މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފި 📍 ނ. ލަންދޫ

ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފި

ނ. ލަންދޫ ކައުންސިލްގެ ޕިކަޕެއްގައި ރޯކޮށްލައިފިއެވެ. މި ޕިކަޕުގައި ރޯކޮށްލާފައި މިވަނީއެރަށުގައި، އަންނަމަހު ކުނި މެނޭޖްކުރަން ފެށުމަށް ތައްޔާރީތައް ވެފައި ވަނިކޮށެވެ. އެރަށު ކައުންސިލުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 3:50 ހާއިރު ކަމަށާއި އެއާއެކު އަލިފާން ނިއްވާލަން މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އަލިފާން ނިއްވާލެވުނު އިރު، ޕިކަޕުގެ ބޮޑުބައެއް އަނދާފައި ކަމަށް ވެސް ބުނެއެވެ. “އެއީ ސަރުކާރުން އެރަށަށް ހަދިޔާ ކުރި ޕިކަޕެއް. އެއީ ކުނި މެނޭޖްކުރުމުގެ ބޭނުމަށް ލިބިފައިވާ ޕިކަޕެ...

މުޙައްމަދު އަފްރާޙް
މިލަންދޫ އަންހެނުންގެ ކޮމެޓީން ޖަނާޒާ ކޯހެއް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫ އަންހެނުންގެ ކޮމެޓީން ޖަނާޒާ ކޯހެއް ފަށައިފި

ށ. މިލަންދޫގައިި ”ރޫލްސް އޮފް ޖަނާޒާ 1” ގެ ނަމުގައި ޖަނާޒާ ކޯހެއް ފަށައިފިއެވެ. އެެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ ޖި ކޯހާއި ބެހޭ މައުލޫމާތު ‘ތިލަދުން’ އަށް ދެއްވީ އެ ކަޮމެޓީގެ ރައީސާ އައިޝަތު ހަނިއްޔާއެވެ. އޭނާ ވިދާޅުވީ މިއީ ދެ ހަފުތާގެ މުައްދަތަށް ކުރިއަށް ގެންދާ ކޯހެއް ކަމަށާއި މި ކޯސް ފެށީ މި މޭ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މި ކޯސް ކުރިއަށް ދަނީ […]

މުޙައްމަދު އަފްރާޙް
މަނަދޫ ނައީމާގެ މަރުގެ މައްސަލައިގައި މާލެއިން މީހަކު ހައްޔަރުކޮށްފި 📍 ނ. މަނަދޫ

މަނަދޫ ނައީމާގެ މަރުގެ މައްސަލައިގައި މާލެއިން މީހަކު ހައްޔަރުކޮށްފި

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާމލާފައިވާ މަނަދޫ ނައީމާ މޫސާގެ މަރުގެ މައްސަލައިގާ މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުުހުންގެ ޚިދުމަތުން ވިދާޅުވީ އެ މައްސަލައިގާ އެ އިދާރާއިން ހިންގާ ތަހުގީގަށް ތިން ވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ މާލެ އިން މިރޭ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މާލޭގައި އުޅުނުު މަނަދޫގެ ޒުވާން ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެއީ ނައީމާ މަރާލިއިރު، އެރަށުގައި ހުރި މީހެއް ކަމަށް ވެސް މައުލޫމާތު […]

މުޙައްމަދު އަފްރާޙް
ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަނީ

ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަނީ

ފ. ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ނިލަންދޫގެ ފަޅުން ދެރަށް ހިއްކައި، ޓޫރިޒަމަށް ހުޅުއްވާލައްވާނެ ކަމަށާއި ވަޒީފ...

މުޙައްމަދު އަފްރާޙް
ނިލަންދޫ ދާއިރާގެ މެންބަރު މުހްސިން އެމްޑީޕީއަށް

ނިލަންދޫ ދާއިރާގެ މެންބަރު މުހްސިން އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ. ޖޭފޯގެ އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. ޖޭފޯ އެމްޑީޕީ އަށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފ. ނިލަންދޫގައެވެ. ޖޭފޯ އަކީ މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވަމުން ގެންދަވާ މެންބަރެކެވެ. ޖޭފޯ މިއަދު އެމްޑީޕީއާ ގުޅ...

ޔުމްނާ ޢަލީ
މަނަދޫ ނައީމާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި 📍 ނ. މަނަދޫ

މަނަދޫ ނައީމާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަނަދޫ ނައީމާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. ‘’މި މައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ.’’ ސީޕީ ވިދާޅުވެފަވެއެވެ. މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކ...

