މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ކޭއާރުއެޗުގައި ސްޕެޝަލް ކޮންސްޓަބްލަރީގެ ޚިދުމަތް މިއަދު ފަށަނީ 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގައި ސްޕެޝަލް ކޮންސްޓަބްލަރީގެ ޚިދުމަތް މިއަދު ފަށަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ސްޕެޝަލް ކޮންސްޓަބްލަރީގެ ޚިދުމަތް މިއަދު ފެށުމަށް ހަަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލްއިން ބުނެފިއެވެ. އެހެންވެ، މި ޚިދުމަތް ތައާރަފްކުރެވުމާއެކު ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހޮސްޕިޓަލްގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި، ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި އެޅޭ މުޙިއްމު ފިޔަވަޅެއް ގޮތުގައި، ދޮރު ތަޅުލެވޭ އިލެކްޓްރޯނިކް ނިޒާމެއް ތަޢާރަފްކޮށް، ކޮންޓްރޯލް ކުރެވިފައިވާ ސަރަޙައްދުތ...

ފާތިމަތު ސަޙާ
ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަން ޓީމަކީ ''ފައިވް'' 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަން ޓީމަކީ ''ފައިވް''

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ “ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026” ގެ ޗެމްޕިއަންކަން ”ފައިވް” ހޯދައިފިއެވެ. އާދީއްތަ ދުވަހު ކުޅުނު ފައިނަލްގައި ”ފައިވް” ޗެމްޕިއަންކަން ހޯދީ ފައިނަލްގައި “ކޭވައިއާރްސީ ޖޫނިއާސް”ގެ މައްޗަށް 22-29 އިން ކުރި ހޯދައިގެންނެވެ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ޝަރަފްވެރިކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމަންޓްގެ މަގާމު ހޯދި ”ފައިވް”ގެ ސާދުނާ އ...

ޔުމްނާ ޢަލީ
ހަނިމާދޫ އަށް އައު ޖެންސެޓެއް، ހޯރަފުއްޓާއި މިލަންދޫ އަށް އައު ޖަނަރޭޓަރު ފޮނުވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަށް އައު ޖެންސެޓެއް، ހޯރަފުއްޓާއި މިލަންދޫ އަށް އައު ޖަނަރޭޓަރު ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހދ. ހަނިމާދޫ، ހއ. ހޯރަފުށި އަދި ށ. މިލަންދޫއަށް އައު ޖަނަރޭޓަރު ސެޓުތަކެއް ފޮނުވައިފިއެވެ. ފެނަކައިން މައުލޫމާތު ދިން ގޮތުގައި، ހދ. ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ރަށަށް ވަނީ 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފައެވެ. މިއާއެކު، ކުރިން 3500 ކިލޯވޮޓުގައި ހުރި އެ ރަށު އިންޖީނުގޭގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން، މި ޖެންސެޓް ބޭނުންކުރަން ފެށުމުން 4400 ކިލޯވޮޓަށް މަތިވެގ...

ޔުމްނާ ޢަލީ
ނައިވާދޫގެ ސިވިވިލް ސާވިސް މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމެއް 📍 ހދ. ނައިވާދޫ

ނައިވާދޫގެ ސިވިވިލް ސާވިސް މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމެއް

ހދ.ނައިވާދޫގެ ސިވިލް ސަރވިސް އިދާރާތަކުގެ މުވައްޒަފުން، ސިވިލް ސަރވިސް ޤަވާޢިދަށް އަޙުލުވެރިކުރުވުމުގެ ޕްރޮގްރާމެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ނައިވައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުސްޠަފާ އިބްރާހީމް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ސިވިލްސާވިސްގެ ބައެއް  ޤަވާޢިދުތަކަށް ބަދަލުތަކެއް އަންނަމުންދާތީއާއެކު، ޤަވާޢިދުތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ޕްރޮގްރާމެއް ކަމަށެވެ. އޭގެއިތުރުން، އެސްޖީ ވިދާޅުވި ގޮތުގައި ނައިވާދޫ ފަދަ ކުޑަކުޑަ މުޖުތަމައެއްގައި ހަމައެކަނި ކައު...

