މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,865 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,865 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3865 ޚަބަރުގެ ތެރެއިން
ނެއްލައިދޫ ކައުންސިލް ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި

  ނެއްލައިދޫ ކައުންސިލުން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނެއްލައިދޫ ކައުންސިލްކަޕް ގެ 9 ވަނަ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ނެއްލައިދޫ ކައުންސިލް ކަޕް ފެށުމުގެ ގޮތުން މިއަދު ބައްދަލުކުރީ އެފްސީ ފެލްކަންއާއި މިދިޔަ އަހަރުގެ ރަނަރަޕް ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. މި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިވީ އެއްވަރެވެ. ވިއްސާރައިގެ ސަބަބުން މެޗު ފެށުނީ 30 މިނެޓްފަހުންނެވެ. އަދި ދަނޑުގައި ފެން ހެދިފައިވުމުގެ ސަބަބުން ދެޓީމަށްވެސް […]

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރުގެ ޢީދު ހަދިޔާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ޢީދު ހަދިޔާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް

ހދ ނޮޅިވަރަންފަރުގެ އަމިއްލަ ކްލަބެއް ކަމަށްވާ ބީއެގާރައި ގެ ފަރާތުން އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އީދު ހަދިޔާ ބަހައިފި އެވެ. ނޮޅިވަރަންފަރުގައި އަލަށް އުފައްދާފައިވާ ކްލަބެއް ކަމަށްވާ ބީއެގާރައިން އޮންލައިން ނޫސް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން އެ ކަލްބުގެ މެންބަރެއްކަމަށްވާ ޝަހީމް އަހުމަދު ބުނީ މި ހަރަކާތަކީ އެ ކްލަބު އިފްތިތާހު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި އެ ކްލަބުން އިސްނަގައިގެން އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް […]

އަބްދުﷲ ޝަފީޢު
ނައިވާދޫގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި 📍 ހދ. ނައިވާދޫ

ނައިވާދޫގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި

ހދ.ނައިވާދޫގައި އަޟްހާ އީދުގެ މުނާސަބަތާއި ދިމާކޮށް، ފުޓްސަލް މުބާރާތެއް ފަށައިފިއެވެ. އެރަށު ޓްރެއިނާސް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ އަންހެނުންގެ މި ފުޓްސަލް މުބާރާތަކީ އެރަށުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މުބާރާތެކެވެ. ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޓްރެއިނާސްެގެ އޮފިޝަލަކު ވިދާޅުވީ ޓްރެއިނާސް ވިމެން ފުޓްސަލް ޓޯނަމެންޓަށް ޓީމްތަކުން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި، ކުޅުންތެރިން ޕްރެކްޓިސްކޮށް ހަދާފައިވާ ކަމަށެވެ. އަދި މިމުބާރާތް ދެން އަންނަ އީދުގައި މުޅި އަތޮޅަށް ހުޅުވާލުމަށް މަސައް...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން

އެއްވެސް މީހަކަށް އެއްވެސް ޒާތަކަށް ބުލީކުރެވިގެން ނުވާނެކަމަށްް ވިދާޅުވެ ކުޅުދުއްފުށީ މާލި ޕެރޭޑަށް ރައްދުވާ ގޮތަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފާޑު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީގެ މަށި މާލެ ޕެރޭޑްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވާން ފެށުމާ އެކުހެން ޝިދާތާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ޒާތެއްގެ އެއްވެސް ކަހަލަ ބުލީކުރުމެއް ބަލައި ނުގަނެވޭ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ. “(އޭގެ ތެރޭގައި) އަޅުގަނޑާ އަދި ތިބާއަށް ކުރެވޭ (ބުލީވެސް) ހިމެނޭ،”ޝިދާތާ […]

