މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަންފަރު (243 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
243 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަންފަރުގެ އެންމެ ފަހުގެ ޚަބަރުތައް

243 ޚަބަރުގެ ތެރެއިން
ނޮޅިވަރަންފަރު ފަޅުން ވެލިނެގުން މަނާކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ފަޅުން ވެލިނެގުން މަނާކޮށްފި

ހދ. ނޮޅިވަރަންފަރު ފަޅުން ވެލި ނެގުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މިގޮތުން ވެލިނެގުން މަނާކޮށްފައި ވަނީ މިފެށޭ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި ނޮޅިވަރަންފަރު ފަޅުގެ އެއްވެސް ހިސާބަކުން ވެލި ނުނެގުމަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ އަންގާފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައި ވަނީ އެރަށުގެ ފަޅުތެރޭގައި އުފެދިފައިވާ ފިނޮޅު ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވުމާއެކު، ފަޅުން ވެލިނެގުން މ...

ޔުމްނާ ޢަލީ
ޕީސީއާރު ނުހަދައި ދަތުރުކުރެވޭ 63 ރަށެއް، ތިލަދުންމަތީގެ އިތުރު ދެރަށް ހިމެނޭ 📍 ހދ. ނޮޅިވަރަންފަރު

ޕީސީއާރު ނުހަދައި ދަތުރުކުރެވޭ 63 ރަށެއް، ތިލަދުންމަތީގެ އިތުރު ދެރަށް ހިމެނޭ

ކޯވިޑް-19ށް ޓެސްޓު ނުކޮށް ދެވޭ ރަށްތަށް އެޗްޕީއޭއިން އާންމުކުރި އިރު އޭގެ ތެރޭގައި ޕީސީއާރު ޓެސްޓާއިނުލާ ދަތުރުކުރެވޭ ތިލަދުންމަތީގެ އިތުރު ދެ ރަށެއް ހިމަނައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)ގެ އިން ކަނޑައަޅާފައިވާ މިނގަނޑަށް ވެކްސިން ފުރިހަމަކުރި ރަށްތައް ކުރިން ވެސް އާންމުކޮށްފައިވާއިރު 2 ސެޕްޓެމްބަރުގައި އާންމު ކުރި ލިސްޓްގައި އޮތީ ތިލަދުންމަތީގެ 4 ރަށެކެވެ. އެއީ ހއ. އުލިގަމް، ހއ. މުރައިދޫ، ހދ. ހިރިމަރަދޫ އަދި ހދ. ނެއްލައިދޫ އެވެ. އެޗްޕީއޭއިން އެންމެފަހުން އާންމު ކުރި […]

އަޒްފާ ރަޝީދު
ނޮޅިވަރަންފަރުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ހދ. ނޮޅިވަރަންފަރުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފެށުމަށްޓަކައި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ކޯހަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ނަޒްމީނާ އަޙްމަދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ރަށުން ބޭރު ތަޖުރިބާކާރު ފެހުންތެރިއެއް ކަ...

އަޙްމަދު އަރުޝަމް
ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ .ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޢިމަރާތްކޮށް ތަރައްޤީ ކޮށްދޭނެފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 16 ސެޕްޓެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި ބާވަތުގެ މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 21 ސެޕްޓެމްބަރ 2021 ވާ...

އިބްރާހިމް ޚަލީލް
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކޮވިޑްގެ ހާލަތު ގޯސްވެ، ޓާސްކް ފޯހުގެ އިލްތިމާސެއް ރައްޔިތުންނަށް

ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ހދ. ނޮޅިވަރަންފަރު ރައްޔިތުންނަށް އެރަށު ކޮވިޑް-19 ޓާސްކް ފޯހުން ޚާއްސަ އިލްތިމާސް އެއް ކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން މިއަދު އާންމު ކުރެއްވި އިއުލާނެއްގައި ވާގޮތުން، އެރަށު ކޮވިޑް ޓާސްކް ފޯހުން ވަނީ 8 ކަމެއް ލިސްޓުކޮށް އެކަންކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން، ގެއިން ބޭރަށް ނިކުމެއުޅުން މަދުކުރުމާއި ބޭރަށް ނުކުމެ އުޅޭއިރު ސާޖިކަލް މާސްކު އެޅުމުގެ އިތުރުން ފިހާރަތަކަށް ގޮސްއުޅުމުގައި ގައިދުރުކޮށް އުޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި  މިސ...