ފާތިމަތު ސަޙާ
ކުމުންދޫ އާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ކުމުންދޫ އަހަރީ ސްކައުޓް ކޭމްޕް ދަރިވަރުންނަށް ސެޝަނެއް 📍 ހދ. ކުމުންދޫ

ކުމުންދޫ އާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ކުމުންދޫ އަހަރީ ސްކައުޓް ކޭމްޕް ދަރިވަރުންނަށް ސެޝަނެއް

ހދ. ކުމުންދޫ ސްކޫލުގައި ކުރިއަށްގެންދިޔަ “ސްކައުޓް އަހަރީ ކޭމްޕް 2026” ގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ކުމުންދޫ ޕޮލިސް ޕޯސްޓާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ޓީމް ބިލްޑިންގ ސެޝަނެއް ބާއްވައިފިއެވެ. ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާކޮށް، ތަރައްޤީކުރުމުގެ މި ސެޝަން، ކޯޑިނޭޓްކޮށް، ނަންގަވައިދެއްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ސާޖަންޓް ޙަސަން އިބްރާހީމެވެ. މީގެއިތުރުން، މި ސެޝަންގައި ކުމުންދޫ ޕޮލިސް ޕޯސްޓުގެ ފަރާތުން ސީނިއަރ ސާޖަންޓް އަޙްމަދު ލިޝާން އަ...

ފާތިމަތު ސަޙާ
ނޮޅިވަރަމް ޕޮލިހުން ފަސް ސްކޫލެއްގެ 200 ދަރިވަރުންނަށް ޓީމް ބިލްޑިން ސެޝަނެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޕޮލިހުން ފަސް ސްކޫލެއްގެ 200 ދަރިވަރުންނަށް ޓީމް ބިލްޑިން ސެޝަނެއް

ހދ. ނޮޅިވަރަމް ސްކޫލުގައި ކުރިއަށްގެންދާ “ކެޑޭޓް އަހަރީ ކޭމްޕް 2026” ގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން، ޓީމް ބިލްޑިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ހދ.އަތޮޅު ޕޮލިހުން މަޢުލޫމާތުދޭ ގޮތުގައި އޮގަސްޓް 23 ވަނަދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި، ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ބޭއްވުނު ސެޝަނެކެވެ. މިއީ މިހާތަނަށް ނޮޅިވަރަމް ސްކޫލުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކޭމްޕެވެ. މި ކޭމ...

ފާތިމަތު ސަޙާ
އެންމެން ހައިރާންކޮށްލުމަށްފަހު ފުޓްސަލް ރަސްގެފާނު ނައިވާދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި 📍 ހދ. ނައިވާދޫ

އެންމެން ހައިރާންކޮށްލުމަށްފަހު ފުޓްސަލް ރަސްގެފާނު ނައިވާދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފިއެވެ. ހަނިމާދޫ މި މުބާރާތުގެ ތަށި އުފުލައިލީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ތަށި ކާމިޔާބުކޮށް ފުޓްސަލްގައި ބޮޑެތި މުބާރާތްތަކުން 12 ތަށި ހޯދާފައިވާ މިވަގުތު ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ 2-0 އިން ބަލިކޮށްގެންނެވެ. މެޗުގައި ހަނިމާދޫގެ ދެ ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަތަމަ ހާފުގައެވެ. މިގޮތުން ހަނިމާދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ […]

ޔުމްނާ ޢަލީ
ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤުރުއާން މުބާރާތުގެ ތަރިންނަކީ މާކިން އާއި އަންޖަލް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤުރުއާން މުބާރާތުގެ ތަރިންނަކީ މާކިން އާއި އަންޖަލް

ހދ. ހަނިމާދޫ ކައުންސިލްގެ “ޖަވާހިރުލް ޤުރުއާން މުބާރާތް 1448” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ހަނިމާދޫ ސްކޫލް  ގުޅިގެން ބޭއްވި މި މުބާރަތުގެ އެންމެ ޚާއްޞަ އަދި ފަޚުރުވެރި ދެ މަގާމު ހާސިލްކޮށްފައި ވަނީ ޖަވާހިރުލް ޤުރުއާން އެވޯޑާއި ރަންތާޖު ޙާޞިލް ކުރީ މުޅި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދި، އެ ރަށު، ސިޑްނީ، މާކިން ބިން މުޙައްމަދު އަޝްރަފާއި، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވާ ގަހާ، އާމިނަތު […]

ފާތިމަތު ސަޙާ
ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ފައިނަލްގައި ކޭވައިއާރްސީ ޖޫނިއާސް އާއި ފައިވް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ފައިނަލްގައި ކޭވައިއާރްސީ ޖޫނިއާސް އާއި ފައިވް

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ “ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026″ގެ ސެމީފައިނަލްގައި ވާދަ ކޮށް، “ކޭވައިއާރްސީ ޖޫނިއާސް” އާއި “ފައިވް” ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލަށް “ފައިވް” ދަތުރުކުރީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި “ކޭއީޑީ” އާ ކުރިމަތިލައި 34- 10 އިން މޮޅުވެގެންނެވެ. އެ މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ “ފައިވް”ގެ އާމިނަތު ލައުޒާއެވެ. “ކޭވައިއާރްސީ ޖޫނިއާސް” ފައިނަލަށް ދަތުރުކުރީ ސެމީގައި...

