މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ނަރުދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނަރުދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ނަރުދޫ ފަރަށް ބާޖު އެރުމުން ލިބުނު ގެއްލުން ބަލައިދިނުމަށް ކައުންސިލުން އީޕީއޭއަށް ހުށަހަޅައިފި 📍 ށ. ނަރުދޫ

ނަރުދޫ ފަރަށް ބާޖު އެރުމުން ލިބުނު ގެއްލުން ބަލައިދިނުމަށް ކައުންސިލުން އީޕީއޭއަށް ހުށަހަޅައިފި

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ފަރަށް ބާޖެއް ބީހުމާއި ގުޅިގެން، ފަރަށް ލިބުނު ގެއްލުން ބަލައިދިނުމަށް އެ ރަށު ކައުންސިލުން އީޕީއޭއަށް ހުށަހަޅައިފިއެވެ. އެ އަތޮޅު މިލަންދޫ ބަނދަރު ހެދުމަށް ބޭނުންވާ ތަކެތި ގެނައުމަށް ބޭނުން ކުރަމުން އަންނަ ބާޖެއް ނަރުދޫ އިރުމަތީ ފަރާތު ފަރަށް އަރާފައި ވަނީ މި ހަފްތާ އާދީއްތަ ދުވަހުހެ ހަވީރުގެ ވަގުތެއްގައެވެ. އެ ބާޖު ފުންކޮށްފައި ވަނީ އެ ރޭ ދަންވަރުއެވެ. ނަރުދޫ ކައުންސިލުން ބުނީ އެހާބޮޑު ބާޖެއް އެރަށު ފަރަށް އެރުމާއި […]

އިބްރާހިމް ޚަލީލް
ނަރުދޫގައި ކުރިއަށް ގެންދާ ގްރީންހައުސް ޕްރޮގްރާމުން ނަފާ ހޯދަން ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫގައި ކުރިއަށް ގެންދާ ގްރީންހައުސް ޕްރޮގްރާމުން ނަފާ ހޯދަން ފަށައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ށ. އަތޮޅު ނަރުދޫގައި ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮޖެކްޓްގެ ދަށުން އެ ރަށުގައި ގްރީން ހައުސްގައި ގަސް އިންދައި ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ބައިވެރިން ހެއްދި ގަސްތަކުން ނަފާ ހޯދަން ފަށައިފިއެވެ. ޖުމްލަ 16 ބައިވެރިންނާއިއެކު މި ޕްރޮގްރާމް އެ ރަށުގައި ފަށާފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމްގައި ގްރީންހައުސް ތައްޔާރުކުރާނެ ގޮތާއި މުޑުވަށް ކުރާނެ ގޮތުގެ އިތުރުން، މިކަމާއިގުޅ...

އިބްރާހިމް ޚަލީލް
ގްރީންހައުސްގައި ގަސް އިންދާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް ނަރުދޫގައި ފެށިގެން ކުރިއަށް 📍 ށ. ނަރުދޫ

ގްރީންހައުސްގައި ގަސް އިންދާނެގޮތުގެ ތަމްރީން ޕްރޮގްރާމެއް ނަރުދޫގައި ފެށިގެން ކުރިއަށް

ށ.އަތޮޅު ނަރުދޫގައި ގްރީންހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިގެން ކާމިޔާބު ކަމާއިއެކު ކުރިއަށް އެބަގެންދެއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ޕްރޮޖެކްޓެކެވެ. ޖުމްލަ 16 ބައިވެރިންނާއިއެކު މި ޕްރޮގްރާމް އެ ރަށުގައި ފަށާފައި ވަނީ ފާއިތުވި އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ނަރުދޫ ކައު...

އިބްރާހިމް ޚަލީލް
ނަރުދޫ ސްކޫލްގެ ތިން ބުރީގެ އިމާރާތް ނިމި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ސްކޫލްގެ ތިން ބުރީގެ އިމާރާތް ނިމި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފި

ށ. ނަރުދޫ ސްކޫލްގައި މި ސަރުކާރުން އިމާރާތްކުރި ތިން ބުރީގެ ޢިމާރާތް ނިމި، ބޭނުންކުރަން ފަށައިފިއެވެ. އެ އިމާރާތުގައި ކިޔަވައިދޭން ފަށާފައިވާއިރު، މިއަދުން ފެށިގެން އެ ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ. އެ ސްކޫލު ހިންގެވުމާ ހަވާލުވެހުންނެވި ހަސަން ސުޖާއު ‘ތިލަދުން’ އަށް ވިދާޅުވީ މި އިމާރާތް ރަސްމީކޮށް ހުޅުވައިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެރަށަށް ވަޑައިގެން ދަތުރުފުޅުގައި ކަމަށެވެ. އެހެންނަމަވެސް ކިޔަވައިދޭން ނުފެށި ހުރީ، ބައެއް ކަ...

މުޙައްމަދު އަފްރާޙް
ނަރުދޫ ސްކޫލުގެ އައު އިމާރާތާއި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަދި ފެނަކަ އިންޖީނުގެ ހުޅުވައިފި 📍 ށ. ނަރުދޫ

ނަރުދޫ ސްކޫލުގެ އައު އިމާރާތާއި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަދި ފެނަކަ އިންޖީނުގެ ހުޅުވައިފި

މިލަދުންމަޑުލު އުތުރުބުރީ، ނަރުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ ނަރުދޫ ސްކޫލުގެ 3 ބުރީގެ އައު އިމާރާތާއި  ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އަދި ފެނަކަ އައު އިންޖީނުގެ ރައީސް ސާލިހު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ށ. އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ. އެ ސްކޫލުގެ ތިންބުރީގެ އައު ޢިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމަކާއި،...

