މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ކުޅުދުއްފުއްޓާއި ވައިކަރަދޫގައި ސްކައުޓުން ސުލްހައިގެ ދުވަސް ފާހަގަކޮށްފި 📍 ހދ. ވައިކަރަދޫ

ކުޅުދުއްފުއްޓާއި ވައިކަރަދޫގައި ސްކައުޓުން ސުލްހައިގެ ދުވަސް ފާހަގަކޮށްފި

ހދ. ކުޅުދުއްފުއްޓާއި ހދ. ވައިކަރަދޫގައި، ސްކައުޓުން ބައިނަލްއަޤުވާމީ ސުލްހައިގެ ދުވަސް ފާހަގަކޮށްފިއެވެ. މި ހަފްތާގެ ތެރޭގައި ސުލްހައިގެ ދުވަސް ފާހަގަކުރުމަށް، މުޖުތަމަޢަށް ފައިދާހުރި ބައެއް ހަރަކާތްތައް، މި ސްކޫލުތަކުގެ ސްކައުޓުންވަނީ ހިންގާފައެވެ. އެގޮތުން، މި ހަފްތާގެ ހޯމަ ދުވަހު، ޖަލާލުއްދީން ސްކޫލުގެ، 12 ވަނަ ހދ. ސްކައުޓު ގްރޫޕުންވަނީ ކުޅުދުއްފުށީ އެއަރޕޯޓު ހުންނަ ސަރަޙައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޖުމުލަ 49 ފަރާތުން ބައިވެރިވެފައިވާއިރު، 120...

Thiladhun
📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ވައިރަލް ހުމާއި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް އެދެފި

އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ބޭރަށް ހިންގުން އިތުރުވަމުން ދާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ. ނެއްލައިދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފަދަ ބަލިތަކަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަކަށް ވާތީ، މިފަދަ ރޯގާތައް ފެތުރުން ހުއްޓުވުމަށް މިކަމުގައި އިސްދައުރެއް ފަރުދީ ފެންވަރުގައި އަދާކ،ުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކޭ ކަމަށެވެ. އެގޮތުން ތިރީގައި ވާ ކަންކަމަށް ސަލާމުކަން ދެއްވުމަށް އެ މަރުކަޒުން އެދެއެވެ. އަރިދަފުސް ރޯގާ އައ...

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހދ. ކުޅުދުއްފުށި ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ މިއަދު މެންދުރު 13:15 އެހާކަންހާއިރު ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ އޭގައި ދިރިއުޅޭ 22 އަހަރުގެ މީހަކު އެގޭގައި ފާހާނައެއް ގޮތަށް ހުރި ތަނެއްގެ ތެރޭގައި ކަރަންޓު ކޭބަލްތަކެއްގައި ރޯކޮށްލުމާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ވިދާޅުވީ ކަރަންޓު ކޭބަލްތަކުގައި އޭނާ އަލިފާން ރޯކޮށްލާފައި ވަނީ އެ ކޭބަލްތަކަކީ އޭނ...

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ފިނޭ

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިއުލާނުގައި ވެއެވެ. ފިނޭންސް މިނިސް...

އަފްރާހް އަބްދުލް ރަޝީދު
ހަނިމާދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ ހަނިމާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި 355 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓަކާއި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 2583 ސްކެއާ މީޓަރުގެ ޕޭވްމަންޓެއް ތަރައްގީ ކުރާނެ އެވެ. ދެ ނަރު ބައްތި އާއި 20 ބަނދަރު ބައްތީގެ އިތުރުން 10 މޫރިން ބްލޮކްސް އާއި 90 މީޓަރު ގްރޯއިން، އަދި އެއް […]

