ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ

ހަނިމާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި 355 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓަކާއި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 2583 ސްކެއާ މީޓަރުގެ ޕޭވްމަންޓެއް ތަރައްގީ ކުރާނެ އެވެ. ދެ ނަރު ބައްތި އާއި 20 ބަނދަރު ބައްތީގެ އިތުރުން 10 މޫރިން ބްލޮކްސް އާއި 90 މީޓަރު ގްރޯއިން، އަދި އެއް ރޭމްޕް ގާއިމުކުރާނެ އެވެ.

Ad
rt

އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރު 53522 ކިއުބިކް މީޓަރަށް ފުންކޮށް، ނެރު، 31575 ކިއުބިކް މީޓަރަށް ފުން ކުރާނެ އެވެ. އަދި 50 މީޓަރު ރިވެޓްމެންޓް ވެސް ޖަހާނެ އެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 14 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހަނިމާދޫގައި 3000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ، ޝާހިދު ހުސެއިން މޫސާ އެވެ.