މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ނަރުދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނަރުދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ނަރުދޫން ކޯވިޑަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫން ކޯވިޑަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ

ށ. ނަރުދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 11 މީހުންވެސް އެބަލިން ރަނގަޅުވެއްޖެއެވެ. އެ ހުރިހާ މީހުންވެސް އެބަލިން ރަނގަޅު ވުމުން މިއަދު ވަނީ ނަރުދޫއަށް ގެންގޮސްފައެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު “ތިލަދުން” އަށް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެންވެސް މިހާރު ބަލިން ފަސޭހަވުމުން ރަށަށް ގެނެސްފައިވާ ކަމަށެވެ. މިކަންވަނީ ކައުންސިލް މެމްބަރު ނިޒާރުގެ އިތުރުން އެރަށުގެ ކައުންސިލް ރައީސް އަހުމަދު އާރިފްވެސް ކަށަވަރުކޮށް ދެއްވާފައެވެ. ނިޒާރު ވިދާޅުވީ އެރަށުން އެބަލި ހުރިތޯ...

ޝިއުނާ އާދަމް
ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދެއްކެވީ މެމްބަރު ޢަލީ ރިޟާ 📍 ށ. ނަރުދޫ

ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދެއްކެވީ މެމްބަރު ޢަލީ ރިޟާ

މާލެއިން ފިޔަވާ ރާއްޖޭގެ ރަށަކުން އެންމެ ގިނަ ކޯވިޑް19ގެ ކޭސްތައް ފެނުނު ރަށް ކަމަށްވާ ށ. ނަރުދޫގެ ހުރިހާ ގޭބީސީއެއްގެ ކަރަންޓު ބިލު، އެ ރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ ހަރަދުގައި ދައްކަވައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދޫ ހިމެނޭ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާ ވަނީ ނަރުދޫގެ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކަވައިފަ އެވެ. އެރަށޫން ވާހަކަ ދެއްކި މީހަކު […]

އަލީ އާދިލް
34 ދުވަސް ފަހުން ނަރުދޫ މޮނިޓަރިންގ ހާލަތުން ނަގައިފި 📍 ށ. ނަރުދޫ

34 ދުވަސް ފަހުން ނަރުދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

25 އޭޕްރިލް 2020 ވަނަ ދުވަހު ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައި އޮތް އޮތުން 34 ދުވަސް ފަހުން ނިމުމަކަށް ގެނެސްފިއެވެ. އެޗްޕީއޭއިން ނަރުދޫ މޮނިޓަރިންގ ހާލަތުންނެގީ 29 މެއި 2020 ވަނަ ދުވަހުގެ ރޭ 23:35 ގައެވެ. އެ ރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައިވަނީ، އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި […]

ޝިއުނާ އާދަމް
ކޮމަންޑޫ ރައްޔިތުންގެ ހިތުގައި ނަރުދޫ ރައްޔިތުންނަށް އޮތް ލޯބި ދައްކާލައިފި 📍 ށ. ނަރުދޫ

ކޮމަންޑޫ ރައްޔިތުންގެ ހިތުގައި ނަރުދޫ ރައްޔިތުންނަށް އޮތް ލޯބި ދައްކާލައިފި

އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ނަރުދޫ ރައްޔިތުންނަށް ބޭނުންވާނޭ ގިނަ ޢަދަދެއްގެ ޒަރޫރީ ތަކެތި، އެ އަތޮޅު ކޮމަންޑޫ ރައްޔިތުންގެ ފަރާތުން މިއަދު ހަދިޔާ ކޮށްފިއެވެ. މިއަދު މެންދުރު ފަހު 14:30 ހާއިރު ކޮމަންޑޫގެ ކަންނެލި ދެދޯނީގައި ނަރުދޫ ރައްޔިތުންނަށް ވަނީ މިހާލަތުގައި އެ ރައްޔިތުން ބޭނުން ވާނޭ ގިނަ ޢަދަދެއްގެ ތަކެތި ގެންގޮސް ހަދިޔާކޮށްފައެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް ” […]

ޔުމްނާ ޢަލީ
ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް އެހީއެއް! 📍 ށ. ފުނަދޫ

ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް އެހީއެއް!

