📍 ހދ. ހިރިމަރަދޫ
"ހިރިމަރަދޫ ފޯވާޑް" ތިލަދުންމަތީގައި ހުރި އެންމެ މޮޅު އެއް ފޯވާޑް
“ހިރިމަރަދޫ ފޯވާޑް” މިހެން ބުނެފިނަމަ ތިލަދުންމަތީގެ ފުޓްބޯޅަ އާއިލާގައި އޭނާ ނުދަންނަ މީހަކު ނުހުންނާނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ހދ.ހިރިމަރަދޫއަށް އުފަން މުހައްމަދު ނަޝީދު (ފޯވާޑް) އަކީ ފޯވާޑެއްގައިގައި ހުންނަން ކޯޗުން ބޭނުންވާ ވަރަށް ގިނަ ކަންކަން ފުރިހަމަވާ ކުޅުންތެރިއެކެވެ. ސްޕީޑް ބާރެވެ. ދެފައިނަ ބޯޅަ ޖެހުމުގެ ގާބިލްކަމާއި، ކޮއްޓާ ނެއްޓުމުގެ ހުނަރެވެ. ނަޝީދު ފާހަގަ ވަނީ ގޯލާއި ރައްޓެހިވެފައި ލިބޭ މަދު ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ހިފާ އިތުބާރު ފޯވާޑެއްގެ ގޮތުގައެވެ. ދ...