📍 ހއ. އުލިގަން
ފުރަތަމަ ސްޕޭސް މިޝަންގެ ނަމަކަށް "އަޒުމް"، ހުށަހެޅުއްވީ އުލިގަން ސުކޫލުގެ ޕްރިންސިޕަލް
ދިވެހިރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ނަމަކަށް ހއ. އުލިގަން ސުކޫލުގެ ޕްރިންސިޕަލް ސައުދުﷲ އިދްރީސް ހުށަހެޅުއްވި “އަޒުމް” ހަމަޖައްސާ އެކަން އިއުލާން ކޮށްފި އެވެ. މިކަން އިއުލާން ކުރީ ސްޕޭސްމިޝަނުގެ މަސައްކަތުގައި ހިއްސާވާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެވެ. ސައުދުﷲ ހުށަހަޅުއްވާ ދެއްވި މި ނަމަށް އެޗްޑީސީން ޝުކުރު އަދާކޮށް ބުނީ މި ސްޕޭސް މިޝަންގައި ޅަ ކުދިންގެ ޚިޔާލުތައް ހަނދާ ހަމައަށް ގެންގޮސްދީ އެކުދިން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ. […]