ށ.ފުނަދޫ ރައްޔިތުންގެ ފަރާތުން ށ.ނަރުދޫގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ފުނަދޫ އިން މި ނޫހަށް މައުލޫމާތު ދެއްވި  މީހަކު ވިދާޅުވީ  މިއީ މުޅި ނަރުދޫއައް ފޯރުކޮށްދެއްވައިފައި  އެހީތެރިކަމެއް ކަމަށެވެ. އަދި މި ތަކެތީގެ ތެރޭގައި ހިމެނެނީ ބޯފެން، ކަނޑުމަސް، މަސްދަޅު، ނޫޑުލްސް އަދި ޕާން ފަދަ ތަކެއްޗާއި މީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ބްލިޗް އާއި އޯމޯ ފަދަތަކެތި ހިމެނެއެވެ. “މި އެހީތެރިކަމަކީ ފުނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނ...

ޖަލްވާން ޖާދުﷲ
ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް 📍 ށ. ނަރުދޫ

ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް

އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ އަތޮޅު ގޮއިދޫ ޒުވާނުންގެ ފަރާތުން، ރޯ މަސް ހަދިޔާކޮށް ނަމޫނާ ދައްކައިފިއެވެ. މިގޮތުން ގޮއިދޫ ޒުވާނުން ވަނީ ނަރުދޫގެ ކޮންމެ ގޭ ބިސީއަކަށް 4 ކިލޯ ރޯމަސް ހަދިޔާ ކޮށްފައިއެވެ. އެ މަސައްކަތުގައި އިސްކޮށް އުޅު ގޮއިދޫ ޒުވާނެއް ކަމަށްވާ އިބްރާޙީމް ނިސާމް “ތިލަދުން”އަށް ބުނީ ގޮއިދޫ ޒުވާނުންގެ ފަރާތުންނާއި، ގޮއިދޫ ރައްޔިތުންގެ ނަމުގައި ނަރުދޫގެ އަޚުންނާއި، […]

ޝިއުނާ އާދަމް
ވެލާ ރިސޯޓުން ހަދިޔާ ކުރި ތަކެތި ނަރުދޫއަށް ގެންގޮސްފި 📍 ށ. ނަރުދޫ

ވެލާ ރިސޯޓުން ހަދިޔާ ކުރި ތަކެތި ނަރުދޫއަށް ގެންގޮސްފި

ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތި މިއަދު އެރަށަށް ގެންގޮސްފިއެވެ. އެތަކެތި މިއަދު އެރަށަށް ގެންދިޔައީ ހެނދުނު 11:40 ހާއިރު އެވެ. ވެލާ ރިސޯޓުން ނަރުދޫއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 3000 އަންގިއާއި، 3000 މާސްކާއި، 110 ޕީޕީއީ އަދި 2500 ގުޅަ ޕެނެޑޯލެވެ. ވެލާ ރިސޯޓުން އެތަކެތި އެރަށަށް ހަދިޔާ ކުރިއިރު އެރަށުން ކޯވިޑް-19 އަށް ޓެސްޓު ކުރި 52 މީހުންގެ ސާމްޕަލްގެ ނަތީޖާވެސް ވަނީ ލިބިފައެވެ. އޭގެ ތެރެއިން 41 […]

ޔުމްނާ ޢަލީ
ވެލާ އިން ނަރުދޫއަށް އެހީ ވަނީ

ވެލާ އިން ނަރުދޫއަށް އެހީ ވަނީ

ވެލާ ރިސޯޓުން ށ. ނަރުދޫއަށް މިވަގުތަށް އެންމެ ބޭނުންވެފައިވާ ސިއްޙީ ރައްކާތެރި ކަމުގެ އާލާތްތައް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ނަރުދޫ ކައުންސިލުން ބުނެފިއެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް “ތިލަދުން”އަށް ވިދާޅުވީ، ވެލާ ރިސޯޓުން އެރަށަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން 3000 މާސްކާއި، 3000 އަންގީގެ އިތުރުން އިތުރު ސިއްހީ ރައްކާތެރިކަމުގެ ބައެއް އާލާތް ވެލާ ރިސޯޓުން އެރަށަށް ދިނުމަށް ވަނީ ނިންމާފައެވެ. އެތަކެތި މިރޭ އެރަށަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ...

