މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ނެއްލައިދޫ "ޒޫމް ޓުރޭޑް": ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން އައު ފިހާރަ އެއް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ "ޒޫމް ޓުރޭޑް": ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން އައު ފިހާރަ އެއް

ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން ހދ. ނެއްލައިދޫގައި “ޒޫމް ޓުރޭޑް” ގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފި އެވެ. ގޭތެރޭގެ ސާމާނުތައް އެއްތާކުން އަގުހެޔޮކޮށް ލިބޭ މިފިހާރަ ހުޅުވާފައިވާނީ މިމަހުގެ19 ވަނަ ދުވަހު އެވެ. އެ ފިހާރައިގެ އެއް ފައުންޑަރ ކަމުގައިވާ މުހައްމަދު އަލީފް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފިހާރަ އަކީ އަގު ހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި އެއްތާކުން ލިބޭނެ އިންތިޒާމް އެރަށުގެ ރައްޔިތުންނަށް ހޯދައިދިނުމަށް ހުޅުވުނު ފިހާރައެއްކަމަށެވެ. ސާނަވީ ތަޢުލީމު ނިންމާ […]

އިބްރާހިމް އަސްވާޤް
މަކުނުދޫގައި ހަފުތާ ބަންދުގައި ތިން ދަރުސެއް ބާއްވަނީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ހަފުތާ ބަންދުގައި ތިން ދަރުސެއް ބާއްވަނީ

ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އިން މި ހަފުތާ ބަންދުގައި މަކުނުދޫގައި ތިން ދީނީ ދަރުސެއް ބާއްވަން ނިންމައިފިއެވެ. މިގޮތުން އެރަށުގައި ބާއްވާ ފުރަތަމަ ދަރުސް މާދަމާ އަސުރުނަމާދަށްފަހު އެރަށުގެ މަސްޖިދުއް ޞިއްދީޤުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ދަރުސްގެ މައުޟޫއަކީ ”މުއުމިނުންގެ ސިފަތައް” އެވެ. ދެވަނަ ދަރުސް އަމާޒުކޮށްފައި ވަނީ އެރަށުގެ އެންމެހާ ރައްޔިތުންނަށެވެ. ”ހުރިހާ ނުބައިކަމެއްގެ މަންމަ” މި މައުޟޫއަށް ކުރިއަށްގެ...

ޙުސައިން ޝަހުދީ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުލަވައިލައްވައިފި އެވެ. އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވާ ރައީސް އޮފީހުން އިޢުލާން ކުރައްވާފައިވަނީ މިއަދު އެވެ. ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވައިލައްވާފައި ވަނީ: 1. އަލްފާޟިލާ އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި) 2. ޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ) 3. އަލްފާޟިލާ މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ....

އިބްރާހިމް އަސްވާޤް
ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް! 📍 ހދ. ނޭކުރެންދޫ

ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް!

މިއީ އަޒާންއެވެ. މިހާރު އަޒާންގެ އުމުރުން އަށް އަހަރެވެ. އަޒާންގެ ބައްޕައަކީ ހދ.ނޭކުރެންދޫއަށް ނިސްބަތްވާ މީހެކެވެ. ނަމަކީ މުޙައްމަދު ވަހީދެވެ. އަޒާންގެ މަންމައަކީ ހދ.ކުރިނބީއަށް ނިސްބްތަވާ މީހެކެވެ. ނަމަކީ މަރިޔަމް ފަރުޒާންއެވެ. އަޒާންއަކީ މި ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން ދެ އަހަރުގައި ފާހަގަ ކުރެވުނު ސިއްހީ މައްސަލައަކަށް ފަހު ފާއިތުވި ހަ އަހަރު ދުވަހު ވެސް އަޒާން އުޅެމުންދަނީ ވަރަށް ވޭނީ ދުނިޔެއެއްގައެވެ. ކިޑްނީއަށް ފަރުވާ ކުރުމުގައެވެ. އަޒާންގެ ބަލިހާލަތު ތިލަދުން ނޫހާ ހި...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ކައުންސިލުން ދެމުންދާ "ބޮނބިތެޅުމުގެ ޚިދުމަތް" ދޭ ދުވަސްތަކަށް ކުޑަ ބަދަލެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކައުންސިލުން ދެމުންދާ "ބޮނބިތެޅުމުގެ ޚިދުމަތް" ދޭ ދުވަސްތަކަށް ކުޑަ ބަދަލެއް

