📍 ހދ. ހަނިމާދޫ
ހަނިމާދޫގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާއި ހަވާލުކޮށްގެން ފަށަނީ
ހދ. ހަނިމާދޫ ގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަންނަ މަހު ހަވާލުކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލްގެ ގޮތުގައި ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ހަނިމާދޫގެ ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވަމުން ވި...