ޝިއުނާ އާދަމް
ނަރުދޫގެ ސިއްހީ ހާލަތާމެދު އިދިކޮޅުގެ ބޮޑެތި ކަންބޮޑުވުންތަކެއް! 📍 ށ. ނަރުދޫ

ނަރުދޫގެ ސިއްހީ ހާލަތާމެދު އިދިކޮޅުގެ ބޮޑެތި ކަންބޮޑުވުންތަކެއް!

މާލެ ފިޔަވާ އެންމެން ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ށ. ނަރުދޫގެ ހާލަތާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ. އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ ރަށުގައި މި ފަދަ ހާލަތަކަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދޭނެ ޓީމެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެ […]

އިބްރާހިމް އަސްވާޤް
ސަރުކާރުގެ ވަފުދެއް ނަރުދޫއަށް 📍 ށ. ނަރުދޫ

ސަރުކާރުގެ ވަފުދެއް ނަރުދޫއަށް

މާލެ ފިޔަވައި އެއްރަށަކުން އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫއަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ޒިޔާރަތް ކުރަށްވައިފިއެވެ. އެ ވަފުދުގައި ހިމެނި ވަޑައިގަންނަވަނީ ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ﷲ ފައިރޫޟްއެވެ. އޭގެ އިތުރުން އެމްއެންޑީއެފުގެ ބޭފުޅުންވެސް އެ ވަފުދާއި އެކު އެރަށަށް […]

ޝިއުނާ އާދަމް
ރައްކާތެރި ކަމުގެ އާލާތް ރަށުން ލިބެން ނެތުމުން ނަރުދޫ ކަންބޮޑުވެފައި 📍 ށ. ނަރުދޫ

ރައްކާތެރި ކަމުގެ އާލާތް ރަށުން ލިބެން ނެތުމުން ނަރުދޫ ކަންބޮޑުވެފައި

ކޯވިޑް-19 އަށް މިހާރު ދިހަ މީހުން ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫން ރައްކާތެރި ކަމަށް ބޭނުން ކުރާނެ އާލާތް ލިބެން ނެތުމުން އެރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. ނަރުދޫގެ ހާލަތާއިމެދު ކަންބޮޑުވާ ބައެއް މީހުން ބުނެފައިވަނީީ އިތުރު ދެ މީހުން އެރަށުގައި ކޯވިޑަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 10 އަށް އަރާފައިވާއިރު، ކޮންޓެކްޓް ޓްރޭސިން ވަރަށް ބޮޑުވެފައިވާ ކަމަށާއި، ރައްޔިތުންގެ ހާސްކަން ވަރަށް ބޮޑުކަމަށެވެ. ރަށުގެ ހުރިހަމައެކަނި ޑޮކްޓަރާއި، އެރަށުގެ ދެ […]

އަލީ އާދިލް
ކޯވިޑް-19: ނަރުދޫން އިތުރު 2 މީހުން ޕޮޒިޓިވް ވެއްޖެ 📍 ށ. ނަރުދޫ

ކޯވިޑް-19: ނަރުދޫން އިތުރު 2 މީހުން ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫން އިތުރު 2 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށަށް އަންގައިފި އެވެ. މި 2 މީހުން ޕޮޒިޓިވް ވުމުން މިހާރު އެރަށުން ޕޮޒިޓިވްވި، މީހުންގެ ޢަދަދު ޖުމްލަ 10 އަށް އެރީއެވެ. އެރަށުން އިތުރަށް ޕޮޒިޓިވްވެފައި ވަނީ އަންހެނަކާއި އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ އަންހެން މީހާއަކީ މީގެ ކުރިން އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ އަންހެނުންނެވެ. ރޭ ޕޮޒިޓިވް […]

