މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ބާރު ސްޕީޑްގައި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި 📍 ހއ. ދިއްދޫ

ބާރު ސްޕީޑްގައި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ބިން ހިއްކައި ނިމިފައިވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ދިއްދޫ ބިން ހިއްކާ ނިމިފައިވާކަމަށް ދައުރުވާ މީސް މީޑިއާ ޕޯސްޓަކާއި ގުޅިގެން ”ތިލަދުން” އިން ސުވާލުކުރުމުން ލަތީފް ވިދާޅުވީ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. ”ހޮޅި ގުޅައިގެން ހިއްކަންޖެހޭ ހިއްކުން މިހާރު ނިމިއްޖެ، އެހެންވީމަ ބިންހިއްކާ ނިމިއްޖެކަމަށް ބުނެވިދާނެ، ދެން އެކުރަނީ ވެލިތައް އެއްވަރުކުރުން ކަހަލަ މަސައްކަތްތައް” ލަތީފް ވިދާޅުވިއެވެ. ލަ...

ޝިއުނާ އާދަމް
ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއަކަށް އުފާވެރިކަން 📍 ހއ. ދިއްދޫ

ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއަކަށް އުފާވެރިކަން

ހއ. ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ އާއިލާ ދިރިއުޅޭ ގެ މަރާމާތުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޯގާތެރި މަސައްކަތަކީ “ދި ފައުންޑޭޝަން” އާއި “އެހީ ޖަމިއްޔާ” ގެ އިތުރުން ދިއްދޫގެ ދީލަތި އެހީތެރިންގެ ބުރަ މަސައްކަތުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ދި ފައުންޑޭޝަނުން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ދިއްދޫގެ ޕޫލްރަސަމް ގޭގެ އާބާތުރަ ފިލުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން...

ޔުމްނާ ޢަލީ
ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. ދިއްދޫ

ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވިއެވެ. ލަތީފް މިއަދު ”ތިލަދުން” އަށް ވިދާޅުވީ، މި މަޝްރޫޢަކީ އެ އަތޮޅުގެ ސިއްޙީ ޚިދުމަތް އައު އުސްމިންތަކަކަށް ގެންގޮސްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބިންގާ އެޅުނު މި އައު އިމާރާތަކީ 50 އެނދުގެ ޖާގައިގެ އިމާރާތެކެވެ. މި […]

ޔުމްނާ ޢަލީ
ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ

އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދު ވައިގެމަގުން ގުޅާލާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. މަކުނުދޫ ގުޅުވައިލަދޭ އިންޓެގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގައެއް، އެ ހުރިހާ އެއަރޕޯޓްތަކެއް ހަދައި...

ޝިއުނާ އާދަމް
ދިއްދޫ ''މަދަރަސަތުލް ޣާޒީ މުޙައްމަދު'' ސްކޫލް ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫ ''މަދަރަސަތުލް ޣާޒީ މުޙައްމަދު'' ސްކޫލް ހުޅުވައިފި

ހއ. ދިއްދޫގައި ޕްރީ ސްކޫލްގެ ތައުލީމަށް ހާއްސަކޮށް އެރަށު ކައުންސިލުން ބިނާކުރި ”މަދަރަސަތުލް ޣާޒީ މުޙައްމަދު” ސްކޫލް ރޭ ހުޅުވައިފިއެވެ. ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޫލް ހުޅުއްވައިދެއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) އެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ އެ ސްކޫލަކީ ދިއްދޫ ކައުންސިލުން ބޮޑު ޚަރަދެެއްކޮށްގެން ބިނާކޮށްފައިވާ ތަނެއްކަމަށެވެ. ޢަބުދުﷲ ރަޝީދު މައުލޫމާތުދެއްވި ގޮތުގައި މި ސްކޫލް ތަރައްގީކޮށްފައި ވަނީ 6 ކް...

ޔުމްނާ ޢަލީ
ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް ހަވާލުކޮށްފި

ހއ. ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް އެޅުމަށް ކޮންޓެކްޓަރާއެކު ދިއްދޫ ކައުންސިލުން އިއްޔެ ސޮއިކޮށްފިއެވެ. ދިއްދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސަހަރު އިންވެސްޓްމަންޓާއެވެ. މި މަސައްކަތް ކޮންޓެކްޓަރާއި ހަވާލުކުރެވުނުކަން ފާހަގަކުރަށްވައި ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވީ، އެކި ސަބަބުތަކާ އުދަގޫތަކާ އެކު ދުވަސްތަކެއް ލަސްވެގެން ދިޔަކަމުގައި ވީނަމަވެސް މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ސޮއިކުރެވިގެން ދިއުމަކީ ދިއްދޫ ރައްޔިތުންނަށް ލިބު...

