މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
📍 ނ. މަނަދޫ

ޙަޤީޤީ ހާދިސާ: މަނަދޫ މީހަކާ ދިމާވި މޫމިނު ޖިންނި

މަނަދޫގައި ހުރި އެންމެ ދުވަސްވީ ތާރީޚީ ތަރިކައެއްގެ ގޮތުގައި މިހާރު ފެންނަންހުރީ ރަށުގެ ދެކުނު ފަރާތުގައި އޮތް “މާމިސްކިތްދޮށް” ކިޔާ ސަރަހައްދެވެ. އެތަނުގައި މަނަދޫ މާމިސްކަތުގެ ފާރުގަނޑުން ބަޔަކާއި އެ މިސްކިތުގެ ވެވާއި ބޮޑު މަހާނަ ފަލެއް އެބައޮތެވެ. އެ ސަރަޙައްދު ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖޭ އާސާރީ ތަންތަނުގެ ތެރޭގައި ލިސްޓު ކުރައްވާފައެވެ. މި ހާދިސާއަކީ މި ދެންނެވި މާމިސްކިތާ ގުޅިފައިވާ ހާދިސާއެކެވެ. ދުވަސްވަރަކީ މަނަދޫ މާމިސްކިތު...

ޢަބްދުﷲ ސަޢީދު
ކޯވިޑް-19: ބަލިން ރަނގަޅުވި މަނަދޫ 80 އަހަރުގެ މީހާ މަރުވެއްޖެ 📍 ނ. މަނަދޫ

ކޯވިޑް-19: ބަލިން ރަނގަޅުވި މަނަދޫ 80 އަހަރުގެ މީހާ މަރުވެއްޖެ

ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ބޮޑުވެގެން އިތުރު ފަރުވާއަށް މާލެ ގެނެސް ކޯވިޑަށް ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގުނު އުމުރުން 80 އަހަރުގެ ނ. މަނަދޫ އަންހެންމީހާ މަރުވެއްޖެއެވެ. އޭނާ މިރޭ މަރުވިއިރު، އޭނާ ކޯވިޑް-19 ބަލިން ރަނގަޅު ވެފައިވާކަން މިމަހު 18 ވަނަ ދުވަހު ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ. އޭނާ އިތުރު ފަރުވާއަށް މާލެ އައީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. މަނަދޫން […]

ޔުމްނާ ޢަލީ
މަނަދޫއަށް ބޭނުންވާ ކޭބަލް ރޯލު ގެންދިޔުމުގައި ހެނބަދޫ ޒުވާނުން

މަނަދޫއަށް ބޭނުންވާ ކޭބަލް ރޯލު ގެންދިޔުމުގައި ހެނބަދޫ ޒުވާނުން

މަނަދޫން އިތުރު ނުވަ މީހުން ކޯވިޑް-19 އަށް ފައްސިވެ ކަރަންޓްގެ ޚިދުމަތް ކެނޑި ރަށުތެރެ ފެންބޮޑުވެ ރަށުގެ ރައްޔިތުން ބިރުވެރިކަމެއްގެތެރޭގައި މިވާ ދަނޑިވަޅުގައި މަނަދޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކޭބަލް ރޯލު ގެންދިޔުމުގައި ހެނބަދޫ ޒުވާނުން އެހީތެރިވެއްޖެއެވެ. ނ. ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ވިދާޅުވީ ހެނބަދޫއަކީ އަބަދުވެސް އެކުވެރި، ހިތްހެޔޮ ރައްޔިތުންތަކެއް އުޅެމުންދާ ރަށެއްކަމަށާއި މިވަގުތު ނ. ހެނބަދޫގެ ޒުވާނުން ނުކުމެ މަނަދޫއަށް ބޭނުންވާ ކޭބަލް ރޯލު ނިއ...

އިބްރާހިމް އަސްވާޤް
9 މީހުން ފައްސިވި ޚަބަރަކީ މަނަދޫއަށް ވެއްޓުނު ވަރުގަދަ ބޮމެއް!

9 މީހުން ފައްސިވި ޚަބަރަކީ މަނަދޫއަށް ވެއްޓުނު ވަރުގަދަ ބޮމެއް!

މަނަދޫން އިތުރު ނުވަ މީހުން ކޯވިޑް-19 އަށް ފައްސިވި އަވަސް ޚަބަރުން މީޑިއާތައް ފުރާލިއެވެ. އެވީ ދިހަޔެކެވެ. ފުރަތަމަ “މަނަދޫ ފައްސިވި އުމުރުން ދުވަސްވީ މީހާ” އެވެ. ނަން ނޭނގުނަސް “އެ މީހާ” މުޅި ރާއްޖެ މިހާރު ދަނެއެވެ. “އެ މީހާ” ފުރަތަމަ ފައްސިވެފައި، ދެވަނަ ފަހަރު ނައްސިވެފައި، ތިންވަނަ ފަހަރުގެ ޓެސްޓުން އަނެއްކާ ވެސް ފައްސި ވިއެވެ. މި ތަފުސީލުތައް ވިދާޅުވެ ދެއްވަނީ ނޭޝަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބުރޫކު ޢަބްދުލް ޢަޒީޒެވެ. “އެ […]