މުޙައްމަދު އަފްރާޙް
ނަރުދޫގައި ބޭއްވި ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި 📍 ށ. ނަރުދޫ

ނަރުދޫގައި ބޭއްވި ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ށ. ނަރުދޫގައި ބޭއްވި ފަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ށ. އަތޮޅު ކައުންސިލާއި ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ޖޫން ދިހަވަނަ ދުވަހުން ފެށިގެން އަށާރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެ ރަށުގެ 24 ކަނބަލަކު ވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ. މި ކޯހާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ […]

އިބްރާހިމް ޚަލީލް
ނަރުދޫ ސްޕޯޓްސް ފިއެސްޓާ: އިއްޔެގެ މެޗުތައް ކާމިޔާބުކުރީ ލެއިޓްވުލްފާއި ބްލެކް ކޯނާ އެފްސީ އަދި ފިއުރިއަސް 📍 ށ. ނަރުދޫ

ނަރުދޫ ސްޕޯޓްސް ފިއެސްޓާ: އިއްޔެގެ މެޗުތައް ކާމިޔާބުކުރީ ލެއިޓްވުލްފާއި ބްލެކް ކޯނާ އެފްސީ އަދި ފިއުރިއަސް

ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ “ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023” ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ލެއިޓްވުލްފާއި ބެލެކް ކޯނާ އެފްސީ އަދި ފިއުރިއަސް އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެއިޓްވުލްފާއި ފިއުރިއަސް ޖޫނިއާއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލެއިޓްވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެއިޓްވުލްފްގެ ޖޯޒީ ނަމްބަރު 26، […]

އިބްރާހިމް ޚަލީލް
ނަރުދޫ ސްޕޯޓްސް ފިއެސްޓާ: ފިއުރިއަސް ޖޭއާރާއި އެފްސީ ބިގް، ފުރަތަމަ މޮޅު ހޯދިއިރު އެންމެ ކުރީގައި ލެއިޓްވުލްފް 📍 ށ. ނަރުދޫ

ނަރުދޫ ސްޕޯޓްސް ފިއެސްޓާ: ފިއުރިއަސް ޖޭއާރާއި އެފްސީ ބިގް، ފުރަތަމަ މޮޅު ހޯދިއިރު އެންމެ ކުރީގައި ލެއިޓްވުލްފް

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ “ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023” ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް އެފްސީ ބިގާއި ފިއުރިއަސް ޖޫނިއާގެ އިތުރުން ލެއިޓްވުލްފުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެއިޓްވުލްފާއި ފިއުރިއަސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ލެއިޓްވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެއިޓްވުލްފްގެ ޖީޒީ ނަމްބަރު 26، މުހައްމަދު ޖުނެއިދުއެވެ. މި މުބާރާތުގައި [...

އިބްރާހިމް ޚަލީލް
ނަރުދޫ ސްޕޯޓްސް ފިއެސްޓާ: ބްލެކް ކޯނާއާއި ލެއިޓްވުލްފް ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ ސްޕޯޓްސް ފިއެސްޓާ: ބްލެކް ކޯނާއާއި ލެއިޓްވުލްފް ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ “ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023” ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ބްލެކް ކޯނާ އެފްސީއާއި ފިއުރިއަސް އަދި ލެއިޓްވުލްފުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލެކް ކޯނާ އެފްސީއާއި ފިއުރިއަސް ޖޫނިއާއެވެ. މި މެޗު 8-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކުރީ ބްލެކް ކޯނާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބްލެކް […]

އިބްރާހިމް ޚަލީލް
ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި

ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ‘’ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023’’ އިއްޔެ ފަށައިފިއެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ މި ފިއެސްޓާ ހުޅުވި މެޗު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) އެވެ. މި ފިއެސްޓާ ހުޅުވި މެޗުގައި ބްލެކް ކޯނަރ އާއި ފިއުރިއަސް އެވެ. މި މެޗް ބްލެކް ކޯނަރ ކާމިޔާބު ކުރީ 2-0 އިންނެވެ. މި ދެ ގޯލު ވެސް ޖަހާފައި ވަނީ ބްލެކް […]

ޔުމްނާ ޢަލީ
ނަރުދޫ ބަނދަރުގެ މަސައްކަތް ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށީ މި މަހުގެ 4 ގައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ބޭރުތޮށި ލުމާއި، […]

އަޙްމަދު ވަހީދު
ނަރުދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ފެށުން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ބޭރުތޮށި ލުމާއި، 205 މީޓަރުގެ ސަރައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ އެއްގަމުތޮށި ލުމުގެ މ...

އަޙްމަދު ވަހީދު
ޤާސިމްގެ އެހީތެރިކަމާއެކު ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް 📍 ށ. ނަރުދޫ

ޤާސިމްގެ އެހީތެރިކަމާއެކު ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ދީލަތި އެހީގައި ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް ދޫކުރުމަށް ތައްޔާރު ވެއްޖެއެވެ. ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދު ވަނީ މި ސްކީމާއި ގުޅޭ މައުލޫމާތު ”ތިލަދުން” އަށް ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ޖޭޕީގެ މެޖޯރިޓީ އޮންނަ އެރަށުގެ ކައުންސިލުގެ ވައުދު ފުއްދުމަށް ގާސިމް ވެދެއްވި އެހީތެރިކަމެއް ކަމަށެވެ. އެގޮތުން މި ލޯން ސްކީމިގެ ދަށުން ފައިސާ ދޫކުރުމަށް އެ ކައުންސިލުގެ […]

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް އޭގައި، ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ބިލެތްފައްސެވެ. މި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި 📍 ށ. ފޭދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބިލެތްފައްސާއި ފޯކައިދޫއެވެ. މި މެޗު 10 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ބިލެތްފައްސެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބިލެތްފަހީ […]

އިބްރާހިމް ޚަލީލް