އިބްރާހިމް އަސްވާޤް
📍 ހދ. ފިނޭ

2018 ވަނަ އަހަރު ފިނޭ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އިންޝާ

2018 ވަނަ ފިނޭ ސްކޫލުގެ ހުރިހާގޮތުން އެންމެ މޮޅު ދަރިވަރަކަށް، ފިނޭ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރު އިންޝާ އިބްރާޙީމް ޝިހާބު (އޯކިޑު، ހދ. ފިނޭ) ހޮވިއްޖެ އެވެ. 2018 ވަނަ އަހަރުގެ ފިނޭ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ، 20 ސެޕްޓެމްބަރ 2019 ވީ ހުކުރު ދުވަހުގެ ރޭ ހދ. ފިނޭ ސްކޫލު ހޯލުގައެވެ. މިޖަލްސާގައި 6 ކެޓަގަރީއަކުން 15 ދަރިވަރަކު އިނާމު ހާސިލުކޮށްފައި ވެއެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓްރީ […]

ޔުމްނާ ޢަލީ
ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ 📍 ހއ. ބާރަށް

ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލް އިދާރާއަށާއި ހއ. ބާރަށު ކައުންސިލްގެ އިދާރާއަށް އަދި ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދަން، ސިވިލް ސަރވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ. މި ކައުންސިލްތަކުގެ އިދާރާއަށް ޑިރެކްޓަރުގެ މަޤާމަށް މީހުން ހޯދަން އިއުލާންކޮށްފައިވަނީ މިއަދު ވަކިވަކިންނެވެ. ކޮންމެ އިދާރާއަކަށްވެސް އެއް ޑިރެކްޓަރަކު ބޭނުންވާއިރު، ޑިރެކްޓަރުގެ މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 8835 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 2000 ރުފިޔާ ދިނުމަށާ...

Thiladhun

ހދ. އަތޮޅު ވޮލީ މުބާރާތް: ޓީމު ހަނިމާދޫގެ ދެވަނަ މެޗުވެސް ކާމިޔާބު ކޮށްފި

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ރޭ ނޮޅިވަރަމް ޒުވާނުންގެ ގުޅުމާއި ޓީމު ހަނިމާދޫ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ޓީމު ހަނިމާދޫގެ ދެވަނަ މެޗުވެސް ކާމިޔާބު ކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު ޓީމު ހަނިމާދޫ ކާމިޔާބުކުރީ 17-25 ޕޮއިންޓުންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 12-25 ޕޮއިންޓުންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 17-25 ޕޮއިންޓުންނެވެ. އިއްޔެގެ މެޗްގައި […]

ޔުމްނާ ޢަލީ
މަކުނުދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން ހުކުމްކޮށްފި

މަކުނުދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން ހުކުމްކޮށްފި

ހދ.މަކުނުދޫގައި ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ކުރި ދައުވާއެއް ނުބަލަން ހދ. މަކުނުދޫ މެޖިސްޓްރޭޓު ކޯޓުން ކޮށްފައި އޮތް ހުކުމެއް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފިއެވެ. 2013 ވަނަ އަހަރުގެ ތެރޭގައި ކުޑަކުއްޖަކާ މެދު އެކި ފަހަރު މަތިން ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކަށް ކުރި ދައުވާއެއް އެ ރަށު މެޖިސްޓްރޭޓު ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ، ދައުލަތުގެ ދައުވާގެ ސީޣާގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެވެ. […]

Thiladhun

ވޮލީ މުބާރާތް: ކުޅުދުއްފުށިން ކުމުންދޫގެ މައްޗަށް ކުރިހޯދައިފި

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު ކުމުންދޫ ސްޕޯރޓްސް ކްލަބާއި ޓީމު ކުޅުދުއްފުށި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ޓީމު ކުޅުދުއްފުށި އިއްޔެގެ މެޗު ކާމިޔާބު ކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 15-25 އިންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 16-25 އިންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 15-25 އިންނެވެ. އިއްޔެގެ މެޗްގައި […]

ޔުމްނާ ޢަލީ
📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ގަބުރުސްތާނު ވަށާފާރު މަރާމާތު ކުރާނެ ފަރާތެއް ހޯދަނީ

ހދ.ވައިކަރަދޫ ގަބުރުސްތާންގެ ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓް ކޮށްފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ، މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ގަބުރުސްތާންގެ ވަށާފާރު މަރާމާތު މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 30 ސެޕްޓެމްބަރ 2019 ވާ ހޯމަދުވަހު ހެނދުނު 11:00 ގައި އެއިދާރާގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،...

