📍 ހދ. ކުޅުދުއްފުށި
މާލެއަށް ނުގޮސް އުތުރުގައި ބޮޑު މުބާރާތެއް: ''މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް'' ކުޅުދުއްފުށީގައި
ސްވިމް މޯލްޑިވްސްއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން “މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް 2026” ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެކުއަތުލޯނަކީ ފެތުމާއި ދުވުން އެކުލެވިގެންވާ މަލްޓި-ސްޕޯޓްސް އިވެންޓެވެ. މި މުބާރާތުގެ ވަކިވަކި ފަރުދުންގެ (އިންޑިވިޖުއަލް) ރޭސްތައް 13 ނޮވެންބަރު 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޓީމް ރިލޭ ރޭސްތައް ކުރިއަށްދާނީ 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވ...