📍 ހދ. ވައިކަރަދޫ
ވައިކަރަދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށްފި
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހދ.ވައިކަރަދޫ ކައުންސިލުން ކުށްވެރިކޮށްފި އެވެ. އެ ޖަމިއްޔާގެ ފަރާތުން “ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި 2015 ވަނަ އަހަރު ނެރުނު މި ރިޕޯޓްގައި އިސްލާމްދީނަށާއި، ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށްފައިވާތީ މިއަދު އެފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ވައިކަރަދޫ ކައުންސިލުންނާއި އެރަށުގެ ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޖަމިއްޔާތަކުން ކުރާ...