މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
ބަދަލުތަކާއި އެކު އިހަވަންދޫން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު އާންމުކޮށްފި 📍 ހއ. އިހަވަންދޫ

ބަދަލުތަކާއި އެކު އިހަވަންދޫން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު އާންމުކޮށްފި

ހއ. އިހަވަންދޫން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓަށް ގެނެވުނު ބަދަލްތަކާއެކު ދާއިމީ ލިސްޓް ޢާންމުކޮށްފިއެވެ. ކައުންސިލުން ކުރި ޢިޢުލާނުގައި ބުނެފައިވަނީ ބަދަލްތަކާއެކު ދާއިމީ ލިސްޓް އިޢުލާން ކޮށްފައިވަނީ ކުރިން އެކައުންސިލުން 17 އޮކްޓޯބަރު 2019 ވަނަ ދުވަހު އާންމުކުރި އެފަރާތުގެ (IUL)248-CAA/248/2019/104 ނަމްބަރު ޢިއުލާނަށް ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ބަދަލުތަކާއި އެކު ހއ. އިހަވަންދޫން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ޖުމްލަ 457 މީހުންގެ ލިސްޓް މިވަނ...

ފާތިމަތު ސިނާޒާ
އިހަވަންދޫ ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދައިފި

ހއ އިހަވަންދޫގައި ބޭއްވި ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިސް ސްޓޭސަންގެ ޓީމުން ހޯދައިފިއެވެ. އިހަވަންދޫ ކައުންސިލުން އިންތާޒާމުކޮށްގެން ބޭއްވި މި ފުޓްސަލް މުބާރާތުގެ ފައިނަލްގައި ރޭ ބައްދަލުކުރީ އިހަވަންދޫ ޕޮލިސް އަދި ފެނަކަ އިހަވަންދޫ ބްރާންޗެވެ. މި މެޗު އިހަވަންދޫ ޕޮލިސް އިން ކާމިޔާބު ކުރީ 1-3 އިންނެވެ. މިދިޔަ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫ ޕޮލިސް އެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވަނީ ވާދަކޮށްފައެވެ. […]

އަޙްމަދު މުޖުތަބާ
އެމްޑީއެންގެ ރިޕޯޓް އިހަވަންދު އަދި ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފި 📍 ހއ. އިހަވަންދޫ

އެމްޑީއެންގެ ރިޕޯޓް އިހަވަންދު އަދި ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓު ކުށްވެރިކޮށް އަދި އެމްޑީއެން އުވާލުމަށް ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކުން ގޮވާލަމުންދައިރު އެއަމަލު ހއ.އިހަވަންދު އަދި ހދ.ނޮޅިވަރަންފަރު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. މި ލޮބުވެތި ޤައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު އެމްޑީއެންގެ ރިޕޯޓުގައި މިއުއްމަތުގެ މާތް ސާހިބާއަށާއި މާތްވެގެންވާ އިސްލާމްދީނަށް ފާޅުގައި މަލާމާތާއި ފު...

ފާތިމަތު ސިނާޒާ
އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސެޝަންތަކެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ސެޝަންތަކެއް

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ އިހަވަންދޫ ސްކޫލް ހޯލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އަލިފާން ރޯވުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކަންކުރަންވީ ގޮތާއި މިފަދަ ހާދިސާ އެއް ހިނގުމުގެ ކުރިން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޢު...

ފާތިމަތު ސިނާޒާ
އިހަވަންދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ 50 ޓަނަށް އިތުރުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ 50 ޓަނަށް އިތުރުކޮށްފި

ހއ އިހަވަންދޫގައި ބަހައްޓާފައިވާ މިފްކޯގެ އައިސް ޕްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް ކެޕޭސިޓީ އިތުރުކޮށް ސްޓޯރޭޖް ބޭނުންކުރަން ފަށައިފިއެވެ. މީގެ ކުރިން މިއައިސް ޕްލާންޓުން ދުވާލަކު އުފެއްދެނީ 25 ޓަނުގެ އައިސްއެވެ. މިބަދަލާއެކު އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތްތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އިހަވަންދޫއަށް ވެފައިވާ ވަޢުދެކެވެ. އިހަވަންދޫއަކީ އަކީ އުތުރުގައި ފާހަގަކޮށްލެވޭ މަސްވެރި ރަށެކެވެ. ހާއްސަކޮށް ބޮޑު ކ...

