި ފުނަދޫ ސަރަހައްދުގައި ވަދު ކަނދުފަތި އަޅައިފި

ހއ. ކެލާ އާއި ށ. ފުނަދޫ ސަރަހައްދުގައި މަސްވެރިކަމަށް ޚާއްޞަ ކަނދުފަތިތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯސަން ރިސޯސަސް އިން ގާއިމްކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 06 މޭ 2026 ވަނަ ދުވަހު ވަނީ ހއ. ކެލާގެ އުތުރުން 17 މޭލު ބޭރުގައި ދޮށީ ކަނދުފަތި (ނަންބަރު: B09D01-03) ގާއިމްކޮށްފައެވެ. މީގެ އިތުރުން، 05 މޭ 2026 ވަނަ ދުވަހު ށ. ފުނަދޫގެ އިރުއުތުރުން 11.5 މޭލު ބޭރުގައި ވެސް ވަނީ ދޮށީ […]

އަޙްމަދު ވަހީދު
ފުނަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް 📍 ށ. ފުނަދޫ

ފުނަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ފުނަދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިޚާބުގައި ފުނަދޫގެ ގޮނޑިތަކަށް އިދިކޮޅު އެމްޑީޕީން ވާދަކޮށްފައެއްނުވެއެވެ. މި ގޮނޑިތަކަށް ޕީއެންސީގެ ކެންޑިޑޭޓުންނާއި ވާދަކުރީ މިނިވަން ކެންޑިޑޭޓުންނެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ފުނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ...

ޔުމްނާ ޢަލީ
ދިއްދޫ، ފުނަދޫ، މިލަންދޫ ހިމެނޭހެން މުޅިން އަލަށް ޕަބްލިކް ވަރކްސް ޔުނިޓްތައް ގާއިމުކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ، ފުނަދޫ، މިލަންދޫ ހިމެނޭހެން މުޅިން އަލަށް ޕަބްލިކް ވަރކްސް ޔުނިޓްތައް ގާއިމުކުރަނީ

އަތޮޅުތަކުގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ޤާއިމު ކުރާ ރަށްތަކާއި، އެ ތަންތަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްކުގެ އަދާހަމަ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު ހިއްސާކުރައްވައިފިއެވެ. މިނިސްޓަރ މި މަޢުލޫމާތު ހިއްސާކުރެއްވީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. ޖުމްލަ 19 އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ވަނީ ނިންމާފައެވެ. 19 ރީޖަނަލް ޔުނިޓަށާއި 4 މޮބައިލް...

އައިޝަތު ޢާދަމް
އަހަރެއް ތެރޭ ނިންމާގޮތަށް ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި 📍 ށ. ފުނަދޫ

އަހަރެއް ތެރޭ ނިންމާގޮތަށް ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި

މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ދަށުން ށ. ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. 17,500 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލައަށް ފުރިހަމަ ވަޞީލަތްތަކާއެކު ޤާއިމް ކުރާ މި ސެންޓަރުގައި ތަފާތު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާއެކު އައި.ސީ.ޓީ ލެބޯޓަރީއެއް ހުރެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރި...

އައިޝަތު ޢާދަމް
ފުނަދޫގައި ތަރައްގީކުރާ ސިފައިންގެ ވައިގެ މަރުކަޒު މިއަހަރު ހުޅުވޭނެ: ރައީސް 📍 ށ. ފުނަދޫ

ފުނަދޫގައި ތަރައްގީކުރާ ސިފައިންގެ ވައިގެ މަރުކަޒު މިއަހަރު ހުޅުވޭނެ: ރައީސް

ށ. ފުނަދޫގައި ތަރައްގީކުރާ އެމްއެންޑީއެފް އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަންގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަން ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކުރަމ...

ޔުމްނާ ޢަލީ
ފުނަދޫގައި ވެސް ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް 📍 ށ. ފުނަދޫ

ފުނަދޫގައި ވެސް ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް

ށ. ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، ފުނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 3 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އ...

ޝިއުނާ އާދަމް
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) ގެ އިތުރުން ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ބާރަށުން ދެމީހަކު ހައްޔަރުކޮށްފައިވަނީ، ހަށިގަނޑުގައި ރައްކާކޮށްގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ […]

އަލީ އާދިލް
ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި 📍 ށ. ފުނަދޫ

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް މިރޭ ޖައްސައިފިއެވެ. ފުނަދޫ އަށް ރޭގަނޑު ދަތުރުތައް ފެށޭނެ ގޮތް ހައްދަވައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މިގޮތުން ފުނަދޫ އެއާޕޯޓްގައި އެ އިންތިޒާމް ހަމަޖެއްސުމަށްފަހު، މިރޭ އިރާކޮޅު މޯލްޑިވިއަންގެ ފްލައިޓެއް ވަނީ ޓެސްޓް ފްލައިޓެއްގެ ގޮތުގައި ޖައްސާފައެވެ. މި ފްލައިޓް ޖައްސަން ފުރަތަމަ ތާވަލުކުރީ ރޭގައެވެ. ނަމަވެސް ރޭ ރާއްޖޭގެ އުތުރުގެ ވިޒިބިލިޓީ ދަށްވުމުގެ ސަބަބުން މިރެއަށް މި ފްލައިޓް ލަސްކުރީއެވެ. މި...

