މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި

ހދ ކުޅުދުއްފުށީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖް އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފިއެވެ. ކުޅުދުއްފުށީ ޒިގްޒެގް ޖަމިއްޔާއިން އިންތިޒާމްކުރާ މި މުބާރާތަކީ ކުޅުދުއްފުށީގައި ހުރި މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި މިފަހަރު 17 މުއައްސަސާއަކުން ވަނީ ބައިވެރި ވެފައެވެ. ރޭ 20:00 ގައި މުބާރާތް ފަށާފައިވަނީ ސްޓޭޑިއަމްގެ ޓާފް ފުޓްސަލް ދަނޑުގައެވެ. ރޭ މުބާރާތް ހުޅުވި މެޗުގައި ބައްދަލުކުރީ އެސްޓީއޯގެ ޓީމަކާއި ކުޅުދުއްފުށީ ރީޖަނަލް ހ...

އަޙްމަދު މުޖުތަބާ
މިދިޔަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝަރާ 📍 ހދ. ކުރިނބީ

މިދިޔަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝަރާ

2018 ވަނަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހދ ކުރިނބީ، ކަރަންކާގެ، އައިމިނަތު ޝަރާ ހޮވިއްޖެއެވެ. ރޭ ކުރިނބީ ސްކޫލްގައި ބޭއްވި އެސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ޝަރާއަށް ސެޓްފިކެޓާއި ޓްރޮފީ އަދި ޝޭސް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދުއެވެ. ސްކޫލްގެ ޓޮޕް އެޗީވާރސް އެވޯޑް 6 ދަރިވަރަކު ހާސިލްކޮށްފައިވާ 6 ދަރިވަރުންނަކީ އައިމިނަތު ޝަރާ، ނައުޝާ ޢަލީ، މުޙައްމަދު ވިޝާހް، […]

އަޙްމަދު މުޖުތަބާ
ލާދީނީ ފިކުރާއި ދެކޮޅަށް ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ލާދީނީ ފިކުރާއި ދެކޮޅަށް ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަނީ

ލާދީނީ ފިކުރާއި ދެކޮޅަށް މާދަމާ ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ. ކުޅުދުއްފުށީ ޒުވާނުންނާއި އިސްލާންދީނަށް ލޯބިކުރާ ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ މި ހިނގާލުމަކީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓް ކުށްވެރިކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަމަށް މި ހިނގާލުން އިންތިޒާންކުރާ ފަރާތުން ހާމަކުރެއެވެ. އަދި މި ހިނގާލުމަކީ އެއްވެސް ގޮތެއްގައި ސިޔާސީ ކަމެއް ނޫން ކަމަށް އެފަރާތުން ހަމަކޮށްފައިވެއެވެ. މިމި ހިނގާލުން ފެށުމަށް ހަމަޖެ...

އިބްރާހިމް އަސްވާޤް
އެމްޑީއެންގެ ރިޕޯޓް އިހަވަންދު އަދި ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފި 📍 ހއ. އިހަވަންދޫ

އެމްޑީއެންގެ ރިޕޯޓް އިހަވަންދު އަދި ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓު ކުށްވެރިކޮށް އަދި އެމްޑީއެން އުވާލުމަށް ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކުން ގޮވާލަމުންދައިރު އެއަމަލު ހއ.އިހަވަންދު އަދި ހދ.ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. މި ލޮބުވެތި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު އެމްޑީއެންގެ ރިޕޯޓުގައި މިއުއްމަތުގެ މާތް ސާހިބާއަށާއި މާތްވެގެންވާ އިސްލާމްދީނަށް ފާޅުގައި މަލާމާތާއި ފު...