އަޙްމަދު މުޖުތަބާ

އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރާ ފޯމް ބަލައިގަތުމުގެ ވަގުތު އިތުރުކޮށްފި

ހއ. އިހަވަންދޫއިން ބަންޑާރަގޯތި ދޫކުރާފޯމް ބަލައިގަތުމުގެ ވަގުތު އިތުރުކޮށްފިއެވެ. އިހަވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 248-CAA/248/2019/90 އިޢުލާނުގައި ގޯތި ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން 10 އޮކްޓޯބަރު 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން ފޯމް ބަލައި ގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފޯމް ބަލައިގަތުމަށް އިތުރު ކުރެވުނު ގަޑި ތަކަކީ 10 އޮކްޓޯބަރު 2019 ވަނަދުވަހުގެރޭ 20:30 އިން 22:00 އަށް 12 އޮކްޓޯބަރު 2019 ވަނަ ދުވަހު ( ހޮނިހިރު ) 10:00 […]

ފާތިމަތު ސިނާޒާ
📍 ހއ. އިހަވަންދޫ

އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ. 1 އޮކްޓޯބަރ 2019 ވީ އަންގާރަ ދުވަހު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ބައްދަލުވުމެއްގައި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތާއި ގުޅޭގޮތުން ފުލުހުންނާއި އިހަވަންދޫ ކައުންސިލް މެމްބަރުން މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި، އެރަށުގެ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ކަންކަން އަވަސްކުރުމާއި، ގުޅޭގޮތުންނާއި ފުލުހުން މިހާރު ދެމުން ދާ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކު...

ފާތިމަތު ސިނާޒާ
އިހަވަންދޫ އިންޖީނުގޭގައި ހުރި އެކި އެކި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިންޖީނުގޭގައި ހުރި އެކި އެކި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދަނީ

ހއ. އިހަވަންދޫ އިންޖީނުގޭގެ ޑެގް ރޫމް ބޮޑުކުރުމާއި، ޗިމްނީ އިމާރާތް ކުރުމާއި އަދި ޑޭ ޓޭންކެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. ސަރުކާރުގެ ގެޒެޓްގައި ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ވަނީ އެ ކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް އިހަވަންދޫ އިންޖީނުގޭގެ ޑެގް ރޫމް ބޮޑުކުރުމާއި، ޗިމްނީ އިމާރާތް ކުރުމާއި އަދި ޑޭ ޓޭންކު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން […]

އަފްރާހް އަބްދުލް ރަޝީދު
ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފި 📍 ހއ. އިހަވަންދޫ

ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފި

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ހއ އަތޮޅުގެ ޗެންޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ. އިހަވަންދޫ ޗެމްޕިއަންކަން ހޯދީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ގްރޫޕުގެ ފަހު މެޗުގައި ރޭ އިހަވަންދޫ އާއި ވަށަފަރު ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އިހަވަންދޫ އެވެ. މުބާރާތުގެ ހއ އަތޮޅުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިހަވަންދޫ ޓީމުގެ އިބްރާހިމް ހާމިދުއެވެ. މުބާރާތުގެ ޒޯން ބުރުގެ ފުރަތަމަ މެޗުގައި މާދަމާ އިހަވަންދޫ ބައްދަލުކުރަން ޖެހޭނީ ހދ މަކުނުދޫ އާ...

