މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޭކުރެންދޫ (191 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
191 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޭކުރެންދޫގެ އެންމެ ފަހުގެ ޚަބަރުތައް

191 ޚަބަރުގެ ތެރެއިން
ނޭކުރެންދޫ ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ނަމަށް ބަދަލުކޮށް ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ނަމަށް ބަދަލުކޮށް ބައިވެރިވާން ހުޅުވާލައިފި

ހދ. ނޭކުރެންދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ކުޅިވަރު ފެސްޓިވަލް ރީބްރޭންޑްކޮށް، “ނެވި ސްޕޯޓްސް ފިއެސްޓާ 2026” ގެ ނަމުގައި އެ މުބާރާތް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކައުންސިލުން މިކަން އިއުލާނުކޮށް، މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމުތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ރަޖިސްޓަރޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 5 ނޮވެމްބަރު 2026 ވާ ދުވަހުގެ މެންދުރުފަހު 1:00...

ޝިއުނާ އާދަމް
ނޭކުރެންދޫ މިސްކިތު ގޯތީގައިވާ ވެވު މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ މިސްކިތު ގޯތީގައިވާ ވެވު މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި

ހދ. ނޭކުރެންދޫ ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މި މަސައްކަތަށް ހުޅުވާލާފައިވަނީ އެ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ހުރި މަރާމާތުތައް ކޮށްދޭނެ ބަޔަކު ހޯދުމަށް ކަމަށެވެ. މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވި...

ޝިއުނާ އާދަމް
އަންނަ ނޮވެމްބަރުން ފެށިގެން ނޭކުރެންދޫ ކައުންސިލުން އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތް ފަށަނީ 📍 ހދ. ނޭކުރެންދޫ

އަންނަ ނޮވެމްބަރުން ފެށިގެން ނޭކުރެންދޫ ކައުންސިލުން އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތް ފަށަނީ

ހދ. ނޭކުރެންދޫގެ ގޭބިސީތަކުންނާއި، ފިހާރަތަކުން އަދި އެނޫން ވެސް އެކި ތަންތަނުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވާތީ، އެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ނޭކުރެންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. އެ ގޮތުން، 1 ނޮވްމެބަރ 2026 އިން ފެށިގެން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށާނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ. އެހެންކަމުން، އެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 25 އޮކްޓޫބަރ 2026ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް އެ އިދާރާއިން […]

ފާތިމަތު ސަޙާ
ނޭކުރެންދޫގައި ހިންގާ އާދައިގެ ފަހާފޮށިން މާޖަހަ ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ހިންގާ އާދައިގެ ފަހާފޮށިން މާޖަހަ ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ހދ. ނޭކުރެންދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އާދައިގެ ފަހާފޮށިން މާޖަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އިން އިސްނަގައިގެން ބާއްވާ ކޯހެކެވެ. އތމ ކޮމިޓީން ބުނެފައިވަނީ މި ކޯހަކީ އައު ހުނަރެއް ދަސްކޮށްގެން އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުޙިއްމު ކޯހަކަށް ވާނެކަމަށެވެ. މީގެއިތުރުން މާޖެހުމަށް ޚާއްޞަ ވަކި ފޮއްޓެއް ނެތް ނަމަވެސް، ގޭގައި ގެންގުޅ...

ފާތިމަތު ސަޙާ
އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ 📍 ހދ. ނޭކުރެންދޫ

އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ

ކޮންމެ މުދައްރިސެއްގެ ފަހަތުގައި އެ މީހަކަށް ހެޔޮ ތަރުބިއްޔަތު ދިން މައިވަންތަކަމުގެ ލޯތްބާއި ހިތްވަރު ވާނެކަން ޔަޤީނެވެ. މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހު މި ގެނެސްދެނީ، މުޖުތަމައު ބިނާކުރާ އެންމެ މުހިންމު އެއް ޚިދުމަތަށް، އެއް ފުރާޅެއްގެ ދަށުން، ތިން ދަރިން ހަދިޔާކުރި ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކައެވެ. މުޅި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން މަސައްކަތްކުރާ ތިން މުދައްރިސުންގެ ހިޔާވަހިކަމަކީ އެ މަންމަގެ އުނގެވެ. ހދ. ނޭކުރެންދޫ މަހުމާގޭ ފާޠިމަތު ޚާލިދާއަކީ ތިން މުދައްރިސުންގެ މަންމ...