ފާތިމަތު ސިނާޒާ
📍 ހދ. ކުރިނބީ

ކުރިނބީ ސްކޫލުގައި 5 ކުލާސް ރޫމާއި ސްޓާފް ރޫމެއް އެޅުމަށް ހަވާލުކޮށްފި

ހދ ކުރިނބީ ސްކޫލްގައި 5 ކްލާސް ރޫމާއި ސްޓާފް ރޫމެއް އެޅުމަށް ވީ އަވަރ އިންވެސްޓްމެންޓާއިއެކު މިއަދު ސޮއިކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. ވީ އަވަރ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރު ފާތިމަތު ލައިސާ ލަތީފެވެ. ހދ. ކުރިނބީ ސްކޫލްގެ 5 ކްލާސްރޫމް އަދި ސްޓާފްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރުން.@aisthly pic.twitter.com/X0gM6PdsWE — Ministry...

އަޙްމަދު މުޖުތަބާ
ހޯމް މިނިސްޓަރ ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާ ބައްދަލު ކުރައްވައިފި 📍 ހދ. ނޭކުރެންދޫ

ހޯމް މިނިސްޓަރ ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާ ބައްދަލު ކުރައްވައިފި

ހދ. ނޭކުރެންދޫގައި ޖަލެއް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޖަލު އެޅުމަށް ދޫކޮށްފައިވާ ބިން ބައްލަވައިލެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ހދ. ނޭކުރެންދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލު ކުރައްވައިފިއެވެ. އިއްޔެގެ ވަގުތެއްގައި ނޭކުރެންދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެސްޓޭޝަނުގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލު ކުރައްވައި،  މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ...

އިބްރާހިމް އަސްވާޤް
ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި

ހއ.ދިއްދޫ، ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ބައްދަލުވުމެއްގައި 13 ރަށުގެ ފުޓްބޯޅަދަނޑުގެ ޓާފް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.ޔޫތުމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއ...

ފާތިމަތު ސިނާޒާ
ވައިކަރަދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހދ.ވައިކަރަދޫ ކައުންސިލުން ކުށްވެރިކޮށްފި އެވެ. އެ ޖަމިއްޔާގެ ފަރާތުން “ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި 2015 ވަނަ އަހަރު ނެރުނު މި ރިޕޯޓްގައި  އިސްލާމްދީނަށާއި، ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށްފައިވާތީ މިއަދު އެފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ވައިކަރަދޫ ކައުންސިލުންނާއި އެރަށުގެ ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޖަމިއްޔާތަކުން ކުރާ...

ފާތިމަތު ސިނާޒާ
ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިނބީގައި ހިންގައިފި 📍 ހދ. ކުރިނބީ

ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިނބީގައި ހިންގައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހދ ކުރިނބީ ސްކޫލްގައި އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް ނޮތާން އޭރިއާގެ ސިފައިން ކުރިނބީ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި މުދައްރިސުންނާއި ދަރިވަރުންނާއިއެކު 70 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއްވައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ދަތުރަކަށް ފަށާއިރު އަޅަންޖެހީ ރ...

އަޙްމަދު މުޖުތަބާ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ހޮސްޕިޓަލުގައި ޒަމާނީ ލޭބަރ ރޫމަކާއި ސީއެސްއެސްޑީ ޔުނިޓެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޒަމާނީ ލޭބަރު ރޫމަކާއި ސެންޓްރަލް ސްޓެރައިލް ޑިޕާޓްމަންޓް ސާރވިސް (ސީއެސްއެސްޑީ) ޔުނިޓް ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. އިއްޔެ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވޭވްލެންތް ކުންފުންޏާ އެވެ. މި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖަރު އަހުމަދު ދާއޫދެވެ. ވޭވްލެންޗުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޔޫނުސް އިބުރާހީމެވެ. Kulhudhuffushi Regional Hospital g...