އަޙްމަދު އަރުޝަމް
ނޮޅިވަރަންފަރުން އިތުރު 5 މީހުން ޕޮޒިޓިވްވެއްޖެ

ނޮޅިވަރަންފަރުން އިތުރު 5 މީހުން ޕޮޒިޓިވްވެއްޖެ

ހދ. ނޮޅިވަންފަރުން އިތުރު 5 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި 5 މީހުންނަކީ އިއްޔެ އެރަށުން ނެގުނު 63 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. ނޮޅިވަރަންފަރުން އިއްޔެގެ ނިލަށް 734 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން 31 ސާމްޕަލެއް ޕޮޒިޓިވްވިއިރު، އެކަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެހެންކަމުން މިވަގުތު އެރަށުން ބަލިޖެހިފައި ތިބި މީހުންގެ އަދަދަކީ 30 އެވެ. ކޯވިޑްގެ އިތުރު ކޭސްތައް ފެންނަމުން ދިޔަނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ […]

ޙުސައިން ޝަހުދީ
ނޮޅިވަރަންފަރުގެ ހާލަތު: 200 ދަރިވަރުން މިއަދު ސްކޫލަށް ހާޒިރެއްނުވޭ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ހާލަތު: 200 ދަރިވަރުން މިއަދު ސްކޫލަށް ހާޒިރެއްނުވޭ

ކޯވިޑް ފެތުރެމުންދާތީ ބިރުވެރިކަން ކުރިމަތިވެފައިވާ ނޮޅިވަރުންގައި މިއަދު އެރަށު ސްކޫލްގެ 200 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. ކޯވިޑްގެ އިތުރު ކޭސްތައް ފެންނަމުން ދަނިކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ މިމަހުގެ 9 ވަނަ ދުވަހުގެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ. މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ރައްޔިތުން އަދިވެސް ގޭގައި، ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ރައްޔިތުން އަދިވެސް ގޭގައި، ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މޮނިޓަރިން ހާލަތުން ވީއްލާފައި ވީނަމަވެސް އަދިވެސް ރައްޔިތުންތިބީ ގޭގައި ކަމަށާއި، މިރޭ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގީ އިއްޔެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ. މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ އާންމު ސިއްހަތުގެ...

އަލީ އާދިލް
މޮނިޓަރިން ހާލަތުން ނަގާފައި އޮތް ނަމަވެސް ފިޔަވަޅުތަކަށް ބޯލެނބުމުގައި ދެމި ތިބުމަށް އެދެފި 📍 ހދ. ނޮޅިވަރަންފަރު

މޮނިޓަރިން ހާލަތުން ނަގާފައި އޮތް ނަމަވެސް ފިޔަވަޅުތަކަށް ބޯލެނބުމުގައި ދެމި ތިބުމަށް އެދެފި

ކޯވިޑް-19އާ ގުޅިގެން ހދ. ނޮޅިވަރަންފަރު މޮނިޓަރިން އަށް ލާފައި އޮތުމަށް ފަހު ރަށް އެ ހާލަތުން ނެގިޔަސް، ކޯވިޑް ފެތުރުން ކޮންޓްރޯލްކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުންމަތީ ދެމި ތިބުމަށް ނޮޅިވަރަންފަރު ޓާސްކްފޯހުން އިލްތިމާސްކޮށްފިއެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ރަށުން ޕޮޒިޓިވް ކޭހެއް ފެނި ރަށް މޮނިޓަރިން އަށް ލުމަށް ފަހު މޮނިޓަރިން އިން ނެގީ އިއްޔެއެވެ. އެކަމަކު އަދިވެސް ރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނުނިމޭ ކަމަށް އެރަށު ސިއްހީ […]

ޝިއުނާ އާދަމް
ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނިކޮށް ނޮޅިވަރަންފަރު މޮނިޓަރިން ހާލަތުން ނެގުމުން ރަށަށް ހާސްކަން 📍 ހދ. ނޮޅިވަރަންފަރު

ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނިކޮށް ނޮޅިވަރަންފަރު މޮނިޓަރިން ހާލަތުން ނެގުމުން ރަށަށް ހާސްކަން

ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ހދ. ނޮޅިވަރަންފަރުން އިތުރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދަނިކޮށް އެރަށް މޮނިޓަރިން ހާލަތުންނެގިކަން އަންގައިފިއެވެ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ އެރަށް މޮނިޓަރިން ހާލަތުން ނެގިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންގީ ކުއްލި އަކަށް މިއަދު 3 ޖަހާކަށްހާއިރު ކަމަށެވެ. އަދި އެ އެންގުން އެންގި އިރުވެސް ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންކަމަށެވެ. ރަށުން އި...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރަށް އިތުރު ހާސްކަން، ޕޮޒިޓިވްވި އަދަދު 22އަށް އަރައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރަށް އިތުރު ހާސްކަން، ޕޮޒިޓިވްވި އަދަދު 22އަށް އަރައިފި