ހދ. ކުޅުދުއްފުށީ ކައުންސިލުން ދެމުން އައި ބޮނބިތެޅުމުގެ ޚިދުމަތް ދޭ ދުވަސްތަކަށް ކުޑަ ބަދަލެއް ގެނެސްފިއެވެ. އެ ކައުންސިލުން ކުރިން އެ ޚިދުމަތް ދެމުން އައީ އަންގާރަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން 12:30 އަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެކައުންސިލުން ގެނައި ބަދަލުގައި ވަނީ ހޮނިހިރު ދުވަހުގެ ބަދަލުގައި އެ ޚިދުމަތްދޭ ދުވަހަކީ ބުރާސްފަތި ކަމަށް ހަމަޖައްސާފައެވެ. އެހެންކަމުން ދެން އެ ކައުންސިލުން އެ ޚިދުމަތް ފޯރުކޮށްދޭނީ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރާފަރ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރާފަރ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލާއި މިނިސްޓްރީ އިފް ޔޫތު ސްޕޯޓްސް އެންޑް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯގްރާފަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ ސްޓްރެޓަޖީތައް ހާސިލް ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ޒުވާނުންގެ ހުނަރު ކުރިއަރުވާ ކުރިމަގު އުޖާލާކުރުމުގެ މަޤްޞަދުގައި ރާވާ ހިންގާ ޕްރޮގްރާމެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެ އެވ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށިން ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި 📍 ހދ. ހިރިމަރަދޫ

ކުޅުދުއްފުށިން ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީއިން ހދ. ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެއަތޮޅު ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، ކުޅުދުއްފުށީ ބަނދަރުމަތިން އެމީހާ ހުއްޓުވައި ބަލައިފާސްކ...

އަލީ އާދިލް
ހަނިމާދޫ އެއާޕޯޓު މުވައްޒަފުން ތެރެއިން ސިވިލް ސާވިސްގައި ތިބުމަށް އެދޭ މުވައްޒަފުން ނަން ނޯޓު ކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު މުވައްޒަފުން ތެރެއިން ސިވިލް ސާވިސްގައި ތިބުމަށް އެދޭ މުވައްޒަފުން ނަން ނޯޓު ކުރަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މުވައްޒަފުން ތެރެއިން ސިވިލް ސާވިސްގައި ދެމި ތިބުމަށް ބޭނުންވާ މުވައްޒަފުން ނަން ނޯޓު ކުރުމަށް ހުޅުވާލައިފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮފީހުން، އެ އެއާޕޯޓްގެ މުވައްޒަފުންނަށް މިއަދު ނެރުނު އެންގުމެއްގައި ބުނީ، ރީޖަނަލް އެއާޕޯޓް ކުންފުންޏަކަށް ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާތީ، ސިވިލް ސާވިސް މުވައްޒަފުން ގޮތުގައި ދެމި ތިބުމަށް ބޭނުންވާ މުވައްޒަފުން އެ އޮފީހަށް ގޮސް ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިހާތަނަށް ހިންގަ...

އަލީ އާދިލް
ކުރިނބީގައި ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމަށް ފެނަކަ އަދި ދިއްދޫ ''ކޭޑީ'' ކުންފުނީގެ އެހީތެރިކަން 📍 ހދ. ކުރިނބީ

ކުރިނބީގައި ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމަށް ފެނަކަ އަދި ދިއްދޫ ''ކޭޑީ'' ކުންފުނީގެ އެހީތެރިކަން

ހދ. ކުރިނބީގައި ތަރައްގީކުރާ ކުޑަކުދިންގެ ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ކުރިނބީ ފެނަކަ ބްރާންޗްގެ މުވައްޒަފުންނާއި، ހއ. ދިއްދޫ ކޭޑީ ކުންފުނިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއި ކުރިނބީ ކައުންސިލް ގުޅިގެން އެރަށުގައި ތަރައްގީ ކުރާ ޕާކު ގާއިމުކުރާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިނބީ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން ފެށީ މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ކުރިނބީ ކައުން...

