📍 ހދ. މަކުނުދޫ
މަކުނުދޫގެ ފުރަތަމަ ޝައިޚް ރިފްޢަތު: އަޒުމަކީ މަކުނުދޫ ނަމޫނާ ރަށަކަށް ހެދުން
ސްކޫލް ދައުރު އެކުގައި އުޅުނު އެކުވެރިންނާއެކު ނަމާދު ކުރުމާއި މިސްކިތަށް ދިޔުމުގައި ވާދަ ޖެހުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. އޭރު ވެސް އޭނާގެ ހިތުގައި ވާދަވެރިކަން އުފެދިފައި އޮންނަނީ ދީނީ ކަންކަމުގައެވެ. މަދްރަސީ ޙަޔާތް ނިންމާލުމަށްފަހު ކުރިއަށް ދާންވީ މިސްރާބާމެދު ކޮންމެ ކުއްޖަކު ވެސް ވިސްނާނެކަން ޔަޤީނެވެ. އެ ގޮތުން ހދ މަކުނުދޫއަށް އުފަން އަޙްމަދު ރިފްޢަތުގެ ހިތުގައި އޭރު ވެސް އޮތީ ދީނީ ޢިލްމު ޙާޞިލް ކުރުމުގެ ޝައުޤުވެރިކަމެވެ. އެންމެ ފުރަތަމަ ވެސް […]