ޝިއުނާ އާދަމް
ނަރުދޫ ރައްޔިތުންނަށްޓަކައި ޝަފީޤާ! 📍 ށ. ނަރުދޫ

ނަރުދޫ ރައްޔިތުންނަށްޓަކައި ޝަފީޤާ!

ށ. ނަރުދޫ، ކެނެރީގެ ޢުމުރުން 37 އަހަރުގެ ފާޠިމަތު ޝަފީޤާގެ މަސައްކަތްތެރި ކަމާއި، އެ ރަށަށް ޝަފީޤާ ހިލޭ ސާބަހަށް ދެމުންދާ މާސްކު ފަހައި ދިނުމުގެ ޚިދުމަތަކީ މިވަގުތު އެރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި އެއް ޚިދުމަތްކަން ޔަގީީނެވެ. ފެހުމުގެ މަސައްކަތުގައި 22 އަހަރު ހޭދަކޮށްފައިވާ ޝަފީޤާ، ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދުމަށް އިތުރު މަސައްކަތެއްގެ ގޮތުން މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެރަށު ކެފޭއެއްގައި ކޭޝިޔަރެއްގެ ވަޒީފާ އަދާ ކުރަން ފެށިއެވެ. ކެފޭގެ ވަޒީފާއަށް ދިޔަ ނަމަވެސް […]

ޙުސައިން ޝަހުދީ
ނަރުދޫން ފައްސިވި މީހުން ދޮނަކުޅިއަށް

ނަރުދޫން ފައްސިވި މީހުން ދޮނަކުޅިއަށް

ށ. ނަރުދޫން ޕޮޒިޓިވްވި މީހުން ދޮނަކުޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ނަރުދޫން ޕޮޒިޓިވްވި މީހުން މިހާރު އަންނަނީ ދޮނަކުޅި ރިސޯޓްގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކުރަމުން. މީގެ އިތުރުން ފަރުކޮޅުފުށީގެ ކަރަންޓީން ފެސިލިޓީގައި ތިބި މީހުން މިހާރު އަންނަނީ ބަނޑޮސް ރިސޯޓަށް ބަދަލުކުރަމުން. މާލެއިން ޕޮޒިޓިވް ވާ މީހުން ދެން ގެންދާނީ ބަނޑޮހަށް. މަބުރޫކް ވިދާޅު...

ޝިއުނާ އާދަމް
ފައްސިވި މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ނަރުދޫ ހާސް ކަމުގައި 📍 ށ. ނަރުދޫ

ފައްސިވި މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ނަރުދޫ ހާސް ކަމުގައި

ކޯވިޑް-19 އަށް ށ. ނަރުދޫން އިތުރު 7 މީހުން ފައްސިވެފައިވާއިރު، އެ މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ރައްޔިތުން ތިބީ ކަންބޮޑުވެ، ހާސްވެފައިކަމަށް ނަރުދޫ ކައުންސިލް މެމްބަރަކު ވިދާޅުވެއްޖެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު މިނޫހަށް ވިދާޅުވީ، އެ ރަށުން އިތުރު 7 މީހުން ކޯވިޑަށް ފައްސިވިކަން އަންގާފައި ވާއިރު، 24 ގަޑި އިރު ފާއިތު ވަމުންދާއިރު އެމީހުންނަށް އިތުރު ފަރުވާއެއް ނުދެވި، ކަރަންޓީނު ފެސިލިޓީއަށްވެސް ނުގެންދެވި ތިބުމުން ރައްޔިތުން ތިބީ ހާސްކަމާއި، ކަންބޮޑުވުމުގައި [...

އަލީ އާދިލް