އަޙްމަދު ވަހީދު
ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު މުއްދަތު 10 ދުވަސް ހަމަކޮށް ރޭ ނެގި ރިލީޒް ސާމްޕަލުންނެވެ. އެ ސާމްޕަލްގެ ނަތީޖާލިބި، އޭނާ ކޯވިޑްއަށް ޕޮޒިޓިވްވިކަން އެނގުނީ މިރެއެވެ. އޭނާއާއިއެކު އެއް ގޭގައި އިތުރު ޓީޗަރަކު ވެސް ހޯމް ކަރަންޓީނުގައި ހުއްޓެވެ. ނަމަވެސް އޭނާ ކޯވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ހަނިމާދޫން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނިފައިވާކަން ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި މުވައްޒަފުން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި މުވައްޒަފުން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފި

ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި ނަސްލުގެ މުވައްޒަފުން އެ ސްކޫލަށް ޓީވީ ހަދިޔާ ކޮށްފިއެވެ. މިގޮތުން އެ ސްކޫލްގެ ދިވެހި ނަސްލަށް ނިސްބަތްވާ މުވައްޒަފުންގެ ފަރާތުން ޓީވީއެއް ހަދިޔާކޮށްފައިވާއިރު، އެ ސްކޫލްގެ ސީނިއާ މެނޭޖްމަންޓާއި، އެޑްމިންނާއި، ޓެކްނިކަލް ސްޓާފުންނާއި އަދި ސަޕޯޓް ސްޓާފުން ގުޅިގެން ވެސް ވަނީ ޓީވީއެއް ހަދިޔާކޮށްފައެވެ. މި 2 ޓީވީއަކީ ވެސް 55 އިންޗީގެ ދެ ޓީވީއެވެ. ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި ނަސްލުގެ މުވައްޒަފުން އެ ސްކޫލަށް 2 ޓީވީ ހަދިޔާ ކޮށްފައި ވަނީ، […]

ޙުސައިން ޝަހުދީ
ފިނޭ އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ފިނޭ

ފިނޭ އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ފެނަކައިގެ ފަރާތުން ހދ. ފިނޭގައި އިމާރާތްކުރާ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފެނަކައިން މިކަން ހާމަކުރީ، އެ ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި އިމާރާތް ކުރާ އިންޖީނުގެތަކާއި، އޮފީސް އިމާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރަށްވަމުންނެވެ. މިގޮތުން ފެނަކައިން ބުނީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ހދ. ފިނޭ އާ އިންޖީނުގެ...

ޔުމްނާ ޢަލީ
ނެއްލައިދޫ ބަނދަރުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހދ. ނެއްލައިދޫ ބަނދަރުގެ 42 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 5 ޕަސެންޓް ވަނީ ނިމިފައިވާކަމަށެވެ. އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ސްކޫލުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ޕާލޭއާއި ހަވާލުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސްކޫލުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ޕާލޭއާއި ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާއި ހަވާލުކޮށްފިއެވެ. ނޮޅިވަރަންފަރު ސްކޫލުން ބުނީ، އެއީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ސްކޫލްގެ ދަރިވަރުން އެއްކުރި ޕްލާސްޓިކް ކަމަށެވެ. ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙްމަދު ”ތިލަދުން”އަށް ވިދާޅުވީ، އެއީ އެ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުވައްޒަފުންގެ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. ”2019 ވަނަ އަހަ...

ޙުސައިން ޝަހުދީ
ވަޢުދުތައް ނުފުއްދޭނަމަ ''ޕޮއްޖަހާފައި'' ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނަން: ސަމީރު 📍 ހދ. ކުޅުދުއްފުށި

ވަޢުދުތައް ނުފުއްދޭނަމަ ''ޕޮއްޖަހާފައި'' ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނަން: ސަމީރު

ޮމިސަރުކާރުން ކުޅުދުއްފުށީ ސިޓީއަށް ވެފައިވާ ވަޢުދުތައް ނުފުއްދޭ ނަމަ ”ޕޮއްޖަހާފައި” ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް، ޕީޕީއެމް ކުޅުދުއްފުށި ސްޓެއަރިންގ ކޮމެޓީގެ ރައީސް އަހުމަދު ސަމީރު ބުނެފިއެވެ. ސަމީރު މިހެން ބުނީ، ކުޅުދުއްފުށީ ސިޓީގައި ރޭ އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ”އެހޭ ހޮށް، މިވަރުން ފުދިއްޖެ” ޖަލްސާގައި ބައިވެރިވެ، ދެއްކި ވާހަކާގައި އެވެ. އޭނާ ބުނީ، ރައީސް ޔާމީނު ކުޅުދުއްފުށީ ރައްޔިތުންނަށް ވައުދުވި، 18 މަގު ރަނގަޅު ފެންވަރަކަށް ތާރުއަޅައި ހަދައިދީފައި...

އަޙްމަދު ވަހީދު