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. އިހަވަންދޫ

އިހަވަންދޫން ގޯތި ދޫކުރަން ކުރި އިއުލާނަށް އިސްލާހު ގެނެސްފި

ހއ. އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިއުލާނަށް ބަދަލު ގެނެސްފިއެވެ. މި އިއުލާނަށް ބަދަލު ގެނައުމަށްފަހު، އެރަށު ކައުންސިލުން މިއަދުވަނީ އެކަން އާއްމުކޮށް އިއުލާން ކޮށްފައެވެ. މި މަހުގެ އަށްވަނަ ދުވަހު ކޮށްފައިވާ އިއުލާނުން ބަދަލު ގެނެސްފައިވަނީ ކައިވެނީގެ ބައިންނެވެ. އެގޮތުން، ކައިވެނީގެ ބައިގެ (ރ) ގައި ކުރިން އޮތީ ކާވެންޏަށްވީ ކޮންމެ އަހަރަކަށް 1 ޕޮއިންޓް ދިނުމަށެވެ. އެހެންނަމަވެސް، އިސްލާހުގައިވަނީ ކާވެންޏަށްވީ ކޮންމެ އަހަރަކަށް ( 1 ޕޮއިންޓް)  މިބައިން އެންމެ ގި...

Thiladhun
📍 ހއ. އިހަވަންދޫ

މިނިސްޓަރު އަމީން އިހަވަންދޫ ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިހަވަންދޫ އަށް ވަޑައިގަތް އެ ރަށު ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފިއެވެ. މިނިސްޓަރުގެ މިދަތުރުފުޅަކީ އިހަވަންދޫ ސްކޫލްގެ ދައުވަތަކަށް، އެސްކޫލްގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިނިސްޓަރު އަމީންއާ އެކު މި ދަތުރުފުޅުގައި ހެލްތް މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެއެވެ. ދަތުރުފުޅުގައ އިހަވަންދޫގެ ސިއްޙީ ނިޒާމް ހި...

އަފްރާހް އަބްދުލް ރަޝީދު
އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ، ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ، ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފި

އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ، ގޯތި ދޫކުރި ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފިއެވެ. ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން 10 އޯގަސްޓް 2016 ގައި ކޮށްފައިވާ  އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށައަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞާތު ހުޅުވާލައިފިއެވެ. މިހެން މިކަންކުރީ މިނިސްޓްރީ އޮފް ހައިސިންގ އެންޑް އާރބ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ ސްކޫލް ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލް ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ހއ. އިހަވަންދޫ ސްކޫލްގެ ގްރޭޑް 7 އަދި ގްރޭޑް 8 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިހިނގާ ސެޕްޓެންބަރ މަހުގެ 01 ވަނަ ދުވަހު އިހަވަންދޫ ސްކޫލްގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ޝަހީ...

ޔުމްނާ ޢަލީ
ނެއްލައިދޫ އާއި އިހަވަންދޫ ބަނދަރުގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

ނެއްލައިދޫ އާއި އިހަވަންދޫ ބަނދަރުގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ ނެއްލައިދޫ އާއި ހއ އިހަވަންދޫ ބަނދަރުގެ އެންވައިރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދައިދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 17 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ […]

ޔުމްނާ ޢަލީ
📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލުގެ ކުޅޭ ސަރަހައްދުގެ ވަށާފާރު ރާނާނެ ބަޔަކު ހޯދަނީ

ހއ. އިހަވަންދޫ ސްކޫލުގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރާނާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި އިހަވަންދޫ ސްކޫލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައިނުވާތީ އެ ޢިލާން ބާޠިލްކުރުމަށްފަހު މިމަސައްކަތް ކުރުމަށް ދެވަނަ ވަނަ ފަހަރަށް އިޢުލާން ކުރާ ކަމަށެވެ. އިއުލާނުގައި ބުނެފައި ވަނީ މި މަސައް...

އަފްރާހް އަބްދުލް ރަޝީދު