ޔުމްނާ ޢަލީ
ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ ދައްފަޅު ކައިރީގައި އައު ބެންޗުތަކެއް ބަހައްޓައިފި 📍 ށ. ފުނަދޫ

ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ ދައްފަޅު ކައިރީގައި އައު ބެންޗުތަކެއް ބަހައްޓައިފި

ށ. ފުނަދޫ ސްކޫލާ ކައިރީގައި ހިތްފަސޭހަ މާހައުލެއްގައި، ގުދުރަތީ ރީތިކަން ފެންނަން ހުންނަ “ދައްފަޅު” ކައިރީގައި، އެރަށު ޔުނިޓީ ސްޕޯޓްސް އެކަޑަމީން އާ ބެންޗުތަކެއް ބަހައްޓައިފިއެވެ. އެ އެކަޑަމީން ބުނީ، މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނާއި ބެލެނިވެރިންނަށް ހިތްފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމެއް ވަނީ ހަމަޖެހިފައިކަމަށެވެ. ފުނަދޫ ޔުނިޓީ އެކަޑަމީން ކުރިއަށް ގެންދިޔަ މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. އ...

ޔުމްނާ ޢަލީ
ފުނަދޫގެ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ވަނީ ސާބިތުކޮށްދީފައި: މަމްދޫހް 📍 ށ. ފުނަދޫ

ފުނަދޫގެ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ވަނީ ސާބިތުކޮށްދީފައި: މަމްދޫހް

މި ސަރުކާރަށް ފުނަދޫގެ ރައްޔިތުންގެ ތާއީދު އޮތްކަން އެ ރަށްޔިތުން ވަނީ ސާބިތުކޮށްދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހު 15 ވަނަ ދުވަހު (ބުދަ) ފުނަދޫ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅާއި ގުޅުވައި މެމްބަރު މަމްދޫހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަކީ ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރު […]

ޔުމްނާ ޢަލީ
ފުނަދޫ އެމްއެންޔޫ ކެމްޕަހާއި ހޮސްޕިޓަލްގެ އައު އިމާރާތާއި ބަނދަރު އަޕްގްރޭޑްކޮށް އިތުރު މަގުތައް ހަދަން ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ އެމްއެންޔޫ ކެމްޕަހާއި ހޮސްޕިޓަލްގެ އައު އިމާރާތާއި ބަނދަރު އަޕްގްރޭޑްކޮށް އިތުރު މަގުތައް ހަދަން ހަވާލުކޮށްފި

ށ. ފުނަދޫ ގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށާއި، ހޮސްޕިޓަލްގެ އައު އިމާރަތަކާއި، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އަދި އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފުނަދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެ...

އައިޝަތު އައިނީ އާމިރު
ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓް ހުޅުވައިފި 📍 ށ. ފުނަދޫ

ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓް ހުޅުވައިފި

ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓް މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައިދެއްވާފައެވެ. މި އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ޕްލާންޓެކެވެ. ރައީސް މުޢިއްޒު މި އައިސްޕްލާންޓް ހުޅުއްވައިދެއްވާފައި ވަނީ އެމަނިކުފާނު މިހާރު ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ފުނަދޫގައި މި އައިސްޕްލާންޓް ޤާއިމްކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވ...

ޔުމްނާ ޢަލީ
ފުނަދޫ އަންހެނުންގެ ކޮމިޓީން އެ ރަށުގައި ވޮލީ ބޯޅަ ތަމްރީނު ޕްރޮގްރާމެއް 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމިޓީން އެ ރަށުގައި ވޮލީ ބޯޅަ ތަމްރީނު ޕްރޮގްރާމެއް

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން އެ ރަށުގައި ވޮލީ ބޯޅަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. އެ ކޮމިޓީގެ އިސްނެގުމުގެ ދަށުން ފުނަދޫގައި މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ށ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކުއެވެ. މިގޮތުން މިދިޔަ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމަކީ 15 ދުވަހުގެ މުއްދަތުގެ ޕްރޮގްރާމެކެވެ. މުޅި ޖުމްލަ 80 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ތަމްރީނުގައި، އަލަށް ވޮލީ […]

އައިޝަތު އައިނީ އާމިރު