ސަލާމާ ޢަބްދުލް ޢަލީމް
އެމްއެންޔޫގެ ލެކްޗަރާއިންނާއެކު ނޭކުރެންދޫ ސްކޫލް ކުދިންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް 📍 ހދ. ނޭކުރެންދޫ

އެމްއެންޔޫގެ ލެކްޗަރާއިންނާއެކު ނޭކުރެންދޫ ސްކޫލް ކުދިންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް

ހދ. ނޭކުރެންދޫގައި “18 އަހަރުން ދަށުގެ ކުދިންގެ ކެރިއަރ ގައިޑޭންސް ޕްރޮގްރާމް 2026” ގެ ދަށުން ޚާއްޞަ ސެޝަނެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އިންތިޒާމްކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ ސެޝަން ނަންގަވައިދެއްވާނީ، އެމްއެންޔޫ ކުޅުދުއްފުށީ ކެންޕަހުގެ ލެކްޗަރާއިން ކަމަށް އެ ކޮމެޓީން ވަނީ ބުނެފައެވެ. “އަހަރެންގެ ކުރިމަގު ބައްޓަން ކުރާނީ ކިހިނެއް؟” ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަނަކީ، އެ ރަށު ސްކޫލްގެ ގްރޭޑް 7 […]

ފާތިމަތު ސަޙާ
ނޭކުރެންދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމާއި، ފަތަން ދަސްކޮއްދޭ ޕްރޮގްރާމް ނިންމާލައިިފި

ނޭކުރެންދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމާއި، ފަތަން ދަސްކޮއްދޭ ޕްރޮގްރާމް ނިންމާލައިިފި

ހދ. ނޭކުރެންދޫގައި، ކުރިއަށް ގެންދިޔަ، މޫދު ކަސްރަތު ޕްރޮގްރާމާއި، ފަތަން ދަސްކޮއްދޭ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދެ ޕްރޮގްރާމެވެ. ރަށުގައި ދިރިއުޅޭ ފަރާތްތަކަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ފެތުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ފަތަން ދަސްކޮއްދޭ ޕްރޮގްރާމްގައި އުމުރުން 9 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ޖުމްލަ 37 ބަ...

ފާތިމަތު ސަޙާ
ފޯރިގަދަ ސެމީ ފައިިނަލް މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް 📍 ހދ. ނޭކުރެންދޫ

ފޯރިގަދަ ސެމީ ފައިިނަލް މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް ދަތުރުކޮށްފިއެވެ. ހަވީރު 16:45 ގައި ފެށި ސެމީގެ މެޗުގައި ހަނިމާދޫ މޮޅުވީ 2-1 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ހަނިމާދޫ އިންނެވެ. އެއީ އެ ޓީމުގެ އަލީ ހުސައިން (ދަގަނޑޭ) ޖަހައިދިން ލަނޑެކެވެ. އެއީ ނޭކުރެންދޫގެ އަބާން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޖެހުމެއް ގޯލުގެ ތެރެއަށް […]

ޔުމްނާ ޢަލީ
ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު 📍 ހދ. ނައިވާދޫ

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ. މިގޮތުން މިއަދު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ހަނިމާދޫ އާއި ގްރޫޕް ބީގެ ދެވަނަ ހޯދި ނޭކުރެންދޫ އެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:45 ގައެވެ. ސެމީގެ ދެވަނަ މެޗު ފަށާނީ މިރޭ 20:30 ގައެވެ. މި މެޗުގައި ކުޅޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދި މިވަގުތު ރާއްޖޭގެ ފުޓްސަލް […]

ޔުމްނާ ޢަލީ
ދެ މެޗުން ވެސް މޮޅުވެ ނައިވާދޫ ސެމީއަށް، ދެވަނަ ޖާގަ ނޭކުރެންދޫ އަށް 📍 ހދ. ނައިވާދޫ

ދެ މެޗުން ވެސް މޮޅުވެ ނައިވާދޫ ސެމީއަށް، ދެވަނަ ޖާގަ ނޭކުރެންދޫ އަށް

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ގްރޫޕް ”ބީ”ގެ ސެމީފައިނަލްގެ ޖާގަތައް ނައިވާދޫ އަށާއި ނޭކުރެންދޫ އަށް ކަށަވަރުވެއްޖެއެވެ. މި ގްރޫޕްގެ ސެމީގެ ޖާގަތައް ކަށަވަރުވީ މިރޭ ނައިވާދޫ އާއި ކުރިނބީގެ ކުރިމަތިލުމުގައި 4-1 އިން ނައިވާދޫ މޮޅުވި މެޗަށް ފަހުއެވެ. މި ނަތީޖާއާއެކު ނައިވާދޫ ސެމީއަށް ދަތުރުކުރީ ކުޅުނު ދެމެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާއެކުގައެވެ. ދެ މެޗުން ވެސް ބަލިވުމުން ކުރިނބީ އަށް މުބާރާތް ނިމުނުއިރު، ކުރިނބީ މެޗުން ހޯދާފައިވާ ތިން […]

ޝިއުނާ އާދަމް
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމައި، އެ ނިޒާމުތައް ޓެސްޓްކޮށް ކޮމިޝަންކޮށްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމާލުމަށްފަހު ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފައި ވަނީ 13 އޮގަސްޓު 2026ގައެވެ. ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މި ހަރަކާތުގައި، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުނ...