އިބްރާހިމް އަސްވާޤް
📍 ހދ. ކުޅުދުއްފުށި

އަމިއްލަ ފަރާތަކުން ކުޅުދުއްފުށީގައި އާސާރެއް ހުޅުވައިފި

“ރަށްވެހި އާސާރު” ގެ ނަމުގައި ކުޅުދުއްފުށީގައި އާސާރީ ތަކެތީގެ އާސާރެއް ހުޅުވައިފިއެވެ. އަމިއްލަ ފާރާތެއްކަމަށްވާ ކުޅުދުއްފުށީ ކޮކާހަނދުވަރު، އާރިފް ޢަލީ އޭނާގެ ގޭގައި ތަރައްޤީކުރި މިއާސާރު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ ޖަމްޝީދު މުޙައްމަދާއި ، ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު ޢަބްދުއްލަތީފެވެ. މިއަދު ހެނދުނު ކުޅުދުއްފުށީ ކޮކާހަނދުވަރުގޭގައި ހުޅުވި މިއާސާރުގައި ކުޅުދުއްފުށީގައި ބޭނުން ކޮށްފައިވާ ތަފާތު އާާސާރީތަކެތި ހު...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެސް އެ އެއާޕޯޓަށް މިއަދު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ. ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށީ މިއަދު ހެނދުނު އެވެ. ކުޅުދުއްފުށީ އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝެޑިއުލް ދަތުރުތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށްފަހު މިއަދު އެ އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރި...

އަބްދުﷲ ޝަފީޢު
ހަނިމާދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ހިނގާނެ: ޢަބްދުލްޣަފޫރު 📍 ހދ. ހަނިމާދޫ

ހަނިމާދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ހިނގާނެ: ޢަބްދުލްޣަފޫރު

ހދ. ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނެ ހދ. ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ނަވާވީސްވަނަ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން މެމްބަރު ޢަބްދުލްޣަފޫރު ވިދާޅުވީ ހދ. ހަނިމާދޫ ދާއިރާގައި ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނެކަމަށާއި އަދި ހަނިމާދޫގެ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގަ...

އަބްދުﷲ ޝަފީޢު
މަކުނުދޫ ދާއިރާގެ އެމްޓީސީސީ ފެރީ ފަށައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ދާއިރާގެ އެމްޓީސީސީ ފެރީ ފަށައިފި

ހދ. މަކުނުދޫ ދާއިރާގެ އެމްޓީސީސީ ސްޕީޑް ފެރީގެ ހިދުމަށް ފުޅާކޮށް ފަަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ހދ. މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މަކުނުދޫ ދާއިރާގައި ހިމެނޭ މަކުނުދޫ، ނޭކުރަންދޫ އަދި ކުމުންދޫގެ އިތުރުން ވައިކަރަދޫ އިން ކުރާ މި ދަތުރުތައް ގުޅުވާލާފައިވަނީ ކުޅުދުއްފުއްޓަށެވެ. އެމްޓީސީސީ ހާމަކުރިގޮތުގައި މި ފެރީ ދަތުރު އޮންނަނީ އާދިއްތަ، ހޯމަ އަދި ބުދަ ދުވަހު ކަމަށެވެ. ދަތުރުތައް ފަށާނީ ހެނދުނު 7 ޖަހާއިރު […]

އަބްދުﷲ ޝަފީޢު
ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށަން މޯލްޑިވިއަންއިން ތައްޔާރުވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށަން މޯލްޑިވިއަންއިން ތައްޔާރުވެއްޖެ

ގައުމީ އެއާރ ލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަންއިން ބުނީ ހަނިމާދޫއިން ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. ކުރިއަށް އޮތް މަހެއްހައި ދުވަސްތެރޭ މި ދަތުރުތަކުގެ ޝެޑިއުލް އިއުލާނު ކުރެވޭނެ ކަމަށްވެސް މޯލްޑިވިއަންއިން ބުންޏެވެ. އަދި މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ބޭސް ފަރުވާއަށްދާ ދިވެހިންނަށް ފަސޭހަ ގޮތްތަށް ފަހި ކުރުން ކަމަށާއި އިންޑިއާގެ ފަތުރުވެރިކަން ރާއްޖެއަށް ފުޅާކު...

އިބްރާހިމް އަސްވާޤް