މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މުރައިދޫ (135 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
135 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މުރައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

135 ޚަބަރުގެ ތެރެއިން
މާރަންދޫ، އުތީމު އަދި މުރައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހއ. މާރަންދޫ

މާރަންދޫ، އުތީމު އަދި މުރައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ހއ މާރަންދޫ، އުތީމު އަދި މުރައިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މުރައިދޫ އަދި މާރަންދޫގައި މި ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު، ޠާރިޤް އިބްރާހިމެވެ. އަދި އުތީމުގައި އޭޓިއެމް ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ. ވަޒީރުން ވަނީ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އޭޓިއެމުން ފައިސާ ނަންގަވާ، ފައިސާ...

އައިޝަތު އައިނީ އާމިރު
މުރައިދޫ ފުޓްބޯޅަ ދަނޑުގައި ފެންސްޖަހައި ބިލެތްފަހީގައި ފިޓްނަސް ސެންޓަރެއް ޤާއިމްކުރަން ހަވާލުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ފުޓްބޯޅަ ދަނޑުގައި ފެންސްޖަހައި ބިލެތްފަހީގައި ފިޓްނަސް ސެންޓަރެއް ޤާއިމްކުރަން ހަވާލުކޮށްފި

ށ. ބިލެތްފަހީގައި ފިޓްްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް (އެފްއާރުސީ) ޤާއިމްކޮށް، ހއ. މުރައިދޫ ފުޓް ބޯޅަދަނޑުގެ ވަށާފާރު ރާނާ ފެންސް ޖެހުން ހިމެނޭހެން ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި މަސައްކަތަކީ ރަށްރަށުގައި ހުއްޓިފައިވާ ކުޅިވަރުގެ މަޝްރޫޢުތައް ފުރިހަމަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި ދެ މަޝްރޫޢު ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފ...

އައިޝަތު އައިނީ އާމިރު
މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދޭނަން: ރައީސް 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދޭނަން: ރައީސް

މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މުރައިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުރައިދޫއަ...

ޔުމްނާ ޢަލީ
މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި

ހއ. މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ރައީސް ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މުރައިދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވާފައެވެ. މިގޮތުން ކައުންސ...

ޔުމްނާ ޢަލީ
މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. މުރައިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އެރަށުގައި ބަހައްޓާ އޭޓީއެމް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހއ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މުރައިދޫއަށް ކުރަށްވާ ޒިޔާރަތުގެ ތެރެއިންނެވެ. މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ޤާއިމުކުރުމުގެ އެއްބަސްވުމުގ...

ޔުމްނާ ޢަލީ
ވަށަފަރާއި މުރައިދޫ އަދި މާރަންދުއަށް ފުރަތަމަ މޮޅު، އިހަވަންދޫއަށް ދަށް ފެށުމެއް 📍 ހއ. މުރައިދޫ

ވަށަފަރާއި މުރައިދޫ އަދި މާރަންދުއަށް ފުރަތަމަ މޮޅު، އިހަވަންދޫއަށް ދަށް ފެށުމެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ވަށަފަރާއި މުރައިދޫ އަދި މާރަންދޫއިން ފުރަތަމަ މޮޅު ހޯދިއިރު އިހަވަންދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ގްރޫޕް އެކެއްގައި ރޭ އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބުކުރީ މުރައިދޫންނެވެ. މި މެޗުގައި މުރައިދޫއަށް ލަނޑުތައް ޖަހައިދިނީ އިޔާން އަހްމަދު ރަޝީދު، އަހްމަދު ނައުފަލް، އައިރޫން އަހްމަދު ރަޝީދު އަދި އަބްދުﷲ ހިޝާމްއެވެ. ހިޝާމް […]

އިބްރާހިމް ޚަލީލް
މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %92 މަސައްކަތް ނިންމާލައިފި 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %92 މަސައްކަތް ނިންމާލައިފި

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 92 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނީ އެ ކުންފުނިންނެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 92 އިންސައްތަ މިހާރު ވަނީ ނިިމިފައެވެ. މި މަޝްރޫޢުގެ ބާކީހުރި މަސައްކަތްތަކަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓްތައް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާއިރު، އަދި ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގ...

ޔުމްނާ ޢަލީ
ތިލައުތުރު އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މުރައިދޫއަށް 📍 ހއ. މުރައިދޫ

ތިލައުތުރު އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މުރައިދޫއަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ހއ.އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “ތިލައުތުރު އަންހެން ވޮލީ މުބާރާތް” ގެ ޗެމްޕިއަންކަން މުރައިދޫ ހޯދައިފިއެވެ. އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހު ހަވީރު މުރައިދޫގައި ކުޅެފައިވާއިރު، ފައިނަލް މެޗު މުރައިދޫއިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުން އިހަވަންދޫ ބަލިކޮށްގެންނެވެ. މުރައިދޫއިން ސެޓްތައް ގެންދިޔައީ 25/19، 25/15، 25/20 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުރ...

އިބްރާހިމް ޚަލީލް
މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިފި 📍 ހއ. މުރައިދޫ

މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިފި

ހއ. މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިއެވެ. ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ. މުރައިދޫ ކުޑަކުދިންގެ ޕާކަކީ، ހއ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުން ތަރައްގީ ކުރި ޕާކެކެވެ. މި ކާޕް ތަރައްގީކުރުމަށް އަތޮޅު ކައުންސިލުން 1 ލައްކަ ރުފިޔާގެ މާލީ އެހީއެއް ދީފަވެއެވެ. މުރައިދޫ ކ...

