މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,984 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,984 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2984 ޚަބަރުގެ ތެރެއިން
ދިއްދޫ ހިމެނޭހެން ތިން ރަށެއްގައި ހަތަރު އައުޓްޑޯ ޖިމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫ ހިމެނޭހެން ތިން ރަށެއްގައި ހަތަރު އައުޓްޑޯ ޖިމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ

ހަތަރު އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފައި ވަނީ ހއ. ދިއްދޫ ހިމެނޭހެން އިތުރު ދެ ރަށެއްގައެވެ. ދިއްދޫގެ އިތުރުން ދެން މި ޖިމްތައް ގާއިމުކުރަނީ ގދ.ވާދޫގައި އެއް ޖިމު އަދި ސ. ހިތަދޫގައި ދެ ޖިމެވެ. ހިތަދޫގައި ދެ ޖިމު ގާއިމުކުރަނީ ހިތަދޫ ރަސްގެދަރަ  ...

ޔުމްނާ ޢަލީ
ހއ.އަތޮޅު ކައުންސިލުން 15 ބަގީ ހޯދަނީ

ހއ.އަތޮޅު ކައުންސިލުން 15 ބަގީ ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަށް ބޭނުންވާ 15 ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. މި ކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އެކައުންސިލުން ހޯދަން އިޢުލާންކޮށްފައިވަނީ 11 މީހުންގެ ޖާގައިގެ ބަގީތަކެކެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހު 13 ވަނަ ދުވަހުގެ 0000 ގެ […]

އިބްރާހިމް ޚަލީލް
ވައިކަރަމުރައިދޫގެ 15 ހެކްޓަރު ހިމެނޭހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް

ވައިކަރަމުރައިދޫގެ 15 ހެކްޓަރު ހިމެނޭހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް

ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން ހިމެނޭ ހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން މީގެ ކުރިން ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ކުރި ޢިއުލާނެއްގައި 11 އަތޮޅަކުން 14 ރަށަކަށާއި 3 ފަޅެއް ވަނީ ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. މިގޮތިން ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި ތަންތަނުގެ ތެރޭގައި ހދ. ވައިކަރަމުރައިދޫ ( 15 ހެކްޓަރު)ގެ އިތުރުން ހިމެނޭ ރަށްތަކުގެ ތެރޭގައި ށ. […]

ޔުމްނާ ޢަލީ
ކެލާގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ކެލާ

ކެލާގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ކެލާގައި ކުރިއަށް ގެންދިޔަ “މޫދު ކަސްރަތުން އުފާވެރިން” ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްހަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފް ނޮދަން އޭރ...

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ބިން ދޫކުރަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ބިން ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ބިން ދޫކުރަން ނިންމައި ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުގެ ލޭންޑްޔޫސް ޕްލޭނުގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 500 (ފަސްސަތޭކަ) އަކަފޫޓުގެ ތިން ބިމެއް ވަނީ ދޫކުރަން ނިންމާފައެވެ. އެއީ މިހާރު އެ ރަށުގައި ބޭނުން ކުރަމުން އަންނަ ރަށްވެހި ބީޗް ސަރަހައްދެވެ. އެ ސަރަހައްދަކީ ރީތި ދޮންވެލި އަތިރިމައްޗާއި ރީތި ފަޅު އެކުލެވޭ ސަރަހައްދެކެވެ. އެ ބިންތައް ދޫކު...

އިބްރާހިމް ޚަލީލް
އިހަވަންދޫން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބިން ދޫކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބިން ދޫކުރަނީ

އިހަވަންދޫން ފަތުރުވެރިކަމާއި ގުޅުންހުރި ހިދުމަތް ދިނުމަށް ބިން ދޫކުރަން ނިންމައި، އެ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި މަސައްކަތް ކުރުމަށް އެ ރަށުން ދޫކުރަން ކައުންސިލުން ނިންމާފައި ވަނީ  3500 (ތިންހާސް ފަސްސަތޭކަ) އަކަފޫޓުގެ 3 ބިމެކެވެ. އެ ބިންތަށް ދޫކުރަނީ 25 އަހަރުގެ މުއްދަތަށެވެ. އެ ބިންތައް އޮންނަނީ އެ ރަށުގެ ދިލްޝާދު ހިނގުމުގެ ދެކުނުން ތިލޭރު ހިނގުމުގެ އިރަށް އޮންނަ ސަރަހައްދުގައެވެ. މި ބިންތައް ކުއްޔަށް ހިފުމަށް […]