Thiladhun

ތިން ސެޓުން މޮޅުވެ ޓީމު ހަނިމާދޫގެ ފެށުން ރަނގަޅުކޮށްފި

މިހާރުކުރިއައްދާ ހދ. އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ނައިވާދޫ ޓްރައިނަރސް ސްޕޯރޓްސް ކްލަބާއި ޓީމު ހަނިމާދޫ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅު ޓީމު ހަނިމާދޫގެ ފެށުން ރަނގަޅު ކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗްގެ ފުރަތަމަ ސެޓް ޓީމު ހަނިމާދޫ ކާމިޔާބުކުރީ 13-25 އިންނެވެ. ދެވަނަ ސެޓް ކާމިޔާބުކުރީ 06-25 އިންނެވެ. 3 ވަނަ ސެޓް ކާމިޔާބުކުރީ 18-25 އިންނެވެ. އިއްޔެގެ މެޗްގައި ކްއީން އޮފްދަ […]

ޔުމްނާ ޢަލީ
ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ޝައުރާ 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ޝައުރާ

ވޭތުވެދިޔަ އަހަރު ހދ. އަތޮޅު މަދަރުސާާއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު ޝައުރާ މުހައްމަދު ހޮވިއްޖެއެވެ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ޝައުރާ ހޮވުނީ ރޭ އެ ސްކޫލުގައި އޮތް އިނާމު ދިނުމުގެ ޖަލްސާގައެވެ. މި ޖަލްސާގައި ޝައުރާއާ އިނާމު ހަވާލުކޮށްދެއްވީ ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދްނާން އަލީ އެވެ. ޝައުރާ ވަނީ މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ތިން މާއްދަން އޭ ސްޓާ އާއި ހަތަރު އޭ އަދި […]

އަފްރާހް އަބްދުލް ރަޝީދު
ލޯކަލް ކައުސިލް ރޭންކިންގ: ހދ. އަތޮޅުން އެންމެ ކުރީގައި ކުރިނބީ ކައުންސިލް 📍 ހދ. ކުރިނބީ

ލޯކަލް ކައުސިލް ރޭންކިންގ: ހދ. އަތޮޅުން އެންމެ ކުރީގައި ކުރިނބީ ކައުންސިލް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން އާންމުކުރި ލޯކަލް ކައުންސިލް ރޭންކިންގައި ހދ. އަތޮޅުގެ ކައުންސިލްތަކުން އެއްވަނަ ކުރިނބީ ކައުންސިލް ހޯދައިފިއެވެ. އެލްޖީއޭއިން އާންމުކުރި2017 ވަނަ އަހަރުގެ ރޭންކިންގ އަށް ބަލާއިރު ހދ. އަތޮޅުން ކުރިބީ ކައުންސިލް ވަނީ އެއްވަނަ ހޯދާފައެވެ. މި ލިސްޓުގެ ދެވަނަ ލިބެނީ ވައިކަރަދޫ ކައުންސިލަށެވެ. ހދ. އަތޮޅު ރޭންކިންގ2017: ކުރިނބި ކައުންސިލް ވައިކަރަކަދޫ ކައުންސިލް މަކުނުދޫ ކައުންސިލް ކުޅުދުއްފުށި ކައުންސިލް ނޮޅިވަރަންފަރު ކައުންސިލް ނޮޅިވަރަމް ކައުންސިލް ހިރިމަ...

އަފްރާހް އަބްދުލް ރަޝީދު
ފިނޭ ވީއެސްއާރުސީ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ފިނޭ

ފިނޭ ވީއެސްއާރުސީ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ފިނޭ، ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވާ ފިރިހެނުންގެ ވޮލީބޯޅާ މުބާރާތް އަންނަ މަހު ބޭއްވުމަށް އެ ކްލަބުން ނިންމައިފި އެވެ. އެ ކުލަބުން ބުނީ މުބާރާތް ފަށާނީ އަންނަ މަހުގެ 25 ގައި ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހދ އަތޮޅުގެ ޓީމުތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 20:00 ގެ ކުރިން މުބާރާތުގައި […]

އަފްރާހް އަބްދުލް ރަޝީދު