ޢަބްދުﷲ ސަޢީދު
މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި 📍 ށ. މިލަންދޫ

މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ށ. މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައި، އެރަށަށް އެކަން އަންގައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:12 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު […]

ޝިއުނާ އާދަމް
ވެލިދޫގައި މަސައްކަތް ކުރާ ދެމީހަކާއި މެދު ޝަކުވާއެއް ވަނީ ހުށަހެޅިފައި: ފުލުހުން

ވެލިދޫގައި މަސައްކަތް ކުރާ ދެމީހަކާއި މެދު ޝަކުވާއެއް ވަނީ ހުށަހެޅިފައި: ފުލުހުން

އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކާއި މެދު ޝަކުވާއެއް ހުށަހެޅި އެމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން މިއަދު ހެނދުނު ބުނީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް، ޖިންސީ ފުރައްސާރައިގެ ކަމެއް ހިނގައިގެން އެ މައްސަލަ ބަލައިދިނުމަށް އެދި ބަޔަކު ހުށަހަޅާފައިވާ ނުވާ ކަމަށެވެ. އެފަދަ ކަމެއް ތަހުގީގު ކުރަމުން ވެސް ނުދާ ކަމަށް ބުންޏެވެ. ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުންނެވި […]

ޝިއުނާ އާދަމް
ނ. މަނަދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި 📍 ނ. މަނަދޫ

ނ. މަނަދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަނަދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން މި ހިނގާ މެއި މަހުގެ 9 ވަނަ ދުވަހުގެ ރޭ އެ ރަށު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ކަރުދާސްކޮޅު ފެނުމާ ގުޅިގެންނެވެ. މި މައްސަލަ ނ. މަނ...

ޝިއުނާ އާދަމް
މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ 📍 ށ. މިލަންދޫ

މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ

ށ. މިލަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްވި 8 މީހުންގެ ތެރެއިން 7 މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށް މިލަންދޫ ހެލްތު ސެންޓަރުން ބުނެފިއެވެ. އެ 7 މީހުންގެ ނަތީޖާވެސް ނެގެޓިވު ވެފައިވާ ކަމަށާއި، ބާކީ ނަތީޖާ ނުލިބޭ މީހާގެ ނަތީޖާ ނެގެޓިވު ވުމަކީ އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާ ކަމަށް މިލަންދޫ ސިއްޙީމަރުކަޒުން ވަނީ ބުނެފައެވެ. އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެ އަތޮޅު ނަރުދޫ އަމާޒު ބޯޓުން އެ […]

ޝިއުނާ އާދަމް
މަނަދޫ މީހެއް ކޯވިޑަށް ޕޮޒިޓިވުވެ ރަށަށް ހާސްކަން 📍 ނ. މަނަދޫ

މަނަދޫ މީހެއް ކޯވިޑަށް ޕޮޒިޓިވުވެ ރަށަށް ހާސްކަން

ފެތުރެމުންދާ ކޯވިޑް-19 އަށް ނ. މަނަދޫ މީހަކު ޕޮޒިޓިވުވެއްޖެއެވެ. ކޯވިޑް-19 ބަލި މީހުން ރާއްޖޭގެ އަތޮޅުތަކުން ފެންނަން ފަށާފައިވާއިރު، ނ. މަނަދޫ މީހަކު އެބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަލިވެގެން އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދިނުމުގެ ތެރޭގައި ހެދި ކޯވިޑް ޓެސްޓަށް ޕޮޒިޓިވް ވުމުން ކަމަށް އެރަށުން “ތިލަދުން”އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ. މަނަދޫއިން ކޯވިޑަށް ޕޮޒިޓިވްވީ އުމުރުން ދުވަސްވެ، ބަލިވެ އުޅޭތީ ގޭން ބޭރަށްވެސް ނުނިކުމެވޭ އަންހެނެއް ކަމަށާއި، އެ މީހާއަށް ކާން އުނދަގޫވުމުން […]

އަލީ އާދިލް
ކޯވިޑް-19: މިލަންދޫ 8  މީހެއްގެ ސާމްޕަލް ނަގައިިފި 📍 ށ. މިލަންދޫ

ކޯވިޑް-19: މިލަންދޫ 8 މީހެއްގެ ސާމްޕަލް ނަގައިިފި

ކޯވިޑް-19 އަށް ޕޮޒިޓިވްވި ށ. މިލަންދޫ މީހާއާއި ސީދާ ބައްދަލުވި 8 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ. އެކަން ހާމަކޮށް މިލަންދޫ ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ މިލަންދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްވި 8 ފަރާތުގެ ސާމްޕަލް ނެގިއްޖެ ކަމަށެވެ. އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާއަކީ މާތްﷲ ހެޔޮރަހުމަތްފުޅުން ކޯވިޑް-19 އަށް އެ އެންމެންވެސް ނެގެޓިވުވުން ކަމަށް އެމަރުކަޒުން ވަނީ ބުނެފައެވެ. […]

