މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ސްމާޓް ސިޓީ ކޮންސެޕްޓްގައި ކުލަޖައްސައިދެވުމުން އާތިފް އުފަލުން، "ކުންބުޓި ޕޯޓަލް" ލޯންޗްކުރާނީ 33 ޚިދުމަތާއެކު 📍 ހދ. ކުޅުދުއްފުށި

ސްމާޓް ސިޓީ ކޮންސެޕްޓްގައި ކުލަޖައްސައިދެވުމުން އާތިފް އުފަލުން، "ކުންބުޓި ޕޯޓަލް" ލޯންޗްކުރާނީ 33 ޚިދުމަތާއެކު

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ސާވިސް ޕޯޓަލް ޓެސްޓުކުރުމަށް 7 ހިދުމަތާއެކު އާންމުންނަށް މިއަދު ހުޅުވާލެވުނު ކަމުގައިވިޔަސް، އަމާޒަކީ 33 ޚިދުމަތާއެކު 2025 ވަނަ އަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް “ކުންބުޓި ޕޯޓަލް” (އޮންލައިންކޮށް ޚިދުމަތަށް އެދޭ ޕޯޓަލް) ލޯންޗުކުރުމަށް ކަމަށް ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ލޯންޗުކުރުމާއި ގުޅިގެން މޭޔަރ އާޠިފް މިއަދު ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޒިންމާދާރުކަމާއެކު ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ "ކުންބުޓި ޕޯޓަލް" ޓެސްޓަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ "ކުންބުޓި ޕޯޓަލް" ޓެސްޓަށް ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސާވިސް ޕޯޓަލް “ކުންބުޓި ޕޯޓަލް” ޓެސްޓުކުރުމުގެ ގޮތުން އާންމު ރައްޔިތުންނަށް މި ޕޯޓަލް ޓެސްޓުކުރުމަށް މިއަދު ހުޅުވާލައިފިއެވެ. މި ޚިދުމަތް އާންމުންނަށް ޓެސްޓުކުރުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން ބުނެފައިވަނީ މި ޕޯޓަލް އަކީ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެދިލެއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އުފައްދާފައިވާ ޕޯޓަލް އެއް ކަމަށެވެ. އެގޮތުން ކުންބުޓި ޕޯޓަލް މެދުވެރިކޮށް މިވަގުތު ރައްޔިތުންނަށް އެދިއްލެއްވޭނެ 7 ޚިދުމަތ...

އައިޝަތު އައިނީ އާމިރު
އެމްޔޫއޭގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔަކޮށްފި 📍 ހދ. ކުޅުދުއްފުށި

އެމްޔޫއޭގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔަކޮށްފި

މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަން (އެމްޔޫއޭ) ގެ ފަރާތުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުން ބުނިގޮތުގައި ސިޓީ ކައުންސިލަށް 240 ލީޓަރުގެ 3 ޑަސްބިން ހަދިޔާކޮށްދެއްވާފައިވަނީ އެމްޔޫއޭގެ މަސްޢޫލުވެރިޔާ ނަޒާކީ ޒަކީ (ދާތޯ ޒަކީ) އެ ޖަމިިއްޔާގެ ކުޅުދުއްފުށީ ގޮފި މެދުވެރިކޮށް ކަމަށެވެ. މި ޑަސްބިންތައް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ 16 ޖުލައި 2025 ވީ ބުދަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އެމްޔޫއޭގެ މަސްޢޫލުވެރިޔާ އަށާއި އެ ޖަމިއްޔާގެ ކުޅުދު...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމައެކު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމައެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަބުޑީ މޯލްޑިވްސް އާއި ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އެ ސިޓީގައި ކުރިއަށް ގެންދިޔަ ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޯސް ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި އާމިނަތު ޝިހާނާ (އަބުޑީ) އަދި އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ޙަކީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި "ބަށިބޯޅަ" އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި "ބަށިބޯޅަ" އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި “ބަށި ބޯޅަ” އޮފިޝަލުންގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބަށިބޯލް ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން މި ކުޅިވަރަށް އޮފިޝަލުން ތަމްރީނު ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. މިއަންނަ އޮގަސްޓް މަހު 1 އިން 2 އަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 […]

އައިޝަތު އައިނީ އާމިރު
ދައުލަތުގެ ބަޖެޓުގެ މަންފާ އިންސާފުވެރިކަމާއެކު ލިބުން މުހިންމު: އާޠިފް 📍 ހދ. ކުޅުދުއްފުށި

ދައުލަތުގެ ބަޖެޓުގެ މަންފާ އިންސާފުވެރިކަމާއެކު ލިބުން މުހިންމު: އާޠިފް

ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓަކީ، ހުރިހާ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހިންގާ ބަޖެޓެއް ކަމަށްވާއިރު، އެ ބަޖެޓުން ކުރާ ހަރަދުތަކާއި ހިންގާ މަޝްރޫއުތައް މުޅި އާބާދީއަށް އިންސާފުވެރިކޮށް ބަހަންޖެހޭ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބޮޑު ބަޖެޓެއް ފާސްކުރަމުންދާ ކަމަށާއި، މި އަހަރުވެސް ގާތްގަނޑަކަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ބަޖެޓް ބެހިގެންދާ ގޮތް އ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ބަށި މުބާރާތް މިއަހަރު ސެޕްޓެމްބަރުގައި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ބަށި މުބާރާތް މިއަހަރު ސެޕްޓެމްބަރުގައި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ “ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025” ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިއަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅަށް ހުޅުވާލައިގެން ސެޕްޓެމްބަރ 4 އިން 6 އަށް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ކަސްޓަމްސް މުވައްޒަފުން މި ދެއްކީ ރީތި މިސާލެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކަސްޓަމްސް މުވައްޒަފުން މި ދެއްކީ ރީތި މިސާލެއް