ފާތިމަތު ސިނާޒާ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގެއެއްގައި ރޯވި އަލިފާނަކީ ގަސްތުގައި ބަޔަކު ކޮށްފައިވާ ފިނޑިއަމަލެއް: ލަތީފް

ކުޅުދުއްފުށީ ގެއެއްގައި ރޯވި އަލިފާނަކީ ގަސްތުގައި ބަޔަކު ކޮށްފައިވާ ފިނޑި އަމަލެއްކަމުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ބުނެފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ލަތީފް ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަކާގެޔަކީ ނޮޅިވަރަމް މީހަކު ކުއްޔަށް އުޅެމުން އަންނަ ގެޔެއްކަމަށާއި އެގޭތެރެއިން ފެންނަން ހުރި ކަންކަމަށް ބަލާއިރު އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާކަމެއްކަން އިނގޭކަމަށެވެ. އަދި ބެލެވޭ ގޮތުގައި އަލިފާން ރޯކޮށްލާފައިވަނީ ފާރުމަތިން ދަނޑިއެއްކަހަލަ އެއްޗެއް ބޭނުންކޮށްގެން ކަން ...

އިބްރާހިމް އަސްވާޤް
އެމްޑީއެން ރިޕޯޓް ކުށްވެރިކޮށްފައިވާ ތިލަދުންމަތީގެ ކައުންސިލްތައް

އެމްޑީއެން ރިޕޯޓް ކުށްވެރިކޮށްފައިވާ ތިލަދުންމަތީގެ ކައުންސިލްތައް

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާތީ އެކަން ކުށްވެރިކޮށް އަދި އެމްޑީއެން އުވާލުމަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން މިހާތަނަށް އެމްޑީއެން އުވާލުމަށް ޖުމްލަ 57 ކައުންސިލަކުން ގޮވާލާފައިވާއިރު ތިލަދުންމަތީގެ 11 ކައުންސިލަކުން ވެސް މިވަނީ އެމްޑީއެން އުވާލުމަށް ގޮވާލާފައެވެ. އެގޮތުން އެމްޑީއެންގެ މައްސަލަ ފެންމަތި...

ފާތިމަތު ސިނާޒާ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އިސް ރަށްވެހިންގެ ހަވީރެއް ބާއްވައިފި

ދިވެހި ރެޑް ކްރެސެންޓާއިި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިގެން މަދަދު ގެ ނަމުގައި ކުޅުދުއްފުށީގައި އިސްރަށްވެހިންނަށް ހާއްސަ ހަވީރެއް އިއްޔެ ބާއްވައިފިއެވެ. We also took time to enjoy conversation, over some traditional games, with all those who were part of the event, to better understand their physical and mental wellbeing, and to see how we could support a healthier lifestyle. Thank you @AfeefuddinScool and Stadium. […]

ފާތިމަތު ސިނާޒާ
"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް" 📍 ހދ. ނޮޅިވަރަންފަރު

"ނޮޅިވަރަމް، ނާޅިވަރަމް، ދެން ނާޅިވަރަންޕަރަމް"

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނު” އަށް އިސްލާޙު ހުށަހެޅި، ދާއިރާ ތަކުގެ ނަމަށް ބަދަލު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު (މޮސްޓާ) ފާޅުކުރެއްވި ކަންބޮޑުވުމަކީ އޭނާގެ ދާއިރާއަށް ކުރިމަތި ވެފައިވާ ކަންބޮޑުވުމެކެވެ. ނަޝީދުގެ ކަންބޮޑުވުމަކީ އޭނާގެ ދާއިރާގައި އެންމެ ދެރަށް އޮތްއިރު، އެ ދެރަށުގެ ނަން މާ އެއްގޮތްވުމުން ކުރިމަތިވާ މައްސަލަތަކެކެވެ. އެއީ އެ ދާއިރާގައި އ...

ހުސައިން ހަބީބް
ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި

ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި

ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި އެވެ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ގޯތި ހޯދުމަށް ނޮޅިވަރަމް ކައުންސިލަށް ހުށައަޅާފައިވާ ފަރާތަކުން އެފަރާތަށް ޕޮއިންޓް ދިނުމުގައި ކައުންސިލުން އިހުމާލު ވެފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި ވާތީވެ، އެފަރާތުން ހުށައަޅާފައިވާ މައްސަލާއިގައި ވަކި ގޮތެއް ނިމެންދެން ކައުންސިލުން އެގޯތިތަކުގެ އެއްވެސް މަސައްކަތެއް ނ...

ޔުމްނާ ޢަލީ