ފާތިމަތު ސަޙާ
ނައިވާދޫ އާއި ހަނިމާދޫ ކުރިމަތިލާ ބޮޑު ފައިނަލް މިރޭ 📍 ހދ. ނައިވާދޫ

ނައިވާދޫ އާއި ހަނިމާދޫ ކުރިމަތިލާ ބޮޑު ފައިނަލް މިރޭ

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ފައިނަލްގައި ރާއްޖޭގެ މިވަގުތުގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ފުޓްބޯޅާގައި ހދ.އަތޮޅުގެ ކާމިޔާބު ރަށެއްކަމަށްވާ ހަނިމާދޫ ކުރިމަތިލާނެއެވެ. މި ބުރުގެ ފައިނަލަށް ނައިވާދޫ ދަތުރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅު ސެމީ އަށް ދަތުރުކޮށް ސެމީގައި 5-0 އިން ނޮޅިވަރަންފަރު ބަލިކޮށްގެންނެވެ. ހަނިމާދޫ ފައިނަލަށް ދަތުރުކުރީ އެއް މެޗުން މޮޅު ސެމީގައި ނޭކުރެންދޫގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މި ފައިނަލް ފަށާނީ މިރޭ […]

ޔުމްނާ ޢަލީ
ރައްކާތެރިގޮތުގައި ކުނި އުކާ މަކުނުދޫ ރައްޔިތުންނަށް ކައުންސިލުން އެވޯޑް ދެނީ 📍 ހދ. މަކުނުދޫ

ރައްކާތެރިގޮތުގައި ކުނި އުކާ މަކުނުދޫ ރައްޔިތުންނަށް ކައުންސިލުން އެވޯޑް ދެނީ

ހދ.މަކުނުދޫގައި އެންމެ ރަނގަޅު ގޮތުގައި ކުނިއުކާ ފަރާތްތަކަށް، އިނާމް ދިނުމުގެ ޕްރޮގްރާމެއް ތަޢާރަފް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ގޭބިސީތަކުގައި ކުނި ވަކިކުރުމަށް، ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން، އެންމެ ރަނގަޅަށް ކުނި ވަކިކޮއްފައިވާ ފަރާތްތައް ފާހަގަކޮށް، ” ވެށިސާފު އެވޯޑް ” ގެ ނަމުގައި އެވޯޑް ދިނުމަށް ކައުންސިލްގެ އާއްމު ބައްދަލްވުމުގައި ނިންމާފައިވާކަމަށް އެ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ. ކައުންސިލްގެ ކުރިއަށް އޮތް އާއްމު ބައްދަލުވުމުގައި “ވެށިސާފު” އެވޯޑު ދިނުމ...

ފާތިމަތު ސަޙާ
ފެންބޯ ހުރާއިން މަކުނުދޫ ރައްޔިތުންނަށް ދަރާއި ފަން އަދި ކާށި ދޫކުރަން ފަށައިފި 📍 ހދ. މަކުނުދޫ

ފެންބޯ ހުރާއިން މަކުނުދޫ ރައްޔިތުންނަށް ދަރާއި ފަން އަދި ކާށި ދޫކުރަން ފަށައިފި

ހދ. ފެންބޯ ހުރާއިން، ދަރާއި ފަން އަދި ކާށި، މަކުނުދޫގެ ރައްޔިތުންނަށް ދޫކުރާ ގޮތަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މަކުނުދޫ ކައުންސިލްއިން ނެރުނު އިޢުލާނުގައި، ދަރާއި ފަން އަދި ކާށި ދޫކުރާ އުޞޫލްތައް ބަޔާންކޮއްފައިވެއެވެ. އެ ގޮތުން: ދަރުގެ ގޮތުގައި ދޫކުރެވޭނީ ފަލަ މިނުގައި ހަ އިންޗިއަށްވުރެ ފަލަ ނޫން، ގަސްގަހުގެ ހިކިފައި ހުންނަ ގޮފި ރޯފަންކެނޑުމާއި ރޯދަރު ކެނޑުމަކީ މަނާކަމެއް ހޭޅިފަށުން އެއްވެސް ބާވަތެއްގެ ދަރެއް ކެނޑުމަކީ މަނާކަމެއް (ހޭޅިފަށް ކަމުގައި އެ ބަލާނީ […]