ކުޅުދުއްފުށި ސިޓީގައި ތިބޭ ކަސްޓަމްސްގެ މުވައްޒަފުން އެ ސިޓީގެ ޖަލާލުއްދީން ސްކޫލު ގޯތިތެރޭގައި ހަދާފައިވާ ޕްލެޓްފޯމް ހިލޭ ސާބަހަށް ހިޔާކޮށްދިނުމުގެ މަސައްކަތްކޮށްދީފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ ކުޅުދުއްފުށި ސިޓީ، ޖަލާލުއްދީން ސްކޫލު ގޯތިތެރޭގައި ޤާއިމުކޮށްފައިވާ ޕްލެޓްފޯމުގައި ޓިނުޖަހާ ހިޔާކޮށްދިނުމުގެ މަސައްކަތް ކުޅުދުއްފުށީ ކަސްޓަމްސްގައި މަސައްކަތްކުރާ މުވައްޒަފުން ކޮށްދީފައިވާ ކަމަށެވެ. މި ޕްލެޓްފޯމަކީ އެ ސްކޫލްގެ ގޯތިތެރޭގައި ދަރިވަރުން ކުޅިވަރު ކުޅުމަށް ޚާއްސަކޮށްފަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫޢުގެ ސާވޭ ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫޢުގެ ސާވޭ ފަށައިފި

ކުޅުދުއްފުށި ސިޓީގައި “އެންހޭސިން ކްލައިމެޓް ރެސިލިއަންސސް އެންޑް ފުޑް ސެކުރިޓީ ޕްރޮޖެކްޓް” (ކުޅުދުއްފުށީގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫ)ގެ ސާވޭގެ ފަށައިފިއެވެ. މި މަޝްރޫޢުއަކީ އޭސިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ފަތުުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަޝްރޫޢުގެ މަޤުސަދަކީ ރަށްގިރުމާއި، ފެންބޮޑުވުމަށް ހައްލެއް ހޯދައިދިނުމަށާއި، ސިޓީގެ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ސިޓީކައުންސިލުން 17 ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީކައުންސިލުން 17 ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ނިންމައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި ކޯހަކީ ސިޓީ ކައުންސިލުގެ އެދިލެއްވުމަކަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޖުލައި 3 އަކުން 10 ގެ ނިޔަލަށް ކުޅުދުއްފުށީ އެންއޯސީ ފުނަވަލު މާލ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި

ކުޅުދުއްފުށީ ސިޓީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ހޮނިހިރު ދުވަހު ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ކޯހަކީ އެ ކައުންސިލާއި، އަބުޑީ މޯލްޑިވްސް ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރު އާމިނަތު މަޖީދާއެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ޕަންޗް ނީޑްލިން ކިޓްތައް ހަވާލުކޮށްފައިވެއެވެ. އަންހެން ބޭފުޅުންނަށް ޚާ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ދަމަނަވެށި އެޅުމަށް ބިން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ދަމަނަވެށި އެޅުމަށް ބިން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރާ ދަމަނަވެށީގެ މަސައްކަތް ފެށުމަށްޓަކައި ބިން، އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެ ބިން އާރުޑީސީއާއި ހަވާލުކުރުމަށްޓަކައި ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. އަދި އާރުޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ އަޙުމަދު ހަސަން ސޮއިކުރައްވާފައިވާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ސޮ...

އައިޝަތު އައިނީ އާމިރު
ކުނި ވަކިކޮށްގެން މެނޭޖްކުރުމަށް ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ޕޯސްޓަރ ތައާރަފްކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުނި ވަކިކޮށްގެން މެނޭޖްކުރުމަށް ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ޕޯސްޓަރ ތައާރަފްކޮށްފި

ކުނި ވަކިކޮށްގެން މެނޭޖްކުރުމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ތަޢާރަފް ކޮށްފިއެވެ.  މި ޕޯސްޓަރ ތައާރަފްކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލް މެންބަރުންނާއި މުވައްޒަފުން ވަނީ ކުޅުދުއްފުށީ ކުނިކޮށި ސަރަހައްދައް އިއްޔެ ޒިޔާރާތްކޮށް ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުންނާއި މެކްސް އާއި ގުޅިގެން މަސައްކަތްކޮށްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫޢު އަކީ ސައުތް އޭޝިއާ ކ...

އައިޝަތު އައިނީ އާމިރު
އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި 📍 ހދ. ކުޅުދުއްފުށި

އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި

އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ތިން ދުވަހުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި އިއްޔެ ފަށައިފިއެވެ. މި ކޯވްޝޮޕަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށް ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ވޯކްޝޮޕް އަމާޒުކޮށްފައި ވަނީ ހދ. އަތޮޅުގެ ރަށު ކައުންސިލްތަކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށެވެ. މި ވޯކްޝޮޕް ތެރެއިން، އިމާރާތް ކުރުމުގެ ޤާނޫނާއި އިމާރާތްކުރުމުގެ ޤަވާއިދުތ...

ޔުމްނާ ޢަލީ
ކޭއާރުއެޗުގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރުމަށް ބީލަމަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރުމަށް ބީލަމަށް ހުޅުވާލައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް ފިނޭސުން ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މިތަނަކީ ދިވެހި ސަރުކާރުން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓުމަންޓް ބޭންކް (އޭ.އައި.އައި.ބީ)ގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއަރޑްނަސްޕްރޮޖެކްޓުގެ ދަށުން އަޅަން ނިންމާފައިވާ ފެސިލިޓީއެކެވެ. ހެލްތް މިނިސްޓްރީގެ އެދުމުގެ މަތިން މި ފެސިލިޓީ އަޅައިދޭނެ ބަޔ...

ޔުމްނާ ޢަލީ