އަލީ އާދިލް
ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި 📍 ހދ. ނޭކުރެންދޫ

ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުރިނބީ އަތުން ހޯދި މޮޅާއެކު ނޭކުރެންދޫ އިން ތިން ޕޮއިންޓް ހޯދައިފިއެވެ. ނޮޅިވަރަންފަރުގައި ކުރިއަށްދާ މި ބުރުގައި ހޮނިހިރު ދުވަހުގެރޭ ނޭކުރެންދޫން މޮޅު ހޯދީ 2-1 އިން ކުރިނބީ ބަލިކޮށްގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކުރިނބީންނެވެ. އެއީ އެ ޓީމްގެ ޒިޔާން ޖަހައިދިން ލަނޑެކެވެ. ނޭކުރެންދޫ ނަތީޖާ ހަމަހަމަ ކުރި ލަނޑު ފެނުނީ މި ހާފުގައެވެ. އެއީ ނައިވާދޫ މެޗުގައި ވެސް ނޭކުރެންދޫ އަށް […]

ޔުމްނާ ޢަލީ
ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް

މިއަހަރުގެ ޒުވާނުންގެ ދުވަހަށް ޚާއްސަކޮށް ހާއްސަ ހަރަކާތްތަކެއް ގެންދަން ހދ. ނޭކުރެންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ. ނޭކުރެންދޫގައި މި ދުވަސް ފާހަގަކުރުމަށް ގެންދަން ތައްޔާރުވެފައިވާ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ޒުވާނުންގެ ފޯރަމް އެވެ. “މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރު” މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ފޯރަމެއް އޮންނާނީ މިރޭ 20:45 ގައި އެރަށު ކައުންސިލް އިދާރާ އާއި ދެމެދު ބީޗު ސަރަހައްދުގައެވެ. މި ފޯރަމްގައި ދަރުސްދެއްވަން ހަމަޖެހިފައި ވަނީ އައްސައިޚް މ...

ފާތިމަތު ސަޙާ
ނޭކުރެންދޫ ކައުންސިލުން ރަށް ވަށައިގެން 40 ފޫޓް ފުޅާ މަގެއް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކައުންސިލުން ރަށް ވަށައިގެން 40 ފޫޓް ފުޅާ މަގެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ނޭކުރެންދޫ ކައުންސިލުން ފާސްކޮށްފައިވާ ލޭނޑްޔޫސް ޕުލޭނުގައިވާ ގޮތަށް، ރަށްވަށައިގެން 40 ފޫޓް ފުޅާ މަގެއްހަދައިދޭނޭ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނު ކޮއްފިއެވެ. މި މަގު ހެދުމަށް ހަމަޖެހިފައިވަނީ ލޭންޑް ޔޫސް ޕުލޭނުގައި ފާހަގަ ކޮށްފައިވާ ގޮތަށް، ގޮނޑުދަށުންފެށިގެން ހޭޅިފަށުގައި 100 ފޫޓްގެ އެރިޔާއެއް (ގްރީން ޒޯން އޭރިޔާ) ދޫކުރުމަށް ފަހުގައެވެ. އިޢުލާނުގައި ހީރަސް ކޮއްފައިވާ ރަށުގެ ޗާޓުންގައި ވެސް  ރަށް ވަށައިގެން ރަތް ކުލައިން އެ ސަރަޙައްދު ވަނީ ފާހަގަ ކޮއްފައެވެ. މިކަމަށް ޝައުގުވެރި ލައްވ...

ފާތިމަތު ސަޙާ
ނޭކުރެންދޫ އަންހެނުންގެ ކޮމިޓީން ބާއްވާ ކޭކު ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ އަންހެނުންގެ ކޮމިޓީން ބާއްވާ ކޭކު ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ ފަރާތުން އެ ރަށުގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ “ބިގިނަރ ބޭސިކް ޓު އެޑްވާންސް” ފެންވަރަށް ކޭކު އެޅުމުގެ ހުނަރުތައް ދަސްކޮށްދޭ ކޯހެކެވެ. މި ކޯހުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 1,000 ރުފިޔާއެވެ. މި ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 10 ބައިވެރިން...

ޔުމްނާ ޢަލީ