ހދ. ނޮޅިވަރަންފަރުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް “ތިލަދުން”އަށް ވިދާޅުވީ، އިއްޔެއާއި އޭގެ ކުރީ ދުވަހު ނެގުނު ސާމްޕަލް ތަކުން 12 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. “އޭގެތެރޭގައި ފްލޫ ސާމްޕަލާއި، ރެންޑަމް ސާމްޕަލް ވެސް ހިމެނޭ” ނަދީމް ވިދާޅުވިއެވެ. އިއްޔެގެ ހަވީރު 6:00ގެ ނިޔަލަށް ކޯވިޑަށް ޓެސްޓް ކުރުމަށް ޖުމްލަ 333 ސާމްޕަލެއް އެރަށުން ވަނީ ނަގާފައެވެ. އޭގެތެރެއިން 311 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނޮޅިވަރަން...

ޙުސައިން ޝަހުދީ
ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް

ކޯވިޑް ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. މަޖިލިސްއަށް މި މައްސަލަ ހުށަހަޅުއްވާފައި ނޮޅިވަރަމް ދާއިރާގައި މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މޮސްޓާ ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19ގެ މި ހާލަތުގައި ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ. މިގޮތުން އާބާދީގައި 2770 އަށްވުރެ ގިނަ މީހުން...

އަޒްފާ ރަޝީދު
ނޮޅިވަރަންފަރުން އިތުރުން 6 މީހަކު ޕޮޒިޓިވް، ފިޔަވަޅުތައް ވަރުގަދަ ކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން އިތުރުން 6 މީހަކު ޕޮޒިޓިވް، ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ހދ.ނޮޅިވަރަންފަރުން ކޯވިޑް-19 ޖެހިފައިވާ އިތުރު ހަ މީހުން ފެނުމާއިއެކު އެ ރަށުގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން އެ ރަށުގެ ކޯވިޑް ހާލަތު ބަޔާންކޮށް 6 ސެޕްޓެމްބަރ 2021 ގައި އާންމު ކޮށްފައިވާ ތަފާސްހިސާބު ބުނާގޮތުން މި މަހުގެ ފަސްވަނަ ދުވަހު އެ ރަށުން ނެގުނު 26 ސާމްޕަލުގެ ތެރެއިން 6 ސާމްޕަލެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ 2 ފްލޫ ސާމްޕަލަކާއި 4 ކަރަންޓީން ފުލޫ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު މޮނިޓަރިން ހާލަތަށް ގެނެސްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު މޮނިޓަރިން ހާލަތަށް ގެނެސްފި

ހދ. ނޮޅިވަރަންފަރު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 7:41 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނެސް އެޗްޕީއޭއިން ނޮޅިވަރަންފަރު ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން އެ އިދާރާގެ ހުއްދަނެތި ނޮޅިވަރަންފަރަށް އެރުމާއި، ފޭބުން މަނާކޮށްފައިވާ ކަމަށް އެ ލިޔުމުގައި...

ޙުސައިން ޝަހުދީ
ފެނަކައިން ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ސޯލާ ހަރުކުރަނީ

ފެނަކައިން ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ސޯލާ ހަރުކުރަނީ

ހދ. ކުޅުދުއްފުޓާއި ހދ. ނޮޅިވަރަން ފަރުގައި ފެނަކަ ކޯޕަރޭޝަނުން “ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވޮލޮޕްމެންޓު( ޕޮއިސްޓު )” ޕްރޮޖެކްޓުގެ ދަށުން ސޯލާ ޕީވީ ހަރުކުރުރަން ފަށައިފިއެވެ. އޭޝިއަން ޑިޕޮވޮލޮޕްމެންޓު ބޭންކްގެ އެހީއާއެކު ހިންގާ ޕޮއިސްޓު ޕްރޮޖެކްޓަކީ ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަމަންޓު މިނިސްޓްރީއާ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ފަންޑު ކުރަނީ އޭޑީބީންނެޗެ. ޕޮއިސްޓް ޕްރޮޖެކްޓުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3.5 މެގަވޯޓްގެ...

އަޙްމަދު ވަހީދު