މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި 📍 ހދ. ކުޅުދުއްފުށި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ. މި މަހުގެ 7 ވަނަ ދުވަހު ބޭއްވި މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި، މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ސެންޓަރުގެ ޚިދުމަތް ވަނީ މިވަގުތައް މެދުކަނޑާލާފައެވެ. ”ދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތްތައް އަނބުރާ އިޔާދަ ކުރެވޭނެ ވާހަކަ ދަންނަވަން” ސިޓީ ކައުންސިލުން ބުނެފަވެއެވެ. ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ވޭސްޓްމެނޭޖްމެން...

ޔުމްނާ ޢަލީ
މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް: އިއްބެ 📍 ހދ. ކުޅުދުއްފުށި

މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް: އިއްބެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް ކަމަށް އެ މަގާމަށް ވާދަކުރާ އިބްރާހިމް ހަސަން (ކުޑަ އިއްބެ) ރޭ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން އިއްބެ ވިދާޅުވީ، އޭނާ އާއި ހަވާލުވެފައިވަނީ ބޮޑު އަމާނާތެއްކަމަށާއި، އެ އަމާނާތް އަމާން އައްސޭރިއަކަށް ވާސިލްކޮށްދިނުމަކީ އޭނާގެ އެންމެ މުހިންމު ވާޖިބު ކަމަ...

ޔުމްނާ ޢަލީ
ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ

އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދު ވައިގެމަގުން ގުޅާލާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. މަކުނުދޫ ގުޅުވައިލަދޭ އިންޓެގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގައެއް، އެ ހުރިހާ އެއަރޕޯޓްތަކެއް ހަދައި...

ޝިއުނާ އާދަމް
މާފަހި ބޯޓު ފަރަށް އަރައިފި 📍 ހދ. ހަނިމާދޫ

މާފަހި ބޯޓު ފަރަށް އަރައިފި

ހއ. އަތޮޅުގައި އޮންނަ ދަނޑުވެރިކަމުގެ ރަށް މާފަހިން އުފައްދާ ބާވަތްތައް މާލެ އަށް އުފުލާ އަދި ހއ. އަތޮޅާއި ހދ. ހަނިމާދޫ އަށް މާލެއިން އާންމު މުދާ އުފުލާ މާފަހި ބޯޓު ރޭ ފަރަށް އަރައިފިއެވެ. މި ބޯޓުން މާލެ ގެންނަ ދަނޑުވެރިކަމުގެ ބާވަތް މާލެ އަށް ހުސްކުރުމަށްފަހު އެނބުރި ދަނީ މާލެއިން އާންމު މުދާ ބަރުކޮށްގެންނެވެ. މި ބޯޓުން ހދ. ހަނިމާދޫގެ އާންމުންނާއި، ވިޔަފާރިވެރިން ގިނަ އަދަދެއްގެ މުދާ ގެންދާއިރު، ހަނިމާދޫގައި އޮންނަ ސިޓީ ހޮޓާ، […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުން ތެލުގެ ވިޔަފާރިއަށް ދިގު މުއްދަތަށް ބިމެއް ކުށްޔަށްދޫކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން ތެލުގެ ވިޔަފާރިއަށް ދިގު މުއްދަތަށް ބިމެއް ކުށްޔަށްދޫކޮށްފި

ހދ. ނޮޅިވަރަންފަރުގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ދިގު މުއްދަތަކަށް ބިމެއް ކުށްޔަށް ދޫކޮށްފިއެވެ. މި ބިން ކުށްޔަށް ދޫކުރުމަށް ނޮޅިވަރަންފަރު ކައުންސިލުން ނިންމާފައިވަނީ އެ ރަށުގައި ތެލުގެ ޚިދުމަތް ފުޅާކޮށް، އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރުމުގެ މަޤްޞަދުގައެވެ. ނޮޅިވަރަންފަރު ކައުންސިލުން ބުނިގޮތުގައި، ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުށްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖިއޯ ވޭވް ޕްރައިވެޓް ލިމިޓެޑް އާއެކުގައެވެ. މި ބިން ކުށްޔަށް ދޫކޮށްފައިވާ މުއްދަތަށް ބަލާއިރު، އެއްބަސްވުން ރަ...

ޝިއުނާ އާދަމް
ހދ.އަތޮޅުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި މަސައްކަތްތައް އަވަސްކުރުމަށް އެއްބަސްވުމަކަށް

ހދ.އަތޮޅުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި މަސައްކަތްތައް އަވަސްކުރުމަށް އެއްބަސްވުމަކަށް

ހދ. އަތޮޅުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި، މަސައްކަތްތައް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހދ. އަތޮޅު ކައުންސިލާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ދެމެދު މުހިންމު އެއްބަސްވުންތަކަކަށް އާދެވިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ހދ. އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެ ވުޒާރާއިން އެ އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި މައިގަ...

