📍 ހދ. ހަނިމާދޫ
ކައުންސިލްގެ ހުއްދަ ނެތި ހަނިމާދޫއިން ރުއްގަސް ބޭރު ކުރުން މަނާކޮއްފި
ހދ. ހަނިމާދޫ ކައުންސިލްގެ ހުއްދަނެތި އެ ރަށުން ރުއްގަސް ބޭރުކުރުން އެ ކައުންސިލުން މަނާކޮއްފިއެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް “ތިލަދުން”އަށް ވިދާޅުވީ، މިހާރު އެ ރަށު ބަނދަރުން ރުއްގަސް ބޭރު ކުރަމުން ދަނީީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތަށް ނޫންކަމަށެވެ. މީގެއިތުރުން ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެކަން މަނާ ކުރަން ޖެހުނީ، ރުއްގަސް ބޭރުކުރުމުގެ ތެރޭގައި ބަނދަރަށް އެކި ކަހަލަ ގެއްލުންތައް ލިބެމުންދާތީކަމަށެވެ. އެ ރަށުން، ރުއްގަސް ބޭރުކުރާ ފަރާތްތަކުން ލޭންޑިންގ ކްރާފްޓްތަކަ...