ޔުމްނާ ޢަލީ
މާފަރު އެއާޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު ނިޔާވެއްޖެ 📍 ނ. މާފަރު

މާފަރު އެއާޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު ނިޔާވެއްޖެ

ނ. މާފަރު އެއާޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެކްސްކަވޭޓަރަކީ އެ އެއާޕޯޓު ގެ މަސައްކަތަށް ބޭނުންކުރަމުންދިޔަ އެއްޗެއް ކަމަށެވެ. އެކްސްކަވޭޓަރު ފުރޮޅާލައިގެން އަނިޔާ ލިބުނުު މީހާ މާފަރު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މިއަދު ހެނދުނު 9:27 ހާއިރު، ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ. އަދި ނިޔާވެފައިވަނީ އެކްސްކަވޭޓަރު ދުއްވި ޑްރިވަރު ކަމަށް ވެސް ވިދާޅުވިއެވެ....

މުޙައްމަދު އަފްރާޙް
މާފަރާއި މިލަދޫގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި

މާފަރާއި މިލަދޫގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްް (ބީއެމްއެލް) އިން ނ. މާފަރު އަދި ނ. މިލަދޫގައި ސެލްފް ސާވިސް ބޭންކިން، އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ. ބީއެމްއެލުން ބުނީ އެ ދެ ރަށުގައި ގާއިމްކުރި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ނ. އަތޮޅުގެ އެ ދެ ރަށުގެ އިތުރުން ބީއެމްއެލުން ދަނީ އެ އަތޮޅުގެ މަނަދޫ، ކެނދިކުޅުދޫ، […]

އަޙްމަދު ވަހީދު
7 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

7 ރަށެއްގައި ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި ހޮސްޕިޓަލްތައް އަޅަން ހަވާލުކޮށްފައި ވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި ހޮސްޕިޓަލްތައް އަޅަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މިއީ ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގެ ދަށުން އިމާރާތްކުރާ 30 […]

ޔުމްނާ ޢަލީ
ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ހަވާލު ކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ހަވާލު ކުރަނީ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ކުންފުނިތަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހިންނަކީވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ބައެއްކަމަށާއި، އެއް ރަށުން އަނެއް ރަށަށް އަބަދު ދަތުރުކ...

ޔުމްނާ ޢަލީ
ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެ

ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެ

ތ. ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެރަށު ގެއެއްގެ ތެރެއަށް ތޫނު ހަތިޔާރު ހިފައިގެން ވަދެ ބަޔަކު މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ލިބުނީ ރޭ 10 ޖަހާކަންހާއިރު ކަމަށެވެ. މި މާރާމާރީގައި 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި އެދެމީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ […]

މުޙައްމަދު އަފްރާޙް
މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 34.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސ...

އަޙްމަދު ވަހީދު
އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެއްޖެކަމަށް ނިންމައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ނިންމައިފި

އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެއްޖެކަމަށް ނިންމައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ނިންމައިފި

ނޫނު އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެފައިވާކަމަށް ނިންމައި، އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނ. އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވިދާޅުވެފައި ވަނީ އެ އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ މަސައްކަތް 110 ދުވަސްތެރޭގައި ނިންމުމަށް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް (ކޮންޓްރެކްޓަރ) އ...

ޔުމްނާ ޢަލީ
ނައީމާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަނީ 📍 ނ. މަނަދޫ

ނައީމާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަނީ

ނ. މަނަދޫ ގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެރަށު ކައުންސިލުން ބުނީ އެކަނި ދިރިއުޅެމުން އައި ނައީމާ މޫސާގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބާއްވާނެ ކަމަށެވެ. އުމުރުން 62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިިޕޯޓުކުރުމުން، ނައީމާގެ ގެއަށް ގޮސް ކޮޓަރީގެ […]

މުޙައްމަދު އަފްރާޙް
މަނަދޫގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މަނަދޫގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެރަށު ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނެއްގެ ޚަބަރެއް ނުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ކުރީ މިއަދު އިރުއޮއްސި 6:13 އެހާކަންހާއިރު ކަމަށެވެ. އޭނާގެ އާއިލާ އިން ފުލުހުންނަށް މި ރިޕޯޓު ކުރުމާއި އެކު އެ އަންހެން މީހާ […]

މުޙައްމަދު އަފްރާޙް