ޝިއުނާ އާދަމް
ޒޯން ތަށި ވެސް ހޯދައި ނައިވާދޫ ފުޓްސަލްގެ ރަސްކަން ދަމަހައްޓައިފި 📍 ހއ. މާރަންދޫ

ޒޯން ތަށި ވެސް ހޯދައި ނައިވާދޫ ފުޓްސަލްގެ ރަސްކަން ދަމަހައްޓައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން އެކެއްގެ ޗެމްޕިކަން ހޯދައި ނައިވާދޫ ފުޓްސަލްގައި ކުރަމުން އަންނަ ރަސްކަން ދަމަހަަަައްޓައިފިއެވެ. ނައިވާދޫ ޒޯން އެކެއްގެ ޗެމްޕިއަންކަން ދިފާއުކުރީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހއ. އަތޮޅު ޗެމްޕިއަން 6-1ގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ނައިވާދޫގެ ޖޯޒީ ނަންބަރު 29 އަބުދުﷲ ވިސާމް ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ […]

ޔުމްނާ ޢަލީ
އިންތިޚާބުގައި ވާދަނުކުރުމަށް ނިންމީ އާ ޚިޔާލުތަކާއި ވިސްނުންތަކަށް ފުރުޞަތު ދިނުމަށް: އަމީން 📍 ހދ. ކުމުންދޫ

އިންތިޚާބުގައި ވާދަނުކުރުމަށް ނިންމީ އާ ޚިޔާލުތަކާއި ވިސްނުންތަކަށް ފުރުޞަތު ދިނުމަށް: އަމީން

ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު، ވިދިވިދިގެން ތިން ދައުރު ކައުންސިލްގައި ޚިދުމަތް ކުރެއްވުމަށްފަހު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ. އަމީން މިކަން ހާމަކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީން ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން ކުމުންދޫ ކައުންސިލްގެ މެންބަރުކަމާއި ރައީސްކަމުގެ މަޤާމުގައި ރަށުގެ ތަރައްޤީއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ރައްޔިތުން ވަނީ ދެއްވާފައެވެ. ނަމަވެސް، 2026 ވަނަ އަހަރު ބޭއްވު...

ޔުމްނާ ޢަލީ
ނެއްލައިދޫގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، ހދ. ނެއްލައިދޫގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަނަކީ ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ރަށު ކައުންސިލް ގުޅިގެން 2026 ޖަނަވަރީ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މި ސެޝަންގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ރައްކާތެރިކަމާއެކު މަގު ބޭނުންކުރުމުގެ އުސޫލުތަކާއި، މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި އާންމު ފަރުދުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލްގައި އެކަށޭނަ މިންވަރަށް މުދައްރިސުން އެބަތިބި، ފޮތްތައް ލިބުމުގައި ބޮޑު ދަތިކަމެއް ނެތް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލްގައި އެކަށޭނަ މިންވަރަށް މުދައްރިސުން އެބަތިބި، ފޮތްތައް ލިބުމުގައި ބޮޑު ދަތިކަމެއް ނެތް

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެ ސިޓީގެ ސަރުކާރު ތިން ސްކޫލަށް ޒިޔާރަތްކުރައްވައި، ސްކޫލްތަކުގެ ހާލަތު އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތުގައި މޭޔަރު ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާއި މިވަގުތު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އެ ސިޓީގެ ސަރުކާރު ތިން ސްކޫލުގައި މިއަހަރު ޖުމްލަ 2,717 ދަރިވަރުން ތައުލީމު...

ޔުމްނާ ޢަލީ
ހަނިމާދޫ ޕޮލިހުން އެރަށުގަައި ހިންގާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޕޮލިހުން އެރަށުގަައި ހިންގާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީފި

ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން، އެ ރަށުގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2026 ޖެނުއަރީ 25 އަދި 26 ވަނަ ދުވަހުއެވެ. ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މި ޒިޔާރަތްތަކުގައި ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް، ގެސްޓްހައުސްތަކުގެ ސަލާމަތީ ކަންކަމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނ...

ޝިއުނާ އާދަމް
ގައުމަށް ތަށި ހޯދައިދިނުމަށްފަހު ނައިވާދޫ ތިން ކުޅުންތެރިން ރަށު ޓީމާ ގުޅެނީ 📍 ހދ. ނައިވާދޫ

ގައުމަށް ތަށި ހޯދައިދިނުމަށްފަހު ނައިވާދޫ ތިން ކުޅުންތެރިން ރަށު ޓީމާ ގުޅެނީ

ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދައިދިން ޓީމުގައި މުހިންމު ދައުރެއް އަދާކުރި ހދ. ނައިވާދޫ ކުޅުންތެރިން ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯނުގައި ވާދަކުރާ ރަށު ޓީމާއި ގުޅުމަކީ ހދ. ފުޓްސަލް ކިންގަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ. ނައިވާދޫ ވަނީ 22 ޖެނުއަރީ 2025 ގައި ކުޅުނު ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅު ފައިނަލްގައި 4-2 އިން ނޮޅިވަރަންފަރު ބަލިކޮށް، 8 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ގަސްގަހަށް ޖެހޭ ބަލިތަކަށް ހައްލު ހޯދަން ދަސްކޮށްދިނިމުގެ ކާމިޔާބު ސެޝަންތަކެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ގަސްގަހަށް ޖެހޭ ބަލިތަކަށް ހައްލު ހޯދަން ދަސްކޮށްދިނިމުގެ ކާމިޔާބު ސެޝަންތަކެއް

ގަސްގަހާގެއްސަށް ޖެހޭ ތަފާތު ބަލިތައް ދެނެގަނެ، އެކަންކަމަށް ފަސޭހައިން ހައްލު ހޯދައިދިނުމުގެ މަޤުސަދުގައި ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންތައް އިއްޔެ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ގަސްގަހަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތްތައް ތަފްސީލީ ގޮތެއްގައި ދަސްކޮށްދެވިފައިވާކަމަށެވެ. މީގެ އިތުރުން، ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި ގޭގައި އާންމުކޮށް ގެންގުޅޭ ތަކެތި ބޭނުންކޮށްގެން ފަސޭހައިން ބޭސް...

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން 55 އަހަރުގެ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން 55 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށި ސިޓީން 55 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ގުލާބީގެ، ޢަބްދުއްސައްތާރު ޢަލީ (55އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގެ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޢަބްދުއްސައްތާރު ޢަލީ ހުއްޓުވައި ބަލައިފާސް...

އަލީ އާދިލް