📍 ހދ. ނޮޅިވަރަންފަރު
ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލް ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގެ ނިންމުމުގެ ހަފްލާ ބާއްވާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ހަފްލާގައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް، ކޯހުގައި ކިޔަވައިދެއްވި “ފަނާރު ކޭކް” ގެ ފަރާތުން ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ. ކޯސް ނިންމުމުގެ ހަފްލާގައި...