ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 92 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނީ އެ ކުންފުނިންނެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 92 އިންސައްތަ މިހާރު ވަނީ ނިިމިފައެވެ.
މި މަޝްރޫޢުގެ ބާކީހުރި މަސައްކަތްތަކަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓްތައް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާއިރު، އަދި ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ 50 ޕަސެންޓް މިހާރު ވަނީ މިހާރު ނިމިފައި ކަމަށް ވެސް އެމްޓީސީސީން ވަނީ މައުލޫމާތު ދީފައެވެ.
Ha. Muraidhoo Harbor Development Project is well underway, with overall 92% project progress. Rock boulders required for the remaining project works have been delivered to the site. Revetment profiling work is currently in progress with 50% completion.#MTCCProjects… pic.twitter.com/JWrOaEcXsg
— MTCC Plc (@MTCCPlc) November 28, 2024
މި މަޝްރޫއުގެ ދަށުން، 28,175 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1,740 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، 3,817 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 264 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމާއި، 275 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.
މީގެ އިތުރުން، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 1933 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 15 މީޓަރު ދިގު 2 މީޓަރު ފުޅާ 2 ބްރިޖް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 38.49 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!