ޔުމްނާ ޢަލީ
ދިއްދޫ އެއާޕޯޓު ތަރައްގީކުރާ ސަރަހައްދުން 41 ހެކްޓަރުގެ ބިން ހިއްކައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެއާޕޯޓު ތަރައްގީކުރާ ސަރަހައްދުން 41 ހެކްޓަރުގެ ބިން ހިއްކައިފި

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ ދަށުން، މަސައްކަތް ފެށިތާ 20 ދުވަސްތެރޭ 41 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ. ދިއްދޫގެ ހުޅަނގު ފަރާތް ހިއްކުމުގެ މި މަޝްރޫއުގެ ދަށުން ޖުމްލަ 110 އަށްވުރެ ގިނަ ހެކްޓަރުގެ ބިން އެ ރަށަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލުން ބުނި ގޮތުގައި މި މަހުގެ ފަސްވަނަ ދުވަހު […]

އަލީ އާދިލް
ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް 📍 ހއ. ދިއްދޫ

ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް

ހއ. ދިއްދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެބަދެއެވެ. އަބުދުﷲ ރަޝީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެކަން ސާފުކޮށްލަން ‘’ތިލަދުން’’ އިން ސުވާލުކުރުމުން އެއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމަކަށް ވެސް ވިދާޅެއްނުވެއެވެ. ’’ތިކަމާ ނިންމާގޮތެއް ވަރަށް އަވަހަށް ޢިއުލާން ކޮށްލާނަން’’ ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ...

ޔުމްނާ ޢަލީ
ދިއްދޫ، އިހަވަންދޫ ހިމެނޭހެން ހަތް ރަށެއްގައި އަސާސީ 23 ބާވަތް ވިއްކުމަށް އެސްޓީއޯއިން އެޖެންޓުން ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫ، އިހަވަންދޫ ހިމެނޭހެން ހަތް ރަށެއްގައި އަސާސީ 23 ބާވަތް ވިއްކުމަށް އެސްޓީއޯއިން އެޖެންޓުން ހޯދަނީ

އެސްޓީއޯއިން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް ރަށްރަށުގައި ވިއްކުމަށްޓަކައި އެޖެންޓުން ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ. މި ބުރުގައި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ހަތް ރަށެއްގެ ވިޔަފާރިވެރިންނަށެވެ. އެޖެންޓުން ހޯދާ ރަށްތައް އެސްޓީއޯއިން އެޖެންޓުން ހޯދުމަށް ނިންމާފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ހއ. އިހަވަންދޫ، ރ. އަލިފުށި، ރ. ދުވާފަރު، ޅ. ނައިފަރު، ލ. ގަމު އަދި ގދ. ގައްދޫ އެވެ. މި ރަށްތަކުގެ ވިޔަފާރިވެރިންނަށް އެޖެންޓު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާ...

ޔުމްނާ ޢަލީ
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓު: ލަތީފް 📍 ހއ. ދިއްދޫ

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓު: ލަތީފް

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓުކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މި މަޝްރޫއާއެކު މުޅިން “އައު ދިއްދު”އެއް ތަރައްގީ ކުރެވިގެން ދާނެ ކަމަށެވެ. މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާކަން މެމްބަރު ފާހަގަކުރެއްވިއެވެ. މީގެ […]

ޝިއުނާ އާދަމް
ދިއްދޫ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި 📍 ހއ. ދިއްދޫ

ދިއްދޫ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހއ. ދިއްދޫގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކަށް ބަޔަކު އާދީއްތަ ދުވަހު ރޭ ގެއްލުން ދީފިއެވެ. ދިއްދޫ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރަށް ގެއްލުންދީފައި ވަނީ ޕޯސްޓަރުން ދެ ކެންޑިޑޭޓެއްގެ ފޮޓޯ ކަފާލައިގެންނެވެ. ކަފާލާފައި ވަނީ ދިއްދޫ ކައުންސިލްގެ އަންހެން ގޮނޑިއަށް ވާދަކުރާ އެ...