އިބްރާހިމް ޚަލީލް
މޮޅަދޫގައި ދިވެހި ބަހުގެ ވާހަކަދެއްކުންތެރިމުގެ ހުނަރު ދަސްކޮށްދިނުމުގެ ހަރަކާތެއް 📍 ހއ. މޮޅަދޫ

މޮޅަދޫގައި ދިވެހި ބަހުގެ ވާހަކަދެއްކުންތެރިމުގެ ހުނަރު ދަސްކޮށްދިނުމުގެ ހަރަކާތެއް

ދިވެހި ބަހުގެ ވާހަކަދެއްކުންތެރިމުގެ ހުނަރު ދަސްކޮށްދިނުމުގެ ހަރަކާތެއް ހއ. މޮޅަދޫ ގައި ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ އެރަށު ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، މި މޭ މަހުގެ 18 އިން 19 އަށް ކުރިއަށް، “ހުށަވާރު 2024” ޕްރޮގްރާމްގެ ނަމުގައެވެ. މި ހަރަކާތަކީ، ބަލާޣާތްތެރިކަމާއި ފަޞާހާތްތެރިކަމާއެކު، ޖެހިލުމެއް ނެތި މައް ދިވެހިބަހުން ތަފާތު ހަފްލާތަކާއި ރަސްމިއްޔާތުތައް ހުށަހަޅައިދޭނެ އަދި އެފަދަ ހަރަކާތްތަކުގައި ވާހަކަ ދައްކާނެ ފަރާތްތ...

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބޮޑުމަގަށް 📍 ހއ. އިހަވަންދޫ

ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބޮޑުމަގަށް

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން އިންތިޒާމް ކޮށްގެން އިހަވަންދޫގައި ބޭއްވި، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ގެ ޗެމްޕިއަންކަން އެފްސީ ބޮޑުމަގުން ހޯދައިފިއެވެ. ރޭ އިހަވަންދޫގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ބޮޑުމަގާއި އެންވީކޭއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށު އުފުލާލީ ބޮޑުމަގުންނެވެ. މިއީ އިހަވަންދޫއަށް ނިސްބަތްވާ ބޮޑުމަގަށް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުނު ފުރަތަމަ ފަހަރެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮ...

އިބްރާހިމް ޚަލީލް
އިހަވަންދޫ މައި ކަޕް އަނެއްކާ ވެސް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ މައި ކަޕް އަނެއްކާ ވެސް ފަށަނީ

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އިހަވަންދޫގައި ބާއްވާ ފޯރިގަދަ މައި ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ފަށަން ނިންމާފައިވާ ކަމުގައި އިހަވަނަދޫ ކްލަބް ޕޯލްސްޓާއިން ހާމަކޮށްފިއެވެ. އިހަވަންދޫ މައި ކަޕް ފުޓްބޯޅަ މުބާރާތަކީ 2007 ވަނަ އަހަރު، އޭރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އެހީތެރިކަމާއިއެކު އެ ރަށުގައި ހިންގަން ފަށާފައިވާ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ހަތަރު އަހަރު ކުރިއަށް ގެންގޮސްފައި ވަނީ އިހަވަންދޫގެ ޓީމްތަކަށް ހާއްސަކޮށްގެންނެވ...

އިބްރާހިމް ޚަލީލް
ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިހަވަންދޫ ބަނދަރުތެރޭ ފައިބަރު މަސައްކަތް ކުރުން މަނާވާނެ 📍 ހއ. އިހަވަންދޫ

ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިހަވަންދޫ ބަނދަރުތެރޭ ފައިބަރު މަސައްކަތް ކުރުން މަނާވާނެ

ހއ.އިހަވަންދޫ ބަދަނދަރުތެރޭ އެއްވެސް ސިފައެއްގައި ފައިބަރގްލާސް މަސައްކަތް ކުރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. އެ ކައުންސިލުން ބުނީ ގިނަ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާތީއާއި އެ މަސައްކަތަކީ ސިއްހަތަށް ނުރައްކާތެރި ކަމަކަށްވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ބަނދަރުތެރޭ ފައިބަރގްލާސްއާއ...