ފާތިމަތު ސަޙާ
މަކުނުދޫ ވެށިސާފުން ބޮނބިކުނޑިއާއި ބިއްލޫރިވެލި ވިއްކައި، ކައުންސިލުން ހިލޭ ކޫޑިބޭސް ދޫކުރަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ވެށިސާފުން ބޮނބިކުނޑިއާއި ބިއްލޫރިވެލި ވިއްކައި، ކައުންސިލުން ހިލޭ ކޫޑިބޭސް ދޫކުރަނީ

ހދ މަކުނުދޫގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީ ( ވެށިސާފު) އިން ބޮނބިކުނޑި އަދި ބިއްލޫރި ވެލި ވިއްކަން ފަށައިފިއެވެ. މަކުނުދޫ ކައުންސިލް އިދާރާއިން ހާމަކުރި ގޮތުގައި 23 އޯގަސްޓް 2026ވާ އާދިއްތަ ދުވަހުން ފެށިގެން ރައްޔިތުންނަށް މި ތަކެތި މެޓީރިއަލް ރިކަވަރީ ފެސިލިޓީން ގަންނަން ލިބޭނެއެވެ. އަގުތައް: ވެށިސާފު ބޮނބިކުނޑި: 1 ކިލޯ 4ރުފިޔާއަށް ވެށިސާފު ބިއްލޫރިވެލި: 1 ކިލޯ 1 ރުފިޔާއަށް މީގެއިތުރުން 20 އޯގަސްޓް 2026 (މިއަދު) އިން ފެށިގެން މަކުނުދޫ ކައުންސިލް އިދާރާއިން ވަނީ […]

ފާތިމަތު ސަޙާ
ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން ހެދުމުގައި ބައިވެރިވެގެން ހަދިޔާ ހޯދުމުގެ ފުރުޞަތު، ތެލިސެޓާއި ބޮއިލަރު ވެސް ލިބޭ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން ހެދުމުގައި ބައިވެރިވެގެން ހަދިޔާ ހޯދުމުގެ ފުރުޞަތު، ތެލިސެޓާއި ބޮއިލަރު ވެސް ލިބޭ

“ނެއްލައިދޫ ތަރައްޤީ ޕްލޭން 2021-2031” އެކުލަވައިލުމަށް ބާއްވާ ބައްދަލްވުންތަކަށް ހާޟިރުވެގެން ހަދިޔާ ހޯދުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ހާމަކުރި ގޮތުގައި ބައްދަލްވުންތަކަށް ހާޟިރުވުމާއި، ބައިވެރިވުން އިތުރު ކުރުމަށްޓަކައި، މި ބައްދަލްވުންތަކަށް ހާޟިރުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނެގޭ 15 ފަރާތަކަށް ހަދިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. ނެއްލައިދޫ ކައުންސިލުން ބުނި ގޮތުގައި ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީީ ތަރައްޤީ ޕްލޭން އެކުލަވައިލުމަށް...

ފާތިމަތު ސަޙާ
ނޮޅިވަރަންފަރު އަތުން ބޮޑު މޮޅެއް ހޯދައި ނައިވާދޫ ފައިނަލަށް 📍 ހދ. ނައިވާދޫ

ނޮޅިވަރަންފަރު އަތުން ބޮޑު މޮޅެއް ހޯދައި ނައިވާދޫ ފައިނަލަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ފައިނަލްގެ ދެވަނަ ޖާގަ ނައިވާދޫ ކަށަވަރުކޮށްފިއެވެ. ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލައި، ރާއްޖޭގެ ފުޓްސަލް ރަސްގެފާނުގެ މަގާމުގައި މިވަގުތު އޮތް ނައިވާދޫ މިރޭ ކުޅުނު ހދ. އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗު ކާމިޔާބުކުރީ ނޮޅިވަރަންފަރާއި ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނޮޅިވަރަންފަރުން ވަނީ ގަދަފަދަ ނައިވާދޫ ހިފަހައްޓައި ލަނޑެއްޖެހި ނުދީ ހާފު ނިންމާލާފައެވެ. މި […]

ޔުމްނާ ޢަލީ