ޝިއުނާ އާދަމް
އެހީ ޖަމިއްޔާ އާއި ދިއްދޫ ދި-ފައުންޑޭޝަންއާއި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއް 📍 ހއ. ދިއްދޫ

އެހީ ޖަމިއްޔާ އާއި ދިއްދޫ ދި-ފައުންޑޭޝަންއާއި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއް

އެހީ ޖަމިއްޔާ އާއި ހއ. ދިއްދޫ ދި-ފައުންޑޭޝަންއާއި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.   މި އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން އެހީ ޖަމިއްޔާއިން ބުނީ، އިޖްތިމާޢީ މަސައްކަތްތައް އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެން އެކުގައި ކޮށްފިނަމަ ބޭނުންވާ ކަންކަން ހާސިލްކުރަން ވަރަށް ފަސޭހަވެގެން ދާނެ ކަމަށެވެ. ދި ފައުންޑޭޝަން އަކީ ހއ. އަތޮޅުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ވަރަށް ހީވާގި ޓީމެއް ހިމެނޭ ޖަމިއްޔާއެއް ކަން ފާހަގަކޮށް، އެކުގައި މަސައްކަތް...

ޔުމްނާ ޢަލީ
މަޝްހޫރު ދިއްދޫ ހޮޓާ ހުސްކުރަން ކޯޓުން ހުކުމެއް 📍 ހއ. ދިއްދޫ

މަޝްހޫރު ދިއްދޫ ހޮޓާ ހުސްކުރަން ކޯޓުން ހުކުމެއް

ހުޅުމާލޭގައި ހުންނަ މަޝްހޫރު “ދިއްދޫ ހޮޓާ” ހިންގާ އިމާރާތް 15 ދުވަސް ތެރޭގައި ހުސްކުރަން ސިވިލް ކޯޓުން އަންގައިފި އެވެ. ހުޅުމާޅެ ނިރޮޅުމަގުގައި ހުންނަ ދިއްދޫ ކެފޭ ހުސްކުރަން ކޯޓުން އެންގީ އެތަން ހުސްކުރަން އެތަން ހިންގާ އިމާރާތުގެ ވެރިފަރާތުން އެންގި މައްސަލަ ހޮޓަލުގެ ވެރިމީހާ ކޯޓަށް ހުށަހެޅުމުންނެވެ. އެތަނުގެ އެއްބަސްވުމުގެ މުއްދަތު ޑިސެމްބަރު, 2023 އަށް ވަނީ ހަމަވުމުން އަނގަބަހުން ހެދި އެއްބަސްވުމެއްގެ ދަށުން، އިތުރު ތިން އަހަރަށް އިތުރުކޮށްފައިވާ ކަމަށް ހޮޓަލުގެ ވެރިފަރާތުން ބުނެފައިވެ […]

އަލީ އާދިލް
ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތް މާދަމާ ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތް މާދަމާ ފަށަނީ

ހއ. ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތްތައް މާދަމާ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނެފިއެވެ. ބްލޫސްޕޭން ކެއަރ އަކީ ބްލޫ ސްޕޭން ޕްރައިވެޓް ލިމިޓެޑުން ހިންގާ، ރާއްޖޭގައި ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ޚިދުމަތްތަކަށް ޚާއްސަ މަރުކަޒެކެވެ. ދިއްދޫ ގޮފިން ލިބޭނެ ޚިދުމަތްތަކާއި އަގުތައް ދިއްދޫގައި އަލަށް ފަށާ މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ކައުންސިލިން އެވެ. މީގެ ކޮންމެ ޚިދުމަތެއްގެ 45 […]

ޔުމްނާ ޢަލީ
ދިއްދޫ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށަނީ

ހއ. ދިއްދޫ ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށާނެކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ބުނިގޮތުގައި މިއީ، ދިއްދޫ ކައުންސިލާއި، ރަށުގެ ހުރިހާ މުއައްސަސާތަކަކާއި އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއްކަމަށެވެ. މިހަރަކާތް ފަށަން ނިންމާފައި ވަނީ މާދަމާ ހެނދުނު 6:00 ގައެވެ. މި ހަރަކާތް ފަށަން ނިންމާފައިވަނީ ދިއްދޫ ކައުންސިލް ކުރިމަތީގައި ބާއްވާ ރަސްމިއްޔާތަކާއެކުގައެވެ. އެހެންވެ، ދިއްދޫ ކައުންސިލުން ވަނީ މި ހަރަކާތުގައި ދިއްދޫގެ ރައްޔިތު...

ޔުމްނާ ޢަލީ