📍 ހދ. ނޮޅިވަރަމް
މިއަދުން މިއަދަށް ނޮޅިވަރަމަށް އެހީތެރިނުވެވިއްޖެނަމަ ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ: މޮސްޓާ
ކޯވިޑްގެ ހާލަތުގެ ވަރަށް ބޮޑަށް ގޯސްވެފައި ވަނީ ހދ. ނޮޅިވަރަމަށް ބޭނުންވާ ސިއްހީ އެހީތެރިކަން މިއަދުން މިއަދަށް ފޯރުކޮށް ނުދެއްވިޖެނަމަ އެރަށަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްނަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ މިހެން ވިދާޅުވީ ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި، އެ މައްސަލާގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ. ބޭސް ލިބުމުގައި ނޮޅިވަރ...