ޔުމްނާ ޢަލީ
މުރައިދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިިމިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 28,175 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1,740 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަ […]

އަޙްމަދު ވަހީދު
ވައިކަރަމުރައިދޫގެ 15 ހެކްޓަރު ހިމެނޭހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް

ވައިކަރަމުރައިދޫގެ 15 ހެކްޓަރު ހިމެނޭހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް

ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން ހިމެނޭ ހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން މީގެ ކުރިން ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ކުރި ޢިއުލާނެއްގައި 11 އަތޮޅަކުން 14 ރަށަކަށާއި 3 ފަޅެއް ވަނީ ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. މިގޮތިން ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި ތަންތަނުގެ ތެރޭގައި ހދ. ވައިކަރަމުރައިދޫ ( 15 ހެކްޓަރު)ގެ އިތުރުން ހިމެނޭ ރަށްތަކުގެ ތެރޭގައި ށ. […]

ޔުމްނާ ޢަލީ
މުރައިދޫ ''ބޮނބި ފަންނު ބީޗު'' ސާފުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ''ބޮނބި ފަންނު ބީޗު'' ސާފުކޮށްފި

ހއ. މުރައިދޫ ”ބޮނބި ފަންނު ބީޗު” މިއަދު ސާފުކޮށްފިއެވެ. މި ހަރަކާތަކީ މުރައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ކައުންސިލުން ބުނިގޮތުގައި މި ހަރަކާތަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މިއަދު ހެނދުނު 8:00 ގައި ފެށި މި ހަރަކާތަކީ އެ ރަށުގެ މުޅި ރައްޔިތުން ޝާމިލްވާނެހެން ރަށުގެ އެއްބައިވަތަންތަކަން ބަދަހިވާނޭހެން  ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މި ހ...

ޔުމްނާ ޢަލީ
މުރައިދޫ އެމްސީއައި ކިންގް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މޫނިމާ ކަންމަތިން ހޯދައިފި 📍 ހއ. މުރައިދޫ

މުރައިދޫ އެމްސީއައި ކިންގް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މޫނިމާ ކަންމަތިން ހޯދައިފި

ތިލަދުންމަތީ އުތުރުބުރި މުރައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ނުވަވަނަ އެމްސީއައި ކިންގް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މޫނިމާ ކަންމަތިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހަފްތާގެ ބުދަދުވަހު ކުޅެފައިވާއިރު، ފައިނަލްގައި ބައްދަލުކުރީ މޫނިމާ ކަންމައްޗާއި ނީޑް ފޯ ސްޕީޑް އެވެ. ފައިނަލް މެޗު 3-1 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މޫނިމާ ކަންމަތިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މޫނިމާ ކަންމަތީގެ އައިޝަތު އިބާދާއެވެ. މުބާރާތ...

އިބްރާހިމް ޚަލީލް
މުރައިދޫގެ ބައެއް އަންހެން ދަނޑުވެރިންނަށް ކައުންސިލުން ގަސްކާނާ ހަދިޔާކޮށްފި

މުރައިދޫގެ ބައެއް އަންހެން ދަނޑުވެރިންނަށް ކައުންސިލުން ގަސްކާނާ ހަދިޔާކޮށްފި

ހއ. މުރައިދޫގެ ބައެއް އަންހެން ދަނޑުވެރިންނަށް އެރަށު ކައުންސިލުން ގަސްކާނާ ހަދިޔާކޮށްފިއެވެ. މުރައިދޫ ކައުންސިލުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި “އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުން” ހިމަނާފައިވާއިރު، މިކަމަކީ އެ މަގްސަދު ހާސިލްކުރުމަށް މުރައިދޫ ކައުންސިލުން ފެށި މަސައްކަތެކެވެ. މުރައިދޫ ކައުންސިލުން ބުނިގޮތުގައި އެކައުންސިލްގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައިވާ އަންހެނުން ބާރުވެރިކުރުމުގެ ލަނޑުދަނޑު ހާސިލު ކުރުމަށް އެ ރަށުގައި ދަނޑުވެރިކަން ކުރަމުންގެންދާ ފަސް އަންހެން ދަނޑ...

ޔުމްނާ ޢަލީ
ތަކަންދޫ ގޮނޑުދޮށް ހިމާޔަތްކޮށް، މާރަންދޫ އާއި މުރައިދޫގައި ލެބޯޓަރީ ތަރައްގީ ކުރުން ބަޖެޓަށް 📍 ހއ. އިހަވަންދޫ

ތަކަންދޫ ގޮނޑުދޮށް ހިމާޔަތްކޮށް، މާރަންދޫ އާއި މުރައިދޫގައި ލެބޯޓަރީ ތަރައްގީ ކުރުން ބަޖެޓަށް

ހއ. ތަކަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާ، އެ އަތޮޅު މާރަންދޫގައި ލެބޯޓަރީއެއް ތަރައްގީ ކުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢުއެއްގެ ގޮތުގައި އަލަށް ފެށުމަށް މި ދެ ރަށުގައި ހިމަނާފައި ހުރި މަޝްރޫޢުތަކަށް ބަލާއިރު، މާރަންދޫގައި ލެބޯޓަރީ އެއް ތަރައްގީ ކުރުމަށް 1،000،000 ރުފިޔާ ވަނީ ހިމަނާފައެވެ. އަދި އެރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުން ވެސް އައު މަޝްރޫޢުއެއްގެ ގޮތުގައި...

ޔުމްނާ ޢަލީ