އިބްރާހިމް ޚަލީލް
މާރަންދޫ ބަދަހި ކަޕް، ހޭންޑް ބޯލް އަދި ފުޓަސްލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. މާރަންދޫ

މާރަންދޫ ބަދަހި ކަޕް، ހޭންޑް ބޯލް އަދި ފުޓަސްލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ބާއްވާ ބަދަހި ކަޕް ހޭންޑް ބޯލް އަދި ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތްތަކަކީ އެ ރަށުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތަކެކެވެ. ފުޓްސަލް މުބާރާތް ފިރިހެން ބޭފުޅުންނަށް ހާއްސަކޮށްފައިވާއިރު، ހޭންޑް ބޯލް މުބާރާތް ބާއްވަނީ ކަނބަލުންނަށެވެ. މި މުބާރާތް ރާވާ ހިންގަނީ މާރަންދޫ ކައުންސިލާއި އެ ރަށު އިޖުތިމާއީ މަރުކަޒު ގުޅިގެންނެވެ. މި ދެ މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނ...

އިބްރާހިމް ޚަލީލް
އުތީމު ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފަށަން މަސައްކަތް ކުރަނީ 📍 ހއ. އުތީމު

އުތީމު ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފަށަން މަސައްކަތް ކުރަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް މަސައްކަތް ފަށައިފިއެވެ. އުތީމް ކައުންސިލާއި ޣާޒީ ބަންޑާރައިން ސްކޫލާއި ގުޅިގެން ކުރިއަށް އޮތްއަހަރު އެ ރަށުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކުރުމަށް ދެ ޕްލޭނެއް ގެންގުޅުއްވާ ކަމަށެވެ. އަބްދުﷲ […]

އިބްރާހިމް ޚަލީލް
ދިއްދޫއަށް ނަގޫރޯޅިއެއް އަރައި 6 ފްލެޓެއްގެ ފުރާޅު އެއްލާލައިފި 📍 ހއ. ދިއްދޫ

ދިއްދޫއަށް ނަގޫރޯޅިއެއް އަރައި 6 ފްލެޓެއްގެ ފުރާޅު އެއްލާލައިފި

ހއ. ދިއްދޫ އަށް ރޭ ކުރި ވިއްސާރައިގައި ނަގޫރޯޅިއެއް އަރައި ހަ ފްލެޓެއްގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ދިއްދޫ ޕޮލިސް ސްޓޭޝަނާއި ދިއްދޫ ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ އިތުރު ފަރާތްތައް ގުޅިގެން މިހާރު ފުރާޅުލެވި އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަގުތީ ނޫނީ ދާއިމީ ހިމާޔަތެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. “ދިއްދޫ ރައްޔިތުންގެ އެއްބާރުލުން ވެސް މިކަމުގައި […]

މުޙައްމަދު
އިހަވަންދޫގައި މައިޒާނެއް ތަރައްގީ ކުރުމަށް ކްލަބް ޕޯލްސްޓާއަށް ބިމާއި މާލީ އެހީ ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި މައިޒާނެއް ތަރައްގީ ކުރުމަށް ކްލަބް ޕޯލްސްޓާއަށް ބިމާއި މާލީ އެހީ ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ތަރައްގީ ކުރާ “ކާފަމާމަ މައިޒާން” ހެދުމަށް ބޭނުންވާ ބިމާއި މާލީ އެހީ، އިހަވަންދޫ ކައުންސިލުން އެ ރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބް ޕޯލްސްޓާއާއި ހަވާލުކޮށްފިއެވެ. މި ޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން ރަށްރަށުގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފާއިތުވި އަހަރު ހުޅުވާލި ފުރުޞަތުގެ ދަށުން ޕޯލްސްޓާއިން ޕްރޮޕޯސަލް ހުށަހަޅައިގެން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓެކެވެ...

އިބްރާހިމް ޚަލީލް
އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލު ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ނިންމާފައިވަނީ އެ ރަށުގެ މަގުތަކާއި ޕާކުތަކާއި އާންމުތަންތަން ކުނިކަހައި ސާފުކޮށް، ކުނިނެގުމާއި ކުނި މެނޭޖްކުރުމުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް، މަހަކަށް 100000 (އެއްލައްކަ) ރުފިޔާގެ ގްރާންޓަކާއިއެކު ވެމްކޯއާއި އެ މަސައްކަތް ހަވާލުކުރުމަށެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން އިހަވަންދޫ ކައުނ...

އިބްރާހިމް ޚަލީލް