ޝިއުނާ އާދަމް
ވެލިދޫ ގެޔަކުން ތިން ބަސްތާ ހަނޑޫ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި 📍 ނ. ވެލިދޫ

ވެލިދޫ ގެޔަކުން ތިން ބަސްތާ ހަނޑޫ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ނ. ވެލިދޫ ގެއެއްގެ ގުދަނުގައި ހުރި ތިން ބަސްތާ ހަނޑޫ ވަގަށް ނެގި ކަމުގެ ތުހުމަތަށް ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ވެލިދޫ ގެއެއްގެ ގުދަނުގައި ހުރި ތިން ބަސްތާ ހަނޑޫ ވަގަށް ނަގައިގެން ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ވަގަށް ނެގި ތިން ބަސްތާއިން އެއްބަސްތާ 100 ރުފިޔާއަށް މީހަކަށް ވިއްކާލާފައިވާ ކަމަށެވެ. […]

ޔުމްނާ ޢަލީ
ކޯވިޑް-19: މިލަންދޫ މީހަކުވެސް ފައްސިވެއްޖެ 📍 ށ. މިލަންދޫ

ކޯވިޑް-19: މިލަންދޫ މީހަކުވެސް ފައްސިވެއްޖެ

ށ. މިލަންދޫ މީހަކުވެސް ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިލަންދޫ އިން ކޯވިޑް-19 އަށް ފައްސިވެފައިވަނީ ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި މީހަކަށެވެ. އެޗްޕީއޭގެ ރަސްމީ ބަހެއް މިކަމަށް ލިބިފައި ނުވިޔަސް އެރަށުން މިކަން މި ނޫހަށް ވަނީ ޔަޤީން ކޮށްދީފައެވެ. މިލަންދޫ މީހަކު ކޯވިޑަށް ފައްސިވިއިރު، އަމާޒު ބޯޓު ނިސްބަތްވާ ނަރުދޫން މިހާތަނަށް މި ބައްޔަށް ހަ މީހަކު ވަނީ ފައްސިވެފައެވެ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވެފައިވާއިރު، އެ ބޯޓުން ވަނީ އެކި ރަށް ރަށުގެ […]

ޝިއުނާ އާދަމް
މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި 📍 ނ. މާފަރު

މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިނިސްޓްރީ އޮފް ފިނޭންސްއިން އިތުރުކޮށްފިއެވެ. މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކުރުމަށް ނިންމާފައިވަނީ އެ މަޝްރޫޢު ޑިޒައިންކޮށް، އިންޖިނިއަރިންގެ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަންގެ މަސައްކަތާއި، އަދި ޕްރޮކިއުމަންޓުގެ މަސައްކަތްތަކެއް ކޮންޓްރެކްޓަރ އަމިއްލައަށް ކުރާ ގޮތަށެވެ. މި މަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވ...

އަލީ އާދިލް
ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފި އެވެ. އެޗްޕީއޭ އިން ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ އާއި ށ.ފުނަދޫ އާއި ށ.މިލަންދޫ އާއި ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށެވެ. މީގެ އިތުރުން ނ އަތޮޅު ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށަ ގެނެސްފައެވެ. މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ […]

ޔުމްނާ ޢަލީ
އަޅުގަނޑުގެ މިލަދޫ ޓީޗަރު 📍 ނ. މިލަދޫ

އަޅުގަނޑުގެ މިލަދޫ ޓީޗަރު

އެއީ ހުކުރު ދުވަހެއްގެ ހެނދުނެވެ. ސައިބޮއިގެން އަޅުގަނޑު ގެއިން ނުކުންގޮތަށް އަޅާ އިތިކޮށް ދުއްވައިގަތީއެވެ. އެއީ ކުލާސްކުދިން ޓީޗަރާއެކު މޫދަށްދާން ހަމަޖައްސާފައި އޮތް ދުވަހެކެވެ. ކުލާހުގެ ދެތިން ކުދިންނާއެކު އަޅުގަނޑުމެން އަރާތިބީ އަޅޯވަށީގައެވެ. މިލަދޫ ޓީޗަރުގެ އިންތިޒާރުގައެވެ. އޭރު މިލަދޫ ޓީޗަރު ހުންނަވަނީ މަނަދޫ ޗަނބޭލީގޭގައެވެ. އަޅުގަނޑުމެން އަރާތިބީ އެ މަގުގައި ހުންނަ ޑޭޒީމާގެ ކުރިމަތީ ހުރި އަޅޯވަށްޓެއްގައެވެ. އެހެން ތިބޭތާ އެތައް އިރެއްވީ އިރުވެސް މިލަދޫ ޓީޗަރުގެ ޚަބަރެއް ނުވިއެވެ. މޫދަ...

ޢަބްދުﷲ ސަޢީދު